Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަން

އިދިކޮޅު މެމްބަރުން ވިދާޅުވަނީ ޖަލްސާ އޮންނާނެ ކަމަށް، މަޖިލީހުން އަންގަނީ ނޯންނާނެ ކަމަށް

23 ޖުލައި 2017 | އާދީއްތަ 12:29

މަޖިލީހުގެ ޖަލްސާތައް ނުބާއްވާނެކަމަށް ކަނޑައަޅައި، އެކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަންގާފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 23 ޖުލައި 2017 | އާދީއްތަ 12:29
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެންގި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މާދަމާ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިތުބާރު ނެތް ކަމުގެ މައްސަލަ އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ނުގެންގޮސް ދެން އިތުރު މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެއްވެ އުޅުމުމުގެ މިނިވަން ކަމަކީ ގާނޫނޫ އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި މާދަމާ ބާއްވާ އެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ގާނޫނާ އެއްގޮތައް ހިންގާ މުޒާހަރާއެއް ހުއްޓުމުގެ ބާރު ސަލާމަތީ ހިދުމަތްތަކަށްވެސް ނޯންނާނެ ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ އޮންނަ ކަމެއްކަމަށް އަނާރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަހަށް ނިންމާ ދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ވަނީ ގޮވާލައިފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ މުޒާހަރާތައް ބްރޯޑްކާސްޓް ނުކުރެވޭނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދީފައިވާ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމަކީ އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ވީހާވެސް އަވަހަށް މެމްބަރުންގެ ގޮނޑިގެއްލިފައިވާ މައްސަލަ ނިންމަދޭން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ނުނިންމަވާ އިތުރު ކަމެއް ކުރައްވަންޖެހޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެމްބަރުން ވަޑައިގަންނަވާއިރު ވީހާވެސް ގިނަ ބަޔަކު އެ ބޭފުޅުންނާއެކު ނިތުމަށް ގޮވާލާފަ އެވެ. ނަމަވެސް މި މަހުގެ 31ގެ ކުރިން މަޖިލިހުގެ އެއްވެސް ޖަލްސާއެއްވެސް އަދި ކޮމެޓީއެއްގެ މަސައްކަތެއްވެސް ނުބޭއްވުމަށް މަޖިލީހުން ވަނީ އަންގާފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެގޮތަށް ގޮވާލާފައިވާއިރު، ފުލުހުން ބުނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވަނީ ޢައިރު ޤާނޫނީ އެއްވުމެއްކަމަށެވެ. އަދި އެކަމަށް ފުރުސަތުވެސް ނުދޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް