Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން

އަސީރުން ތިބި ތަންތަނާގުޅޭ މައުލޫމާތު ދޭ ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ފައިސާގެ އިނާމު ދޭން އިސްރާއީލުން ހުށަހަޅައިފި

ހަމާސްއިން އަސީރުން ގެންގުޅޭ ތަންތަނާ ގުޅޭގޮތުން ބޭނުންތެރި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2023 | އަންގާރަ 13:14
ހަމާސްއިން ދޫކޮށްލި އެމެރިކާ ދެ ރައްޔިތުން

ހަމާސްއިން ދޫކޮށްލި އެމެރިކާ ދެ ރައްޔިތުން

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ތިބި ތަންތަނާގުޅޭ މައުލޫމާތު ދޭ ޣައްޒާ ރައްޔިތުންނަށް ސެކިޔުރިޓީއާއި ފައިސާ ދިނުމަށް އިސްރާއީލުން ހުށަހަޅައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވާގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތައް ތިބި ތަންތަނާގުޅޭ މައުލޫމާތު ދޭ ފަރާތްތަކަށް ބަދަލެއްގެ ގޮތުގައި ރައްކާތެރިކަމާއި، ގެއްލުމުގެ ބަދަލު ދޭނެކަމަށް ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހަކާއި އެމީހެއްގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ބޭނުންވާ މީހަކު، ވީ އެންމެ އަވަހަކަށް އެމީހަކު ދިރިއުޅޭ ސަރަހައްދުގައި ހަމާސްއިން އަސީރުން ގެންގުޅޭ ތަންތަނގުޅޭ ބޭނުންތެރި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

އަދި އެފަދަ މައުލޫމާތެއް ދޭ މީހަކަށާއި އެމީހަކު ދިރިއުޅޭ ގެއަށް، ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި އިސްރާއީލު އަސްކަރިއްޔާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި، މީގެއިތުރުން އިނާމެއްގެ ގޮތުގައި ފައިސާ ދޭނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މައުލޫމާތު ދޭ މީހުން ހާމަނުކުރާނެކަމުގެ ޔަގީންކަން އިސްރާއީލުން ދީފައިވާއިރު، އަސްކަރިއްޔާއަށް އެކަމުގެ މައުލޫމާތު ދޭންވީ ކޮންޓެކްޓްވެސް ވަނީ ހިމަނާފައެވެ.

ހަނގުރާމައަށް 17 ދުވަސް ވެފައިވާއިރު، އިސްރާއީލުން އަންނަނީ ފަލަސްތީނަށް މެދުކެނޑުމެއްނެތި ބޮން އަޅަމުންނެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅޭ މީހުން އެސަރަހައްދު ދޫކޮށް ދާން ތަކުރާރުކޮށް އިސްރާއީލުން އަންގަމުންދާއިރު، މުޅި ޣައްޒާ އެއްކޮށް ވަނީ ބަންދުކޮށްފައެވެ. ރަފާހް ބޯޑަރު ސަރަހައްދުން މަދު އަދަދެއްގެ އެހީ ޣައްޒާއަށް އެތެރެވަމުންދާއިރު، އިސްރާއީލުން މަސައްކަތްކުރަމުން އަންނަނީ ޣައްޒާއަށް އެއްގަމު މަގުން އެރުމަށެވެ. ނަމަވެސް މިހާތަނަށް އެއްގަމު މަގުން އަދި ހަމަލާތައް ދޭން ފަށާފައެއްނުވެއެވެ.

އަނެއްކޮޅުން ހަމާސްއިން ހައްޔަރުކޮށްގެން އިސްރާއީލުން ގެންދިޔަ އަސީރުންގެ އަދަދު 200އަށްވުރެ މަތިއިރު، މިހާތަނަށް 4 މީހަކު ވަނީ ދޫކޮށްލާފައެވެ. އިސްރާއީލުން ގޮވާލަމުން އަންނަނީ އެއްވެސް ޝަރުތެއްނެތި އަސީރުން ދޫކޮށްލުމަށެވެ. މިހާތަނަށް އެއްވެސް ޝަރުތެއްނެތި 4 އަސީރުން ހަމާސްއިން ވަނީ ދޫކޮށްލާފައެވެ.

މީގެއިތުރުން އިސްރާއީލުން އަންނަނީ ހުޅަނގު އައްސޭރިން ގިނަ އަދަދެއްގެ ހަމާސްގެ ހަނގުރާމަވެރިން ހައްޔަރުކުރަމުންނެވެ. ހަނގުރާމަ ފެށުނުފަހުން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނެފައިވަނީ، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން، ޝައްކުކުރެވޭ 800 މީހުން ހައްޔަރުކޮށްފައި ވާކަމަށާއި އޭގެތެރޭގައި ހަމާސްއާ ގުޅުންހުރި 500 މީހުން ހިމެނޭކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 5000ން މައްޗަށް އަރާފައިވާއިރު، އޭގެތެރޭގައި 2000ށްވުރެ ގިނައީ ކުޑަކުދިންނެވެ.

ހަމާސްފަލަސްތީންއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު