Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތުގެ ރައްދު

ޤާނޫނީ ޒިންމާ އަދާކުރަން އިންތިޚާބީ މެންބަރު އިމްރާން އެޅީ ހުރަސް: އަދާލަތު

4 މެއި 2024 | ހޮނިހިރު 18:15

ޝެއިހް އިމްރާން އަބްދުﷲ ދުއްވާ ކާރުގައި ޕިކަޕަކުން ޖެހުނު މީހާ އާއި އިމްރާން ލަތީފް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މެއި 2024 | ހޮނިހިރު 18:15
އިންތިޚާބީ މެންބަރު އިމްރާން ޕިކަޕް ޑްރައިވަރާއެކު

އިންތިޚާބީ މެންބަރު އިމްރާން ޕިކަޕް ޑްރައިވަރާއެކު

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދަތުރުކުރެއްވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅުވާ ހެންވޭރު ދެކުނު ދައިރާއަށް އިންތިހާބުވި މެންބަރު އިމްރާން ލަތީފް ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށްފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ޝެއިހް އިމްރާން އަބްދުﷲ ދުއްވާ ކާރުގައި ޕިކަޕަކުން ޖެހުނު މީހާ އާއި އިމްރާން ލަތީފް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯގައި އިމްރާން ލަތީފު ބުނަމުން ގެންދަނީ އެމީހާއަށްް މައާފުކޮށްދިނުމަށް ޝެއިހް އިމްރާން ކައިރިން އެދޭ ކަމަށެވެ. އަދި އެކަން ނުކުރައްވާނަމަ ކާރު ހަދަން ދާ ހަރަދު އޭނާ ދޭނެ ކަމަށެވެ. 

މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ބުނީ ޝެއިހް އިމްރާންގެ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން ޝެއިހް އިމްރާނާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން ތިިއްބެވީ ފުލުހުން އެތަނަށް އަންނަންދެން ކަމަށެވެ. އެހެންނަމަވެސް އެތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ހާޒިރުވެ ޝެއިހް އިމްރާނާއި ޑްރައިވަރު ފަޟީހަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. 

ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝެއިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އަދާލަތު ޕާޓީން ކުށްވެރިކުރާކަމަށް އެޕާޓީން ބުނެއެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

އަދި އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިން ވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫންކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
02 އޮކްޓޯބަރު 2025

ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު

02 އޮކްޓޯބަރު 2025
ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު
24 ސެޕްޓެމްބަރު 2025

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

24 ސެޕްޓެމްބަރު 2025
 "ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"
05 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން
07 އޯގަސްޓު 2025

ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި

07 އޯގަސްޓު 2025
ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި
15 މެއި 2025

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ

15 މެއި 2025
ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް