Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދ. ސެކްރެޓަރީ ޖެނެރަލް

ހަމާސްއަށް ބަދަލުހިފުމުގެ ގޮތުން ޣައްޒާގެ ރައްޔިތުންނަށް އަދަބު ދިނުމަކީ އިންސާފެއްނޫން: އދ.ގެ ސެކްރެޓަރީ ޖެނެރަލް

ގުޓަރޭޒް ވިދާޅުވީ ހަމާސްއިން ހަމަލާތައް ދިނީ ހުސްކަމެއްގެ ތެރޭގައި ނޫންކަމަށާއި، އެއީވެސް ނުރައްކާތެރި ބިރުވެރި ހަމަލާތަކެއް ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2023 | ބުދަ 02:16
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސަލާމަތީ މަޖިލީހުގައި ތަޤްރީރު ކުރައްވަނީ

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ސަލާމަތީ މަޖިލީހުގައި ތަޤްރީރު ކުރައްވަނީ

ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ޢާއްމު ހުރިހާ ރައްޔިތުންނަށް އަދަބު ދިނުމަކީ އިންސާފެއްނޫންކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މިހެން ވިދާޅުވީ ސަލާމަތީ މަޖިލީހުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކަށް މުހާތަބު ކުރައްވައި ވިދާޅުވީ، އެ އަމަލުތައް ހިނގާފައިވަނީ ހުސްކަމެއްގެ ތެރޭގައި ނޫން ކަމަށެވެ. އެތައް ޒަމާނެއް ވަންދެން ފަލަސްތީނުގެ ވެރިކަމާއި، ބިމުގެ މައްސަލަތަކާއި، ހަމަނުޖެހުންތައް ތަހައްމަލު ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާތައް ގުޓަރޭޒް ވަނީ ގަބޫލުކުރައްވައިފަ އެވެ. ނަމަވެސް އެ ޝަކުވާތަކުން ހަމާސްގެ ހަމަލާތައް ޖަސްޓިފައި ނުކުރާ ކަމަށާއި އެއީ ބިރުވެރި ހަމަލާތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ގުޓެރޭޒް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން ޢާއްމުންނަށް އަދަބު ދީގެން ނުވާނެ ކަމުގެ އުސޫލަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް އަސްކަރީ އޮޕަރޭޝަންތަކުގައި ސަމާލުވެ، އާންމުންގެ ހިމާޔަތަށް ސަމާލުކަން ދިނުމަށް ގޮވާލައްވާފަ އެވެ. އަދި ހޮސްޕިޓަލްތަކަށް އިހުތިރާމް ކުރުމަށާއި ފަލަސްތީނުގެ ހަ ލައްކައަށްވުރެ ގިނަ މީހުންނަށް މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ އދ.ގެ ފެސިލިޓީތަކާ ގެއްލުން ދިނުން ފަދަ ކަންކަން ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާތީ ގުޓެރޭޒް ވަނީ އާންމުން މަރުވާ މިންވަރު އިތުރުވެ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ދާދި ފަހުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސްގައި މަސައްކަތް ކުރާ އދގެ 35 ބައިވެރިންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން ގުޓަރޭޒް ވަނީ ޣައްޒާގައި ހިނގަމުންދާ އަމަލުތައް، ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފުކަން ފާހަގަކުރައްވައި، އެއް މިލިއަނަށް ވުރެ ގިނަ މީހުން ޣައްޒާއިން ބޭރަށް ގެންދިއުމަށް އިސްރާއީލުން ނެރުނު އަމުރު ވެސް ފާހަގަކުރައްވާފަ އެވެ. އަދި ޣައްޒާއަށް ބޭނުންވާ އެހީ ނުލިބުމުގެ އިތުރުން ތެޔޮ ސަޕްލައި މަދުވުން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސެކްރެޓަރީ ޖެނެރަލް ވަނީ މިހާރުން މިހާރަށް އިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ގެނައުމަށާއި ހާލުގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އެންމެން ޝަރުތުތަކަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާކަން ތަކުރާރުކުރައްވާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މި ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާގެ ތަޤްރީރުގައި ވިދާޅުވިއެވެ.

ޣައްޒާހަމާސްއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު