Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދާއި- ރައީސް ސާލިހުގެ ގުޅުން

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ކަންކަން ނުކުރާނަމަ އިންތިޚާބުތައް ކާމިޔާބުކުރުމުގެ މާނައެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 މެއި 2024 | އާދީއްތަ 18:43
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފައިލް ފޮޓޯ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފައިލް ފޮޓޯ

ކުޑައިރުގެ އެކުވެރިޔާ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާ އޮތް 50 އަހަރުވީ ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަވައި، އެގައުމުގެ ނޫހެއް ކަމުގައިވާ "ދަ މޯނިންގ" ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދީ ވަކި އުސޫލުތަކާއި އަސާސްތަކެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ އަސާސްތަކާއި އެއްގޮތަށް ކުރިއަށްދާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގެ ދެވަނަ އަހަރު ފެނިގެންދިޔައީ އެމްޑީޕީގެ އަސާސްތަކާ ދުރަށް ދިޔަ މަންޒަރު ކަމަށާއި، އެއީ އެމްޑީޕީއާއި ދުރަށް ދާން ޖެހުނު މައިގަނޑު ސަބަބު ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއާ ދުރަށްދާން ވަރަށް އުދަނގޫވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެއްދި ޕްރިންސިޕަލްސްއާއި ދުރަށްދާން ފެށުމުން ޕާޓީގެ މެންބަރުންްނާއެކު ވެސް ކުރިއަށްދާން ބޭނުންނުވި ކަމަށެވެ. އެމްޑީޕީގެ އަސްލު މައިގަނޑު މަގުސަދާއި، އުސޫލުތައް ހަނދާންކޮށްދިނުމުގެ ގޮތުން އައު ޕާޓީއެއް އުފައްދަންޖެހޭ ކަމަށް ގަބޫލުކުރެވުނު ކަމަށާއި، ދަ ޑިމޮކްރެޓްސް އުފެއްދީ އެސަބަބާ ގުޅިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެޕާޓީގައި އެމަނިކުފާނުގެ އެއްވެސް މަގާމެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ބަލިވި ސަބަބާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކާފައެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަންކަން ނުކުރާނަމަ އިންތިޚާބުތައް ކާމިޔާބުކުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ނާކާމިޔާބީން ފިލާވަޅު ދަސްކުރަންޖެހޭ ކަމަށެވެ.

ކޮރަޕްޝަނަށް އަލިއަޅުއްވާލައްވައި ނަޝީދު ވިދާޅުވީ ވެރިކަމަށް އައީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅުއަޅާނެ ކަމުގެ ވައުދާއެކު ކަމަށާއި، އެކަން ނުކުރި ކަމަށެވެ. ދަރަނި ރީސްޓްރަކްޗަރ ކޮށްދޭނެ ކަމަށްވެސް ވައުދުވި ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި އެހެން ލޯނެއް ނެގީ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގެ މަތިން ހަނދާންނެތި، ވައުދުވި ކަންކަން ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ސަރުކާރުން އިންވެސްޓް ކުރަމުން ދިޔައީ ހަމައެކަނި ދަރިނި ބޮޑުވާ ގޮތަށް އެ ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށެވެ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަންތައްތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސާލިހުއާ އޮތް ގާތްގުޅުމާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ ކުޑައިރުގެ ގާތް އެކުވެރިޔާ، 50 އަހަރަށް ވުރެ ގިނަ ދުވަސްވީ އެކުވެރިކަމުގެ ގުޅުން ނިންމާލުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ސިޔާސީ އުންމީދުތަކާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުން ދުރަށް ނުދާ ކަމަށާއި، ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތް ކޮށްދެވިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި، އަދި ދޫދޭ ހިސާބަށް ނުދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ

19 އޯގަސްޓު 2025
ޙިޖުރީ އައު އަހަރުގެ ތަޙުނިޔާ ރައީސް ޞާލިޙު ފޮނުއްވައިފި

ޙިޖުރީ އައު އަހަރުގެ ތަޙުނިޔާ ރައީސް ޞާލިޙު ފޮނުއްވައިފި

26 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު