Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީންއާންމަށް ފާޑުކިޔުން

މަޖިލީހުގެ އަމީންއާންމު ނިއުޝާއަށް އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ފާޑުވިދާޅުވެއްޖެ

މެންބަރު ވެސް ގެންދަވަނީ މަޖިލީހުގެ ކައުންސިލް ޖެނެރަލް އަދި މަޖިލީހުގެ އަމީން އާންމުގެ އިސްތިއުފާއަށް ގޮވާލައްވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2023 | އާދީއްތަ 08:53
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އާމިނަތު ނިއުޝާ އަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ފާޑު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ނާއިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާއި ގުޅިގެން އެމައްސަލަ ކުރިއަށް ގެންދަން ނުގެންދިއުމަށް ނިންމުމާއި ގުޅިގެން އަލީ ނަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިނގުން ހުއްޓޭގޮތަށް މަޖިލީހުގެ އަމީންއާންމު ގާނޫނުއަސީސީއާއި ގާނޫނުތައް މާނަކުރުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ނޭއްގާނީ ވިސްނުން އިސްކުރުމުން ދޭހަވަނީ އެކަމަނާގެ އަދުލުވެރިކަން ގެއްލިފައިވާ ކަމެވެ.

Advertisement - newsAdvertisement

އަލީ ނަޒީރުގެ ފާޑުކިޔުން އަމީންއާއްމަށް އަމާޒުވިއިރު، އެމްޑީޕީގެ މަޖިލިސް މެންބަރު ވެސް ގެންދަވަނީ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އަދި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާގެ އިސްތިއުފާއަށް ވެސް ގޮވާލައްވަމުންނެވެ.

އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ހޯމަ ދުވަހުގެ ޖަލްސާއަށް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް މި ޖަލްސާވެސް ކުރިއަށް ގެންދެވޭނެ ކަމާއިމެދު ސުވާލު އުފެދިފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް އާދިއްތަ ދުވަހު ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ, އަލީ ނަޒީރުއަދާލަތު ޕާޓީ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު