Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު

އިސްރާއީލުގެ އައު ވާހަކައެއް: ހަމާސް އިން ފިލައިތިބީ ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ އަޑީގައި

އިސްރާއީލުން ޣައްޒާގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ވެސް ބޮން އަޅައި އެތައް ހާސް މީހަކު ޝަހީދުކޮށްލި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 27 އޮކްޓޯބަރު 2023 | ހުކުރު 17:03
އިސްރާއިލުގައި ކުރަމުންދާ މުޒާހަރާ

އިސްރާއިލުގައި ކުރަމުންދާ މުޒާހަރާ

ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ މުޖާހިދުންގެ މައި ބޭސް ހުންނަނީ ޢައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލުގެ އަޑީގައި ކަމަށް ބުނެ ޔަހޫދީ ނުލަފާ ޒަޔަނިސްޓު އިސްރާއީލުން އައު ވާހަކަތަކެއް ހާމަކޮށްފި އެވެ.

މި ވާހަކަތައް ހިއްސާކުރަމުން އެ ނުލަފާ ޒަޔަނިސްޓު އަސްކަރިއްޔާގެ ޗީފް ސްޕޯކްސްޕާސަން ޑެނިއަލް ހަގާރީ ބުނީ ހަމާސް އިން އެ ޖަމާއަތުގެ ޓަނަލްތަކާއި އޮޕަރޭޝަނަލް ސެންޓަރުތަކުގެ އައްޑަނައެއްގެ ގޮތުގައި އެ ހޮސްޕިޓަލް ބޭނުންކުރަމުންދާ ކަމަށެވެ.

ހަމާސް އިން ވަނީ ހަމާސްގެ ޓެރަރިސްޓުންނާއި ކޮމާންޑަރުން ތިބޭ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށާއި ތަންތަނަށް ހޮސްޕިޓަލްތައް ހަދައިފައި ކަމަށް އޭނާ ބުންޏެވެ.

މިކަމުގެ ހެކި ދެއްކެމުގެ ގޮތުން އޭނާ ވަނީ އިސްރާއީލުން އެ ހޮސްޕިޓަލުގެ މަތިން ނަގާފައިވާ ފޮޓޯތަކާއި އަދި ތްރީޑީ ވީޑިއޯ އެއް ވެސް އާންމުކޮށްފަ އެވެ. އެގޮތުން އޭނާ ބުނީ އެ ފޮޓޯތަކާއި ޑައިގްރަމް ތަކާއި އޯޑިއޯ ރެކޯޑިންތަކުން ވެސް ހަމާސް އިން ހޮސްޕިޓަލް ސިސްޓަމާއި ވަކިން ހާއްސަކޮށް އަލް ޝިފާ ހޮސްޕިޓަލް ބޭނުންކޮށްގެން ޣައްޒާގެ ދަށުގައި ވާ ފުޅާ ޓަނަލް ނެޓްވޯކަށް އެކި ކަހަލަ ކޮމާންޑް ޕޯސްޓުތަކާއި އެންޓްރީ ޕޮއިންޓްތައް ފޮރުވަން މަސައްކަތް ކުރާ ގޮތް އިނގޭ ކަމަށެވެ.

"ހަމާސްގެ ޓެރަރިސްޓުން ހަރަކާތްތެރިވަނީ ޝިފާ ހޮސްޕިޓަލާއި ޣައްޒާގެ އެހެނިހެން ހޮސްޕިޓަލްތަކުގެ އެތެރެއާއި އަޑިން،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައިޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޝިފާ ހޮސްޕިޓަލްގެ ވޯޑަކުން ވަދެގެން ގޮސް، ބިންގަރާސް ތެރެއަށް ދެވޭނެ މަގެއް ވެސް ހަދާފައިވެއެވެ.

އިސްރާއީލުން މިފަދަ ވާހަކަތަކެއް އާންމުމި ކުރީ އެ ޖަމާއަތުން ޣައްޒާގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ބޮން އަޅައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލި ހާދިސާގެ ވާހަކަތަކަށް އެއްބަސްވެފައި، ފަހުން ދޮގު ކުރުމަށް ފަހު އެވެ. އޭގެ ފަހުން އެ ހާދިސާ އަކީ ހަމާސްގެ ފަރާތުން ހިނގި ކަމެއް ކަމަށް ބުނެ ބޮޑެތި ދޮގުތަކެއް އިސްރާއީލުން ދިޔައީ ހަދަމުންނެވެ.

އިޒްރޭލްޣައްޒާހަމާސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު