Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭ 6ގެ ހަމަލާ

ނަޝީދަށް ދިން ބޮމުގެ ހަމަލާ: އައްބާސްގެ ކަންބޮޑުވެވަޑައިގަތުމަކީ ކޯޓުގައި މައްސަލަ ކުރިއަށްދާލެއް ލަސްވުން

އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި، އެފަދަ މައްސަލައެއްގެ ޝަރީއަތް ކުރިއަށްދާލެއް ލަސްވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އައްބާސް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2023 | އަންގާރަ 11:10
އައްބާސް ފާއިޒް

އައްބާސް ފާއިޒް

2021 ވަނަ އަހަރުގެ މެއި މަހުގެ 6ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ އެންމެ ބޮޑު މައްސަލައަކީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދިޔުން ލަސްވުން ކަމަށް، އެ ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އެ ހަމަލާގެ ތަހުގީގާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމަށާއި، އެފަދަ މައްސަލައެއްގެ ޝަރީއަތް ކުރިއަށްދާލެއް ލަސްވުމަކީ ކަންބޮޑުވެވަޑައިގަތުން އޮތް މައްސަލައެއް ކަމަށެވެ.

އަދި އެކަން އުއްތަމަ ފަނޑިޔާރަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާ ހިއްސާކުރެއްވުމުން، އެކި އިދާރާތަކުން ޝަރީއަތްތައް ލަސްވި ގިނަ ސަބަބުތަކެއް ބަޔާންކުރިކަމަށެވެ.

އައްބާސް ވިދާޅުވީ އެ މައްސަލަ ކުރިއަށްދިޔުން ލަސްވުމުގެ މައިގަނޑު ސަބަބަކީ ކްރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތުގެ ދަތިކަން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށެވެ. އަދި ކްރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތް ހަލާކުވެ، މިހާރު މަސައްކަތް ކުރެވެނީ އެންމެ 10 ފަނޑިޔާރުންނަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައްބާސްގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން އެހެން ބައެއް އިދާރާތަކަށް ސަރުކާރުން ކުއްޔަށް ހިފާފައި ތަންތަން ދޫކުރާ ކަމަށާއި، އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ދަތިކޮށް ހުންނައިރު އެފަދައިން އަމަލު ނުކުރާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލާގައި ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން، އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒް ހަމަޖައްސަވާފައިވަނީ 2021 މެއި 19 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުޚާއްސަ މަންދޫބު، އައްބާސް ފާއިޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު