Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންގްލަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓް

ބަންގްލަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން މިނިސްޓަރު ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭން ބަންގްލަދޭޝްއާއެކު ތިބިކަމުގެ ޔަގީންކަން ދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2023 | ބުދަ 03:43
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ބަންގްލަދޭޝްގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ގިނަ އަދަދެއްގެ މީހުން މަރުވުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ބަންގްލަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓްގައި 17 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖޭން ބަންގްލަދޭޝްއާއެކު ތިބިކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ދެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ އިރުއުތުރުގައިވާ ރަށެއްގައި ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އިތުރު މީހުންގެ ހަށިގަނޑުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި 100 ށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިރު އުތުރުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ބައިރާބުގައި މުދާ އުފުލާ ރޭލެއް ފަސިންޖަރު ރޭލެއްގައި ޖެހިގެންނެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި އެކްސިޑެންްޓް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބަންގްލަދޭޝްޢަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު