Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

މަނީ ލޯންޑަރިންގެ ތުހުމަތަށް ވާހަކަ ދައްކާނީ ތަހުގީގަށް ފަހު: ބައްސާމް

23 އޮކްޓޯބަރު 2023 | ހޯމަ 00:35

އެ އިދާރާ އަށް އެކި ގޮތް ގޮތުން ލިބެމުން އަންނަ ފައިސާ، އިދާރާގެ އިސްވެރިންނާއި، އިސްވެރިންނާއި ގާތް ގުޅުން އޮތް ފަރާތްތަކުގެ އިތުރުން، އެކި އެކި ކުންފުނިތަކަށް ވެސް ވަނީ ޖަމާކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޮކްޓޯބަރު 2023 | ހޯމަ 00:35
ފުލުހުން އެފްއޭއެމް ބަަލައި ފާސް ކުރި ވަގުތު އެ އިދާރާގެ ރައީސް ބައްސާމް އެ ސަރަހައްދުގައި

ފުލުހުން އެފްއޭއެމް ބަަލައި ފާސް ކުރި ވަގުތު އެ އިދާރާގެ ރައީސް ބައްސާމް އެ ސަރަހައްދުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން އެއްޗެއް ބުނާނީ ތަހުގީގަށްފަހު ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހު ވަނީ އެ އިދާރާ ބަލައި ފާސްކޮށްފަ އެވެ. ގިނަ ގަޑިއިރުތަކެއް ވަންދެން ފުލުހުން އެފްއޭއެމްގެ އިދާރާ ބަލައި ފާސްކޮށްފައިވާއިރު، އެ ސަރަހައްދުގައި ބައްސާމް އަދި އެ އިދާރާގެ އެހެނިހެން އިސް ވެރިން ވަނީ ޙަރަކާތްތެރިވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި، އެފްއޭއެމަށް އެކި ފަރާތްތަކުން ދެމުން އަންނަ ފައިސާތަކަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން، ވައްކަން، ޚިޔާނާތް އަދި މަކަރާއި ހީލަތް ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުގީގުކޮށް، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ސުވާލެއް ދެންނެވުމުން ބައްސާމް ވިދާޅުވީ، މިހާރު ކުރިއަށްދާ ތަހުގީގު ނިކުމާއެކު އެކަމުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ބައްސާމް ދެއްވައިފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމާ ދެކޮޅަށް ފުލުހުން ކުރަމުން ދަނީ ސީރިއަސް ތުހުމަތު ތަކެކެވެ. އެގޮތުން އެ އިދާރާ އަށް އެކި ގޮތް ގޮތުން ލިބެމުން އަންނަ ފައިސާ، އިދާރާގެ އިސްވެރިންނާއި، އިސްވެރިންނާއި ގާތް ގުޅުން އޮތް ފަރާތްތަކުގެ އިތުރުން، އެކި އެކި ކުންފުނިތަކަށް ވެސް ވަނީ ޖަމާކޮށްފަ އެވެ.

މި ފަހުން އައިސް އެފްއޭއެމްގެ މާލީ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެ، އެފްއޭއެމް ބަނގުރޫޓުވާން ކައިރިވެފަ އެވެ. އެގޮތުން އެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ގިނަ މަސްތަކެއް ވެފައިވާއިރު، މުވައްޒަފުންގެ ޕެންޝަން ފައިސާ އަށް ވެސް ވަނީ ޚިޔާނާތްތެރިވެފަ އެވެ. އަނެއްކޮޅުން، އެކި އެކި ތަންތަނުން ޚިދުމަަތް ހޯދުމަށް އެތަންތަނަށް ދައްކަން ޖެހޭ ފައިސާ ވެސް އޮތީ ނުދައްކަ އެވެ. އެކަމުގެ ސަބަބުން އެފްއޭއެމާ ދެކޮޅަށް ކޯޓުން ޙުކުމްތައް އިއްވަމުންދާއިރު، އެ ފައިސާ ދެއްކި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި

18 އޮކްޓޯބަރު 2017
ފްރާންސްގެ ޕީއެސްޖީ އާގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަ މޮރީނިއޯ ދޮގުކޮށްފި
08 ޖުލައި 2017

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

08 ޖުލައި 2017
އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ
17 ޖޫން 2017

ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި

17 ޖޫން 2017
ކޮންޓޭ ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި
14 ޖޫން 2017

ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި

14 ޖޫން 2017
ޓެކްސް ނުދައްކާކަމަށް ބުނާ ވާހަކަ ރޮނާލްޑޯ ދޮގުކޮށްފި
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް