Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޑެމްބެލޭ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން: އެންރީކޭ

މިހާތަނަށް ޕީއެސްޖީ ގައި ޑެމްބެލޭ އަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް، އެންރީކޭ ދެކޭ ގޮތުގައި އެއީ މައްސަލައެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2023 | ހޯމަ 00:30
ޕީއެސްޖީގެ ކޯޗު އެންރީކޭ އަދި ޑެމްބެލޭ

ޕީއެސްޖީގެ ކޯޗު އެންރީކޭ އަދި ޑެމްބެލޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އޮސްމާން ޑެމްބެލޭ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޑެމްބެލޭ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ނަަމަވެސް ޕީއެސްޖީ އަށް ބަދަލުވީ ފަހުން މިހާތަނަށް އެ ޓީމަށް ލަނޑެއް ޖަހައިދެވިފައި ނުވާތީ، ބައެއް ފަރާތްތަކުން އަންނަނީ ޑެމްބެލޭ އަށް ފާޑު ކިޔަމުންނެވެ.

ފްރާންސް ލީގުގައި އެންމެ ފަހުން ޕީއެސްޖީން ކުޅުނު މެޗުގައި ޑެމްބެލޭ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އޭނާގެ ނަޒަރުގައި ޑެމްބެލޭ އަކީ ވަރަށް ތަފާތު ކުޅުންތެރިޔެއް ކަމަށެވެ. މިހާތަނަށް ޕީއެސްޖީ ގައި ޑެމްބެލޭ އަށް ލަނޑެއް ޖެހިފައި ނުވި ނަމަވެސް، އެންރީކޭ ދެކޭ ގޮތުގައި އެއީ މައްސަލައެއް ނޫނެވެ. އެކަން ފާހަގަކޮށް އެންރީކޭ ބުނީ، ޑެމްބެލޭ އަކީ މެޗުގެ ތެރެއިން އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ އުކުޅުތައް ދެނެގަނެ، އަމިއްލަ ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދޭ ކުޅުންތެރިޔެއް ކަމަށެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ޑެމްބެލޭ އަންނަނީ ކަންކަން ރަނގަޅު ކުރަމުން ކަމަށާއި، އެކަން ޓީމުގެ ފަރިތަކުރުންތަކާއި، މެޗުތަކުން ވެސް ފެންނަ ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނެވި ގޮތެއްގައި އަބަދު އެކަންކަން ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމުގައި އެންރީކޭ ބުންޏެވެ. އިތުރަށް އޭނާ ބުނީ ޑެމްބެލޭއާ މެދު އެއްވެސް ކަންބޮޑުވުމެެއް ނެތް ކަމަށާއި، އޭނާ ކުރިއަށް އޮތް ތަނުގައި ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ބާސެލޯނާ ދޫކޮށް ޑެމްބެލޭ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕީއެސްޖީން ޑެމްބެލޭ ހޯދީ ބާސެލޯނާ އިން ވެސް އޭނާ ބަހައްޓަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

26 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
ޑެމްބެލޭގެ ސޮއި ހޯދުުމުގެ ރޭހަށް ރެއާލް މެޑްރިޑް.؟

ޑެމްބެލޭގެ ސޮއި ހޯދުުމުގެ ރޭހަށް ރެއާލް މެޑްރިޑް.؟

12 އޯގަސްޓު 2017
ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް

ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް

10 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!

02 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު