Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ނޭޝަންސް ގޭމާސް ލޭންޑް

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލުން ވަނަ ހޯދި ފަރާތްތަކަށް އެވޯޑް ދީފި

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ކުރިއަށް ދިޔައީ 19 އޮކްޓޯބަރުން ފެށިގެން 22 އޮކްޓޯބަރު ގެ ނިޔަލަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 އޮކްޓޯބަރު 2023 | އަންގާރަ 00:34
އުރީދޫ ނޭޝަނަލް ގޭމާސް ލޭންޑް އެވޯޑް ހަފްލާގެ ތެރެއިން

އުރީދޫ ނޭޝަނަލް ގޭމާސް ލޭންޑް އެވޯޑް ހަފްލާގެ ތެރެއިން

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް، އުރީދޫ ނޭޝަން ގޭމާސް ލޭންޑް ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލުމުގެ ގޮތުން ރާއްޖޭގެ މޮޅެތި ގޭމަރުންނާއި، ޓީމުތައް އަދި އީސްޕޯޓްސް ކުރިއެރުވުމަށް ހަރަކާތްތެރިވާ ފަރާތްތައް ފާހަގަކޮށް އުރީދޫ ނޭޝަން ގޭމާސް އެވޯޑް ބާއްވައިފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ކުރިއަށް ދިޔައީ 19 އޮކްޓޯބަރުން ފެށިގެން 22 އޮކްޓޯބަރު ގެ ނިޔަލަށެވެ. 350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސް އަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި މި ހަރަކާތުން ހުނަރުވެރިކަމާއި ވަރުގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ ކަމަށް އުރީދޫއިން ބުންޏެވެ. މި ފެސްޓިވަލްގައި ކުރިއަށް ގެންދިޔަ މުބާރާތްތަކުން މޮޅުވި ފަރާތްތަކުގެ އިތުރުން މުޅި އަހަރު ތެރޭގައި އީސްޕޯރޓްސް ގެ އެކި އެކި ކެޓެގަރީ ތަކުން އެންމެ ފާހަގަކޮށްލެވޭ ގޭމަރުން، ޓީމުތައް އަދި ކޮމިއުނިޓީތައްވެސް އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގައި ފާހަގަކުރިއެވެ.

މި އެވޯޑް ހަފްލާގައި ކޮސްޕްލޭ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމާއި ކެރެކްޓަރތައް ދައްކާލުމުގެ ކޮސްޕްލޭ ޝޯ އެއް ކުރިއަށްދިޔައެވެ. 11 ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި ޝޯ އިން އެއްވަނަ ހޯދާފައިވަނީ ފްރައި ބޯއީ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމްއެވެ. ވިޝާމަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި ފެސްޓިވަލްގައި ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށް ގެންދިޔައިރު މި މުބާރާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް އުރީދޫއިން ވަނީ ޖުމްލަ 185،000 ރުފިޔާގެ ފައިސާ ގެ އިނާމުތައް ލިބިފައެވެ. އެގޮތުން، ރޭސިން ސިމިއުލޭޓަރ ޖީޓީ7 މުބާރާތުން ޗެމްޕިއަންކަން ހޯދި އަޔާން އަހުމަދު ޝާނީޒް، 11،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެ ވަނަ ހޯދި އަލީ އަޝްހަމް އަބްދުލް ހަމީދުއަށް 8،000 ރުފިޔާގެ ފައިސާގެ އިނާމެއް، އަދި ތިން ވަނަ ހޯދި އަހުމަދު އަލްވިން އައްސިދު ޒާހިރުއަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ،

ޓެކްކެން މުބާރާތުން ވަނަ ހޯދި ފަރާތްތަކުގެ ތެރެއިން ޗެމްޕިއަންކަން ހޯދި އަހުމަދު އަބާނަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެ ވަނަ ހާސިލް ކުރި އަމީލް އިސްމާއީލަށް 3000 ރުފިޔާގެ ފައިސާގެ އިނާމް، ތިން ވަނަ ހާސިލްކުރި އަހްމަދު ޠާބިޝްއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި އީއޭއެފްސީ 24 ފުޓްބޯލް ގޭމިން މުބާރާތުން ޓޮޕް ސްކޯރާ އަދި ޗެމްޕިއަންކަން ހޯދި މުހައްމަދު އައިމަން އަހުމަދަށް ޖުމްލަ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެ ވަނަ ހާސިލްކުރި އަބްޔާން އަލީ ނިހާދަށް 10،000 ރުފިޔާ، ތިން ވަނަ ހާސިލްކުރި މުހައްމަދު ޒަމީލް ޒިހުނީއަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މީގެ އިތުރުން އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް އިން ޗެމްޕިއަންކަން ހޯދި ޓީމް އީޓޫއެސް ޓީއެމް7 އަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެ ވަނަ ހާސިލް ކުރި ޓީމް އީޓޫއެސް އަކަޓްސުކީއަށް 20،000 ރުފިޔާ، ތިން ވަނަ ހާސިލް ކުރި ޓީމް އާރްޖީސީ ސިންޑިކޭޓަށް 10،000 ރުފިޔާ، ހަތަރު ވަނަ ހާސިލް ކުރި ޓީމް އާރްޖީސީ ޑެނޯއަށް 5،000 ރުފިޔާގެ ފައިސާ އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓީމް އީޓޫއެސް ޓީއެމް7 ގެ  ހައިޝަމް ވަހީދަށް 1500 ރުފިޔާގެ ފައިސާގެ އިނާމު އުރީދޫއިން ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި ވަނީ އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023 ގެ ދަށުން ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތަކެއް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ:

އުރީދޫ ނޭޝަން ގޭމާސް އެވޯޑް ގެ އެންމެ ޝަރަފުވެރި އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. މި އެވޯޑް ތަކުގެ ތެރޭގައި ހިމެނެނީ:

މިއަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ފަރާތްތަކާއި ޓީމްތަކާއި އީސްޕޯޓްސް ޖަމިއްޔާތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ އެވޯޑެއް ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ގުޅާލުމުގައި ދެމިއޮންނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހިތްގައިމު ގޭމިން ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލު

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު