Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޕީޖީ ގްރޫޕް

ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނުނަގައި މަޖިލީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ނުލިބޭނެ: އެމްޑީޕީ ޕީޖީ ގްރޫޕް

ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2023 | ބުދަ 12:54
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނުނަގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންދިއުމުގައި އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ. މިއާއެކު ކަންކަން ހިނގާނެގޮތާ ގުޅޭގޮތުން ބުދަ ދުވަހު އެ ގްރޫޕުގެ މެމްބަރުން ވަނީ މަޝްވަރާ ކޮށްފައެވެ.

Advertisement - newsAdvertisement

މި މަޝްވަރާތަކަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޖީ ގްރޫޕުގެ ލީޑަރުު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ 205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އައުމަށްފަހު ބާއްވާ ޖަލްސާގައި އެ މައްސަލައެއް ހުށަހެޅެން ޖެހޭނެ ކަމަށެވެ. އަދި ޖަލްސާ ބާއްވަން ވެސް ޖެހޭނެ ކަމަށާއި އެ ޖަލްސާ ނުބާއްވައި މަޖިލީހުގެ އިތުރު އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ބަޔާންކޮށްފައިވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ޖަލްސާ ނުބާއްވައި މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން އެމްޑީޕީ ޕީޖީ ގްރޫޕުން ނުދޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ގަދަބާރުން ރިޔާސަތުގައި އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި 49 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އިތުބާރު ނެތް ވެރިޔަކާއެކު މަސައްކަތް ނުކުރެވޭނެ ކަމަށާއި އެމަނިކުފާނަށް އިތުބާރު ނެތްކަން ގަބޫލުފުޅުކުރައްވައި ފަހަތަށްޖެހިވަޑައިގަތުމަކީ ޤައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ނުބާއްވައި ދެން ކުރާ ކަންކަމަކީ ގަވާއިދާ ޚިލާފަށް ކުރާ ކަންކަންކަމުގައި ދެކޭ ކަމަށެވެ. މީގެ ތެރޭގައި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތުވެސް ހިމެނޭއިރު އެ ރަސްމިއްޔާތު ކުރިއަށްގެންދަންވާނީ މަޖިލީހުގެ އިތުބާރު އޮތް ރައީސަކާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިތުބާރު ގެއްލިފައިވާ ރައީސަކު ގަދަކަމުން އެ މަގާމުގައި ހުންނަވައިގެން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިނަމަ އިންތިޚާބީ ރައީސް ހުށަހަޅުއްވާ ކެބިނެޓަށް ވެސް ބުނާނީ ނޫނެކޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުއެވެ.

އެމްޑީޕީ ޕީޖީން ގްރޫޕުން ބުނެފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައިސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކާ ގުޅޭގޮތުން ވަކި ގޮތެއް އެ ގްރޫޕުން މިހާތަނަށް ނުނިންމައެވެ، އަދި ރިޔާސަތާ ހަވާލުވުމާ ގުޅޭގޮތުން ވެސް އަދި މަޝްވަރާ ނުކުރާ ކަމަށް އެ ގްރޫޕުގެ ލީޑަރު ވިދާޅުވިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

ޒަމީރު ޖަވާބުދާރީ ނުވާތީ، އެމްޑީޕީގެ މެމްބަރުން ފިނޭންސް މިނިސްޓްރީ އަށް

08 ސެޕްޓެމްބަރު 2025
އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރަކަށް ޝަރީފު

އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރަކަށް ޝަރީފު

05 ޑިސެމްބަރު 2023
އެމްޑީޕީ ޕީޖީ ޑެޕިއުޓީ ލީޑަރު ކަމަށް ތިން މެންބަރަކު ވާދަކުރައްވަނީ

އެމްޑީޕީ ޕީޖީ ޑެޕިއުޓީ ލީޑަރު ކަމަށް ތިން މެންބަރަކު ވާދަކުރައްވަނީ

04 ޑިސެމްބަރު 2023
އަންނަ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ވެސް މަޖިލީހުގެ މަސައްކަތްތައް ކުރަން ޖެހިދާނެ - އިކްރާމް

އަންނަ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ވެސް މަޖިލީހުގެ މަސައްކަތްތައް ކުރަން ޖެހިދާނެ - އިކްރާމް

28 ނޮވެމްބަރު 2023
އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ

އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ

13 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު