Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އީވާއާއެކު މަޖިލިސްވެސް "ސިކް ލީވް"އަށް ދާން ޖެހޭތަ؟

މަޖިލީހުގެ ގައިވާއިދުގައި ވާގޮތުން، މަޖިލީހުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދެވޭނީ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމުމަށްފަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2023 | އާދީއްތަ 11:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުބާރު ނެތްކަން ސާފުކޮށް އޮތީ ފެންނާށެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެވަނަ ފަހަރަށް މަޖިލީހަށް ވައްދާފައިވާއިރު، މިފަހަރު އެ މައްސަލަ ވެއްދީ 49 މެމްބަރުންގެ ސޮޔާއެކުއެވެ. އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 43 މެމްބަރުންގެ ވޯޓެވެ. އިތުބާރު ނެތްކަން އަމިއްލަފުޅަށްވެސް އެނގިވަޑައިގަންނަވާއިރު، މިހާރު މަޖިލީހުގައި އޮތް ބާރުގެ ބޭނުން ކުރައްވައިގެން އެ މަގާމުގައި "ބަގުޑިބައްދަވައިގެން" ހުންނަވަން ބޭނުންފުޅުވަނީތޯ ސުވާލުއުފެދެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބުރައީސެވެ. އެއްވެސް ސަބަބަކާހުރެ ނައިބު ރައީސަށް އެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ ދެން އަމަލުކުރަންވީ ގޮތެއް ސާފުކޮށް އެ ގަވާއިދުގައި ބުނެފައެއްނެތެވެ. ފެންނަނީ ނަޝީދާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ގަވާއިދުގެ މި ބައިގެ ފައިދާ ނަގަމުންދާ މަންޒަރެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އަނެއްކާވެސް މަޖިލީހުގެ އެއް ދުވަސް ބޭކާރުވީއެވެ. ޖަލްސާ އެެޖެންޑާކުރި ނަމަވެސް، އެ ޖަލްސާއަކީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ރިޔާސަތު ބަލަހައްޓަވަންޖެހޭ ޖަލްސާއަކަށް ވުމުން، އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެން ނެތުމުން ޖަލްސާ ނުބޭއްވީއެވެ. މި މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާއަށްވެސް އެކަމަނާއަށް ހާޒިރުވެވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީއެވެ. މިއީ ކަންކަން ވާނެ ގޮތްކަން މާ ކުރިންވެސް މަޖިލިސް މެމްބަރުންނާއި ރައްޔިތުންނަށް އެނގެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ބައެއް މެމްބަރުން ވަނީ މިހެން ކަންކަން ވާނެކަން މާ ކުރިންވެސް ލަފާކުރައްވައި، އެކި ޕްލެޓްފޯމުތަކުގައި އެކަން ހާމަކުރައްވާފައެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގައި، އީވާ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އަމީން އާއްމު އިއުލާންކުރެއްވިއެވެ. އެއަށްފަހު އީވާ އާލާސްކަންފުޅާ އުޅުއްވާކަން ދަ ޑިމޮކްރެޓްސްގެ ކޮންމެ ޖަލްސާއެއްގައިވެސް މެމްބަރުން ދިޔައީ ފާހަގަކުރައްވަމުންނެވެ. އަދި ސޯޝަލް މީޑިއާގައިވެސް އެވާހަކަ ތަކުރާރުކޮށް ދިޔައީ ދައްކަމުންނެވެ.

ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުން "ސިކް ލީވް" ނެގުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ ހާލަތެއްގައި މުޅި މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަޖިލިސް ސިކްލީވަށް ދާންޖެހޭތޯ ސުވާލު އުފެދެއެވެ. ގަވާއިދުގައި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ޖަލްސާގައި ނައިބުރައީސް ނެތް ހާލަތެއްގައި އަމަލުކުރަންވީ ވަކި ގޮތެއް ސާފުކޮށް ބަޔާންކޮށްފައި ނެތަސް، އެހެން ޖަލްސާތައް ބާއްވާއިރު ރައީސާއި ނައިބުރައީސް ނެތް ހާލަތެއްގައި އަމަލު ކުރަންވީގޮތް ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އެ ދެ ބޭފުޅުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތްތަކުގައި އިތުރު ފަސް މެމްބަރުންނަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެއެވެ. މިހާލަތުގައި އެކަން އެގޮތަށް ނުކުރެވެންވީ ކީއްވެތޯ؟ ނައިބުރައީސް ވަޑައިގަންނަވަންދެން މަޖިލީހުގައި ބޮޑު ތަޅު އަޅުވައި ބަންދުކޮށްލަންވީތޯ؟

އެއްވެސް ހާލަތެއްގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް، އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ދަނީ ފާޅުގައި ވިދާޅުވަމުންނެވެ. ފުރަތަމަ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުންވެސް ފެނުނީ މި މަންޒަރެވެ. މަޖިލީހުގައި ހުރި މުހިންމު އެތައް މަސައްކަތެއް ހުއްޓި, އެތައް ދުވަހެއް ބޭކާރުވެގެންދިޔައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންދެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުއެވެ.

އިތުބާރު ނެތަސް ނަޝީދު ބޭނުންފުޅުވަނީ މަގާމެވެ. ޑިމޮކްރަސީގެ ބައްޕަކަމަށް އެތައް ބަޔަކު ދެކޭ ބޭފުޅާ މި ދައްކަވަނީ އޭގެ އެންމެ ފުރިހަމަ މިސާލެވެ. ބޭރު ގައުމުތަކުގައިވެސް މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ގެއްލިއްޖެކަމުގެ މައްސަލަ ހުށަހަޅައިފިނަމަ ރިވެތި ގޮތުގައި ރިޔާސަތުން އިސްތިއުފާދެއްވާ މަންޒަރު ފެނެއެވެ. ނުވަތަ އެ މައްސަލަ ކުރިއަށްގެންދިއުމުގެ ފުރުސަތު ދެއްވާ މަންޒަރު ފެނެއެވެ. އެއީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންގޮސް، ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވުމަށެވެ.

މަގޭ ރިޕޯޓްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު