Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ދައުރު

އަންނަ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ވެސް މަޖިލީހުގެ މަސައްކަތްތައް ކުރަން ޖެހިދާނެ - އިކްރާމް

މެޖޯރިޓީ ބޭނުންވަނީ މަސައްކަތްތައް ނިންމާފައި ރިސެސްއަށް ދިއުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ނޮވެމްބަރު 2023 | އަންގާރަ 03:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މަސައްކަތް އަންނަ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ވެސް ދިގުދައްމާލަން ޖެހިދާނެކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިކްރާމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މަޖިލީހުގެ ރައީސަކީ މެޖޯރިޓީގެ ތާއިދާއެކު އިންނެވި ރައީސެއްކަމުން، ރައީސްގެ އެއްބާރުލުމާއެކު މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިކްރާމް ވިދާޅުވީ މަޖިލީހުގެ ދައުރު ދިގުދައްމާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ލަސްވެފައި ހުރި މަސައްކަތް ނިންމުމަށްފަހު ރިސެސްއަށްދާން ބޭނުންވާތީ ކަމަށެވެ. އަދި މެޖޯރިޓީ ވެސް ބޭނުންވަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު ދިގުދައްމާލާފައިވީނަމަވެސް، އެއަށްވުރެ ވެސް ދިގުލައިގެން ހިނގައިދާނެ ކަމަށެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އަންނަ މަހުގެ 7 އާ ހަމައަށް މި ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދަވަން ނިންމަވާކަން އިއުލާނުކުރައްވާފައެވެ. މަޖިލީހުގެ މި ދައުރު ދިގުދަންމާލަން ނިންމާފައި ވަނީ 2024ގެ ބަޖެޓު ފާސްކުރުމާއި އަދި އެ ނޫންވެސް މުހިންމު މަސައްކަތްތައް ނުނިމި ހުރުމުން މަޖިލީހުގެ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ހޯމަ ދުވަހު ނެގި ވޯޓުގައި މަޖިލީހުގެ ދައުރު ދިގުދައްމާލަން ނިންމާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 51 މެންބަރުންގެ ވޯޓާއި އެކުގައެވެ. ދައުރު ދިގުދަންމާލުމާއި މެދު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 6 މެންބަރަކު ތިއްބެވިއެވެ. އަދި ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް ނުކުރެވި ދައުރުގެ ބޮޑުބައެއް ހޭދަކުރަން ޖެހުނެވެ. އެކަމުގެ ސަބަބުން މިނިވަން މުއައްސަސާތަކާއި ސަފީރުންނަށް މީހުން އައްޔަން ކުރުން ފަދަ މުހިންމު މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓެވެ. އަލުން މަޖިލިސް ހިނގައިގަތީ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އައްޔަން ކުރި ހިސާބުންނެވެ.

ރައްޔިތުންގެ މަޖިލިސްއިކްރާމް ހަސަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު