Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީސް

މަޖިލީހުން ކުރި މެސެޖަށް މެމްބަރުންގެ ރައްދު !

މި މެސެޖުގައި ބުނެފައިވަނީ 31 ޖުލައިވާ ހޯމަ ދުވަހަށް ޖަލްސާ ތާވަލްކޮށްފައިވާ ކަމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޖުލައި 2017 | އާދީއްތަ 13:54
މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު

ޝޯސަލް މީޑިއާގައި މަޖިލީސް މެމްބަރުންނަށް މަޖިލީހުން ކޮށްފައިވާ މެސެޖެއް ވަނީ އާންމުވެފައެވެ.

މި މެސެޖުގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ 31 ޖުލައިވާ ހޯމަ ދުވަހުގެ ހެނދުނު 9 އެއް ޖާހާއިރަށް ތާވަލްކޮށްފައިވާ ކަމަށެވެ. އަދި ބަޔާންވެދިޔަ ތާރީޙުގައި ޖަލްސާ އޮންނާނެކަމަށާއި ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ވާހަކަ ދަންނަވައި ދިނުމަށް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.

މި މެސެޖާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްއެއް މިހާރު ހުންނެވި ކަމަށް ޤަބޫލުނުކުރައްވާކަމަށާއި ކުރީގެ ރައީސް އަބްދުﷲ މަސީޙުގެ ނަމުގައި އެބޭފުޅާއަށް މެސެޖް ނުކުރެއްވުމަށް އެދިލައްވާކަމަށެވެ.

އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފު ކުރައްވާފައިވާ ޓުވީޓެއްގައިވެސް ވިދާޅުވެފައިވަނީ މަޖިލީސް ރައީސްގެ ނަމުގައި އަބްދުﷲ މަސީޙު މެސެޖްތައް ކުރެއްވުން ހުއްޓާލަންވެއްޖެ ކަމަށާއި 45 މެމްބަރުންގެ ސޮޔާއެކު ހުރިހާ މެމްބަރުންވެސް ވާނީ މަސީޙުއަށް އިތުބާރު ނެތްކަން ސާފުކޮށްދެއްވާފަ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ މި މެސެޖާއި ގުޅިގެން ޓުވީޓެއް ކުރައްވާފައެވެ. މި ޓުވީޓުގައި މުސްތަފާ ވިދާޅުވެފައިވަނީ އަބްދުﷲ މަސީޙުއަކީ މަޖިލީސް ރައީސް ނޫންކަމަށާއި މަޖިލީސް ރައީސްއޭ ދެންނެވުމަށް ފަހު މެސެޖް ނުކުރެއްވުމަށެވެ. އަދި މަސީޙުއަކީ ރައްޔިތުންގެ ހައްޤުތައް ވިއްކާލި ޙިޔާނާތްތެރިއެއް ކަމަށެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ މިނިވަން ދުވަހުގެ ހާއްސަ ޕްރޮގްރާމްތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު