Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ރައީސުން އެކުގައި މަސައްކަތްކުރުން

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ރައީސް ޞާލިހު އެ ވިދާޅުވި މިސްރާބު "އަޅުގަނޑުމެން އެންމެންނަށް ވެސް ހޯދޭނެ ކަމުގެ އުއްމީދު" ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖޫން 2024 | ބުދަ 12:42
ރައީސް ޞާލިހާއި ރައީސް ނަޝީދު ރަށްވެހި ފަތިސް ކެމްޕޭންގެ ތެރޭގައި

ރައީސް ޞާލިހާއި ރައީސް ނަޝީދު ރަށްވެހި ފަތިސް ކެމްޕޭންގެ ތެރޭގައި

ޒާތީ މައްސަލަތައް ހައްލުކޮށް އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެދިވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދުވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ޒާތީ މައްސަލަތަކާއި ގުޅިގެން އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުން ގައުމަށާއި ރައްޔިތުންނަށްޓަކައި އެކަތިގަނޑަކަށްވެ މަސައްކަތް ކުރައްވަން ޖެހޭ ކަމަށާއި، އެބޭބޭފުޅުންނަކީ އެކުގައި މަސައްކަތް ކުރެއްވޭނެ ބޭފުޅުންކަމަށް ރައީސް ޞާލިހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލިގެން ދިޔަ ދިއުމުގައި އެމްޑީޕީއާއެކީގައި ޕާޓީ ފަށައިގެން އައިސް ތިބި ބަޔަކު އެމްޑީޕީއާއި ވަކިވެގެން ގޮސްފައިވާ ކަމަށެވެ. ވެރިކަން ގެއްލި އިންތިހާބު ގެއްލުމުގެ އެންމެ ބޮޑު އެއް އިޝޫއަކީ އެއީ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މިއަދު މިއީ އަނެއްކާވެސް އެއާއި ދޭތެރޭގައި ވިސްނަންވީ ވަގުތުކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީއަކީ އެންމެންގެވެސް ޕާޓީ ކަމަަށާއި، އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީއެއް ކަމަށާއި އެކީގައި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ޒާތީ މައްސަލަތައް އެކަހެރި ކުރެވޭނެ ކަމަށާއި، އެމަނިކުފާނާއި ދޭތެރޭގައި ހުރި މައްސަލައެއް ނަމަވެސް އެކަން އެއްފަޅީގައި ބާއްވާ ގައުމަށްޓަކައި އެކަތިގަނޑަކަށްވެ އެމްޑީޕީން ކުރި މަސައްކަތް އަދި ނިމުމަކަށް ނާންނާތީ އެކުގައި މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ. އެހެންކަމުން އެކުގައި މަސައްކަތް ކުރެވޭނެކަމަށާއި، ތިބީ އެކުގައި މަސައްކަތް ކުރެވޭނެ ބޭފުޅުން ކަމަށާއި، އެކީގައި ކުރިއަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި އެމްޑީޕީއާއި ދޭތެރޭގައި ރައްޔިތުންގެ އުއްމީދުތަކެއް އޮންނަކަމަށް ރައިސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ މި ވާހަކަފުޅުގެ ވީޑިއޯ ކްލިޕް އެކްސްގައި ހިއްސާކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިހު އެ ވިދާޅުވި މިސްރާބު "އަޅުގަނޑުމެން" އެންމެނަށްވެސް ހޯދޭނެކަމުގެ އުއްމީދު އެމަނިކުފާނުވެސް ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި ޖެހުނު މައްސަލަތަކުގައި އެމްޑީޕީ ދެފަޅިވެގެންދިޔައެވެ. އަދި ރިޔާސީ އިންތިހާބާ ހަމައަށް ދިޔައިރު، ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އެމަނިކުފާނުގެ އިސްނެންގެވުމާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. މީގެ އިތުރުން އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެ، މަޖިލީހުގައި އެމްޑީޕީގެ ސުޕަރމެޖޯރިޓީ ގެއްލިގެންދިޔައެވެ. އޭގެ ތެރޭގައި 13 މެންބަރުން ހިމެނެއެވެ.

ދެ ރައީސުންގެ ދެމެދުގައި ޖެހިވަޑައިގެންނެވި މައްސަލަތަކަށްފަހު އެމްޑީޕީގެ ތެރޭގައި އައި ބައިބައިވުމަށްފަހު އެ މައްސަލަތައް ހައްލުކޮށް އެކުގައި މަސައްކަތް ކުރައްވަން ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިކަން ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުއެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު