Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކައި ހަވާޓްޒް ގެނައީ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ހުރުމުން: އާޓެޓާ

24 އޮކްޓޯބަރު 2023 | އަންގާރަ 05:41

ޚާއްސަކޮށް ހަވާޓްޒްގެ ޒުވާން އުމުރުގައި އޭނާގެ ކިބައިގައި ހުރި ފެންވަރާއި، ހުނަރަކީ އަދަދުތަކުން ފެންނަން ހުރި ކަންކަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޮކްޓޯބަރު 2023 | އަންގާރަ 05:41
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލުން ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް ހޯދީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުުރުމުން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އާޓެޓާ ބުނީ، ޗެމްޕިއަންސް ލީގުގެ ތަޖުރިބާ އަކީ ހަވާޓްޒް ގެންނަން ބޭނުންވި އެއް ސަބަބު ކަމަށެވެ. ޚާއްސަކޮށް ހަވާޓްޒްގެ ޒުވާން އުމުރުގައި އޭނާގެ ކިބައިގައި ހުރި ފެންވަރާއި، ހުނަރަކީ އަދަދުތަކުން ފެންނަން ހުރި ކަންކަން ކަމަށް އާޓެޓާ ވަނީ ފާހަގަކޮށްފަ އެވެ. އާސެނަލަށް ބަދަލުވުމަށް ފަހު ވެސް އޭނާ އަންނަނީ އެކި ކަންކަން ރަނގަޅު ކުރަމުންކަން ފާހަގަކޮށް އާޓެޓާ ބުނީ، އޭނާ އަކީ އާސެނަލުން ބޭނުންވާ ފެންވަރުގެ، މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

އިތުރަށް އާޓެޓާ ބުނީ ޗެމްޕިއަންސް ލީގުގައި އާސެނަލް ހިމެނިފައި އޮތް ގްރޫޕުގައި އޮތް ކޮންމެ ޓީމަކީ ވެސް ވަރަށް ހަމަހަމަ ޓީމެއް ކަމަށެވެ. އެއީ ޗެމްޕިއަންސް ލީގު ހޯދުން އުނދަގޫވާ ސަބަބެއް ކަމަށާއި، މުބާރާތް ވާދަވެރި ވަނީ ވެސް ކޮންމެ ޓީމެއް ވެސް މޮޅު ޓީމަކަށް ވުމުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަ ކުރަމުން އާޓެޓާ ބުނީ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމަކީ ޔޫރަޕުގެ މުބާރާތްތަކުގައި ތަޖުރިބާ ހުރި އަދި ފެންވަރު ސާބިތު ކޮށްދީފައިވާ ޓީމެއް ކަމަށެވެ. އެހެންކަމުން ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުމަށްޓަކައި، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ސެވިއްޔާގެ ދަނޑުގައި އާސެނަލުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. އެ މެޗަށް ނިކުންނައިރު، އާސެނަލް އޮތީ ގްރޫޕް ބީގެ ދެ ވަނައިގަ އެވެ. ސެވިއްޔާ އޮތީ މި ގްރޫޕްގެ ތިން ވަނައިގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްަކައި ހަވާޓޭޒްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް