Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީރުންނަށް ރުހުން ދިނުން

ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟

އެހެން ނަމަވެސް، މި ސަރުކާރުން އެ މައްސަލައިގައި ސުޕްރީމު ކޯޓުގެ ޙުކުމަށް ޢަމަލުކުރާނެ މަންޒަރެއް އަދި ނުފެނޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2024 | ހުކުރު 17:36
ރުހުން ނުދިން ތިން ވަޒީރުން

ރުހުން ނުދިން ތިން ވަޒީރުން

ވަޒީރުންނަށް ރުހުން ނުދިނުމަކީ ރާއްޖޭގައި އަލަށް ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. މި ސަރުކާރުގެ ކުރިން ވެސް، ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ވަޒީރުންނަށް ރުހުން ނުދިނުމުގެ މައްސަލައެއް ފެންމަތިވިއެވެ. އެއާއެކު، އެ ފަހަރު ގާނޫނީ އަދި ދުސްތޫރީ އޮޅުންބޮޅުމަކުން އަރައިގަތުމަށް، ސުޕްރީމު ކޯޓުން އޭގެ ފަރުވާއެއް ދިނެވެ.

މި އަހަރަށް އައިއިރު ވެސް، އެ ފަރުވާ ނުވަތަ އެ ޙުކުމް ހަމަ އެގޮތުގައި އެބަ އޮތެވެ. އޭގެ ފަހުން އެފަދަ އިތުރު ޙުކުމެއް ކޮށްފައިނުވުމުން، އެ ޙުކުމް އޯވާރޫލްއެއް ވެސް ނުވެއެވެ. އެކަމަކު މި ފަހަރުގެ ތަފާތަކީ، ޤާނޫނުގައި ނެތް ކަމެއް ނުވަތަ މުތުލަގަށް ދޫކޮށްފައި އޮތް ކަމެއްގެ ބޭނުން ހިފައި، ސުޕްރީމު ކޯޓުގެ ހުކުމަށް ގޮންޖެހުމެވެ.

ހިނގައިގެން މިއުޅޭ ކަމަކީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ތިން ވަޒީރަކަށް ރުހުން ނުދިނުމާއެކު، އެ ވަޒީރުން އަލުން ވަޒީރު ކަމަށް އައްޔަނުކުރުމެވެ. ޤާނޫނީ ގޮތުން ބަލާއިރު ބޮޑު ބަހުސެއް ކުރެވޭ އެއްކަމަށް މިކަން ވާއިރު، މީގެ ކުރިން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގި ޙާލަތާ މި ޙާލަތް ހަމަ އެއްގޮތެވެ. އެހެން ކަމަށް ވާނަމަ، އުސޫލެއްގެ ގޮތުން މިކަމުގައި އެންމެ މަތީ އިއްވުން އިއްވާފައިވާ، ސުޕްރީމު ކޯޓުގެ ނިންމުމަށް ނުވަތަ އެ ޙުކުމަށް ޢަމަލު ކުރުން މަޖުބޫރުވާނެއެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް ސަރުކާރުން އެ ވިސްނުމެއް ނުގެންގުޅެއެވެ.

މި ފަހަރުގެ މައްސަލައަށް ފީނުމުގެ ކުރިން، އެންމެ ފުރަތަމަ 2010 ވަނަ އަހަރުގެ މައްސަލައިގައި ކަން ހިނގި ގޮތަށް ބަލާލުން މުހިންމެވެ. އެ ފަހަރު، 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުރިހާ ވަޒީރުން އެއްފަހަރާ ރައީސް އޮފީހަށް ވަޑައިގެން، މަގާމުން އިސްތިއުފާ ދިނެވެ. ސަބަބަކަށްވީ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުގެ އެއްބާރުލުން ނުލިބުމެވެ.

އެހެން ނަމަވެސް، ޖުލައި މަހުގެ 7 ވަނަ ދުވަހު އެ ވަޒީރުން އަލުން ވަޒީރު ކަމަށް އައްޔަނުކުރެވި، ވަޒީރުންގެ މަޖިލިސް އެކުލަވާލެވުނެވެ. އެއާއެކު އެ ވަޒީރުންނަށްރުހުން ދިނުމަށް، ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ރުހުން ލިބުނީ އެންމެ ފަސް ވަޒީރަކަށެވެ. އެހެން ނަމަވެސް، އެ ވަޒީރުންގެ ޤާނޫނީ މަގާމާމެދު ފުށުއަރައި ސުވާލު އުފެދޭތީ، އޭރު މަޖިލިސް މެންބަރެއް އިސްވެހުންނަވައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލައިގައި ސުޕްރީމު ކޯޓުގެ ޙުކުމް ވަރަށް ސާފެވެ.

އޭގައި އޮތީ، ރުހުން ނުލިބޭ ވަޒީރުން މަގާމުން ވަކިވަންދެން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ދެން ތިއްބަވާނީ "ޑިފެކްޓޯ" މުވައްޒަފުންތަކެއްގެ ގޮތުގައި ކަމަށެވެ. އެ ޙުކުމުގެ ތަފްސީލަށް ބަލާއިރު، އޭގެން ފެންނާން އޮތީ ޤާނޫނީ ހުސްކަމެއް އަޔަނުދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އާ ވަޒީރުން އައްޔަނު ކުރަންދެން ރުހުންނެތް ވަޒީރުންނަށް އެމަގާމުގައި ދެމިތިބުމުގެ ފުރުސަތު އޮތް ނަމަވެސް ވަޒީރަކަށް ލިބޭ އެއްވެސް އިނާޔަތެއް އެ ވަޒީރުންނަށް ނުލިބޭނެ ކަމަށެވެ.

ސުޕްރީމު ކޯޓުގެ އެ ނިންމުންވީ މި މައްސަލައިގެ ބެންޗް މާކަށެވެ. އެއީ ވަޒީރުންނަށް ރުހުން ނުދެވިއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތުމާއި، ޤާނޫނީ ގޮތުން ބަލާއިރު ރައްޔިތުންގެ މަޖިލީހަށް ދެވިފައި އޮތް ބާރު ހަނިނުކުރުމުގެ ވިސްނުން އެ ޙުކުމުގައި ދަމަހައްޓާފައި އޮތުމެވެ.

އެހެން ކަމަށްވާނަމަ، މިއަދު މި ޖެހިގެން މި އުޅޭ މައްސަލައަކީ އެކަމުގައި ޤާނޫނީ ބުރަދަނެއް އޮތް ކަމެއް ނޫނޭ ވެސް ބުނެވޭނެ ޙާލަތެއް އެބައޮތެވެ. އެހެން ނަމަވެސް، ސުޕްރީމު ކޯޓުގެ ޙުކުމް އެއްފަރާތްކޮށްލުމަށްފަހު، މިކަމުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ޤާނޫނު އަސާސީގައި އޮތް ހުސްކަމެވެ. މިއަދުގެ މައްސަލައަކީ އެއީއެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުން، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާ މެދު، އިޚްތިޔާރުކަނޑައެޅުމުގެ ފުރުސަތު މަޖިލީހުގެ މެންބަރުންނަށް އޮވެއެވެ. ރުހުން ލިބިއްޖެ ނަމަ، ވަޒީރުކަމުގެ ހުވާ ކުރެއްވުމުން ވަޒީރުކަން ލިބުނީއެވެ.

އެހެން ނަމަވެސް، ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި، ވަޒީރަކަށް ރުހުން ނުލިބިއްޖެ ނަމަ ޢަމަލުކުރާނެ ޙާލަތެއް ބަޔާންކޮށްފައެއް ނެތެވެ. އެހެން ނަމަވެސް ވަޒީރުކަން ގެއްލޭނެ އެނޫން ތިން ޙާލަތެއް އެ އަސާސީގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، ޢައުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ވަޒީރެއްގެ މަގާމް ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 137 ވަނަ މާއްދާގައި ރައީސަށް ވަޒީރުން ވަކިކުރެއްވުމުގެ އިޚްތިޔާރު ދެއްވާފައިވާއިރު، 139 ވަނަ މާއްދާގައި ބުނާ ގޮތުން ނަމަ، ވަޒީރުކަން ގެއްލޭނީ އެ ވަޒީރަކު އަމިއްލައަށް އިސްތިއުފާ ދިނުމުންނެވެ.

މާނައަކީ، ވަޒީރުކަމަށް އައްޔަނުކުރުމަށް މަޖިލީހަށް ރުހުން ދިނުމަށް މައްސަލަ ހުށަހެޅޭ ހިސާބުން، ރުހުން ނުލިބިއްޖެ ނަމަ ޢަމަލުކުރާނެ ގޮތެއް އަދި އުސޫލެއް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

ހުރިހާ ކަމެއްގައި ޢަމަލުކުރަން ޖެހޭ އުސޫލުތައް ގާނޫނު އަސާސީގައި ބަޔާންކުރުމަކީ ގާނޫނު އަސާސީގެ ރޫޙުކަމަށް ވެސް ނުވެދާނެއެވެ. އަދި އެއީ ވަޒީރުންނަށް ރުހުން ނުދީފިނަމަ، ޢަމަލުކުރަން ޖެހޭ އުސޫލު އޭގައި ހިމަނާފައި ނެތް ސަބަބަށް ވުން ވެސް ގާތެވެ. އެހެން ނަމަވެސް، މިއަދުގެ މައްސަލައިގައި ވެސް، ޤާނޫނު އާސާސީގެ 129 ވަނަ މާއްދާގައި އިތުރު އަކުރެއް އޮވެ(ބ)އެއް އުފެދުނުނަމަ، އެ ޤާނޫނަށް ޢަމަލުކުރުން މަޖުބޫރު ކަމަކަށް ވީސްތާއެވެ. އޭރަށް، އެ ވަޒީރުން އަލުން އައްޔަނުކުރުންވާނީ އެވަގުތެއްގައި ރައީސަކަށް ހުންނަވާ ބޭފުޅަކު، ޤާނޫނާ ކަނޑައެޅިގެން ޚިލާފުވުމަށް ނޫންތޯއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކެބިނެޓްކުރީގެ ރައީސް، މުހައްމަދު ނަޝީދުމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު