Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ މައްސަލާގައި ކުރިއަށްދާނެ ގޮތަކާމެދު ބަންޑާރަ ނައިބާ މަޝްވަރާކުރަނީ

12 ނޮވެމްބަރު 2023 | އާދީއްތަ 12:33

މަޖިލީހުގެ އިމްތިޔާޒަށް "އަރައިގެންނެވި" ކަމަށް ވިދާޅުވެ، ސުލޫކީ ކޮމިޓީއަށްވެސް އެމްޑީޕީގެ ފަރާތުން މައްސަލައެއް ހުށަހަޅާފައިވޭ

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 12 ނޮވެމްބަރު 2023 | އާދީއްތަ 12:33
އޭޖީ ރިފްއަތު

އޭޖީ ރިފްއަތު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު ބަންޑާރަ ނައިބާ މަޝްވަރާކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. ހެނދުނުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖަލްސާގައި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގަރާރެއްގެ ސިފަ ހަމަނުވާކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އެ ނިޒާމީ ނުކުތާ ބަލައިގަންނަވައި، އަފީފް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ކުރިއަށްނުގެންދެވޭނެ ކަަމަށެވެ. އެހެން ވިދާޅުވުމަށްފަހު އަފީފް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

Advertisement - newsAdvertisement

މެންދުރު ބޭއްވި ޖަލްސާ ނިންމަވާލައްވަމުން އީވާ ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ރިޔާސަތުން ގޮތެއް ކަނޑައަޅުއްވާފައިވާތީ މަޖިލީހުގައި ދެން އިތުރަށް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެފަދައިން ވިދާޅުވުމަށްފަހު އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. އީވާ ޖަލްސާ ނިންމަވާލެއްވީ މެންބަރުން އިހުތިޖާޖު ކުރައްވަމުން ދަނިކޮށެވެ.

މިކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ، ރިޔާސަތުން މަޖިލީސް ހުއްޓުވާފައި ވާކަމަށް ވިދާޅުވެ، އެ މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާފައެވެ. އެގޮތުން އެ ކޮމިޓީގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މެމްބަރު ރަޝީދު ވިދާޅުވީ، އާންމު ކޮމިޓީއަށް ލިބިފައިވާ މެންޑޭޓްގެ ތެރެއިން މި މައްސަލައިގެ ހައްލެއް ހޯދުމަށާއި، މަޖިލީހުގެ އަމީންއާންމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދަންޖެހޭކަމަށެވެ.

މެމްބަރު ރަޝީދުގެ ހުށަހެޅުމާ އެއްކޮޅަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެމްބަރުން ވޯޓު ދެއްވިއެވެ.

މެމްބަރު ރަޝީދު މިހެން ވިދާޅުވެފައިވާއިރު، އާދިއްތަ ދުވަހު ހެނދުނުގެ ޖަލްސާވެސް، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ނިންމާލެއްވީ، އަމީންއާންމު އެކަމާ ދެކޮޅަށް ލަފާއަރުވަނިކޮށެވެ.

އެމްޑީޕީގެ އިސްނެގުމުގެ މަތިން މަޖިލީހުގެ އާންމު ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއިރު، އާދިއްތަ ދުވަހުގެ ދެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފް އަދި އީވާ، މަޖިލީހުގެ އިމްތިޔާޒަށް "އަރައިގަންނަވާފައި" ވާކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ މައްސަލައެއް ސުލޫކީ ކޮމިޓީއަށްވެސް ހުށަހެޅިއެވެ.

އެގޮތުން، އެ ދެބޭފުޅުންގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމެވެ.

އަސްލަމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމަވައި އަފީފް ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ ގަވައިދާ ޚިލާފަށް، މުޅި މަޖިލީހުގެ ހައްގަށް އުނިކަން އަންނަގޮތަށް ކަމަށެވެ.

އެ ކޮމެޓީގައި ދެ ކަމެއް ހުށަހެޅިއިރު، އެއީ ދެ މެންބަރުން މަޖިލީހުގެ އިމްތިޔާޒަށް "އަރައިގަންނަވާފައި" ވާކަމަށް ފާސްކުރުމަށާއި، އަދި މަސްލަހަތު ފުށުއަރާތީކަމަށް ވިދާޅުވެ، ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާކުރާ ޖަލްސާތަކުގައި (އަފީފާއި އީވާ ހިމެނޭގޮތުން) ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ނުބެލެހެއްޓެވޭނެ ކަމަށް ނިންމައި އެކަން މަޖިލީހުގެ އިދާރާއަށް އެންގުމަށެވެ.

އެގޮތުން އެ ކޮމިޓީއަށް ހުށަހެޅި ދެ ކަންތައްވެސް ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރުމަށް ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއަލިިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް