Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލީހާއި ރައީސް ނަޝީދުގެ މަސައްކަތްފުޅު

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

އަދިވެސް ދެބޭފުޅުން ވާހަކަފުޅު ދައްކަވާހެން ހިޔެއްނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2024 | އަންގާރަ 04:35
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފައިލް ފޮޓޯ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެންބަރު އާޒިމް ވިދާޅުވީ، ރައީސް ސާލިހާއި ރައީސް ނަޝީދު އަދިވެސް އެހައި ބޮޑަށް ރުޅިވެރިވެގެން އުޅުއްވާ ސަބަބާއި ގުޅޭގޮތުން ބައެއް މީހުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދިވެސް ދެބޭފުޅުން ވާހަކަފުޅު ދައްކަވާހެން ޔަގީންނުކުރެއްވޭ ކަމަށާއި އަދި ވާހަކަފުޅު ނުދައްކަވާ ސަބަބުވެސް ޔަގީންނުކުރެއްވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެ ދެބޭފުޅުންގެ ދެމެދުގައި އޮތް މި ނުތަނަވަސްކަމަކީ އާއިލީ މައްސަލައެއް ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ބެލެވޭކަމުގައެވެ.

ދެބޭފުޅުންގެ މައްސަލަތައް ހައްލުކޮށް، އެކުގައި އިށީންދެ ވަޑައިގެން މަޝްވަރާ މޭޒަށް ގެންނެވުމަށް މަސައްކަތްކުރެއްވި ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށް މެންބަރު އާޒިމް ވިދާޅުއެވެ.

މެންބަރު އާޒިމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ދެބޭފުޅުން އެކުގައި މަސައްކަތް ކުރެވޭނެ ހާލަތެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ ކުރިމަގަަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިސަރުކާރަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިހާރު ވެސް 200އެއްހައި ގާނޫނު ހަދާ ވާހަކަ މިސަރުކާރުން ދައްކަމުންދާ ކަމަށެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހުރިހާ މައުލޫމާތެއް އަދި ރައްޔިތުންނަށް ނުދައްކާނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. ނަމަވެސް މައުލޫމާތު ހާމަނުކޮށް، ނޫސްވެރިންނަށް ދަތިކޮށް ކަންކަން ސިއްރުކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށާއި، މިހާރު ވެސް އުޅެނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތް ނެތިގެން ކަމަށެވެ. އަދި މިސަރުކާރުގެ ކަންކަން ދާ ގޮތުން މިހާރު ފެނިގެންދަނީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފަށާއިރުފަށާއިރު ޕްރޮގްރާމު އަލީ އާޒިމްކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު