Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

އީވާ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ހުކުމާއި ދިމާވާ ކަންތައްތަކެއް ނޫން: ބިގޭ

ބަންޑާރަނައިބު ލަފާ ފޮނުއްވާފައިވާއިރު ލަފަޔަށް އިހުތިރާމު ކުރެއްވުމެއް ނެތި މަޖިލީހުގެ ނައިބު ރައީސް މަސައްކަތް ކުރައްވާތަން ފެނިވަޑައިގަންނަވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ނޮވެމްބަރު 2023 | ހޯމަ 08:09
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން ކުރައްވާ ކަންކަަމަކީ މަޖިލީހުގެ ޤަވާއިދާއި ސުޕްރީމް ކޯޓުގެ ހުކުމާއި ދިމާވާކަންތައްތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީން ގެނެސްދިން ކަަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބަންޑާރަނާއިބު ލަފާ ފޮނުއްވާފައިވާއިރު ލަފަޔަށް އިހުތިރާމު ކުރެއްވުމެއް ނެތި މަޖިލީހުގެ ނާއިބުރައީސް މަސައްކަތް ކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު މި ހާލަތުގައި ސެކެޓްރީ ޖެނެރަލަށް، ގަޑި ކަނޑައެޅުމާއި ރިޔާސަތުގައި އިންނަވާނެ ބޭފުޅެއް ކަނޑައެޅުމުގެ ބާރު އެބައޮތް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އަދި މިއީ އެއްގޮތަކަށް ވެސް ހިނގައިގެންވާނެ ކަމެއް ނޫން ވެސް ވިދާޅުވިއެވެ.

އޭނާ އިތުުރަށް ވިދާޅުވީ ގޮތެއް ނިންމެވުމަށް އަމީންއަމާން ކޮންމެވެސް ވަރަކަށް ޖެހިލުންވެވަޑައިގަންނަވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަކީ ޤަވާއިދުގެ ތެރެއިން ކުރާ ކަމެއް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ނިންމުމަށް މަޖިލީހުގެ އަމީންއާއްމު ވެސް އިހުތިރާމުކުރައްވަން ޖެހޭ ކަމަށް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވިއެެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އެޖެންޑާގައި ހިމެނުމަށްފަހު، އެހެން މައްސަލަތައް އެޖެންޑާ ކުރެއްވީ އެ މައްސަލަ މަޑުޖެއްުސުމުގެ ގޮތުންކަން އޭނާ އިތުރަށް ފާހަގަކުރެެއްވިއެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ކުރިއަށްދާން ޖެހެނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއަލިފުށީ ދާއިރާގެ މެންބަރު ބިގޭ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2024

މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ

22 ނޮވެމްބަރު 2024
މި އެއް އަހަރު ފެނިގެން ދިޔައީ ބާރުވެރިކަން އެއްކުރުމުގެ ހުރިހާ ސިފައެއް ސަރުކާރުގައި މޫލާ އަށަގަނެފައިވާ މަންޒަރު - ބިގޭ
08 އޮކްޓޯބަރު 2024

މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ

08 އޮކްޓޯބަރު 2024
މި ސަރުކާރުން ލާމަރުކަޒީ ބާރުތައް ކަނޑުވާލާތީ "ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ
22 މާރިޗު 2024

ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ

22 މާރިޗު 2024
ސަރުކާރަށް ފުރިހަމަ ބާރާއެކު މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ ތިބޭނީ އަނދިރި މަރުހަލާއެއްގައި - ބިގޭ
20 ޑިސެމްބަރު 2023

"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"

20 ޑިސެމްބަރު 2023
"ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކުރީމޭ ބުނާގޮތަށް، އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި"
12 ނޮވެމްބަރު 2023

ނަޝީދުގެ މައްސަލާގައި ކުރިއަށްދާނެ ގޮތަކާމެދު ބަންޑާރަ ނައިބާ މަޝްވަރާކުރަނީ

12 ނޮވެމްބަރު 2023
ނަޝީދުގެ މައްސަލާގައި ކުރިއަށްދާނެ ގޮތަކާމެދު ބަންޑާރަ ނައިބާ މަޝްވަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު