Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

މާލީ މައްސަލަ ބޮޑުވެފައިވާ އެފްއޭއެމަށް ފުލުހުން ވަދެ، ބަލައި ފާސްކުރަނީ

22 އޮކްޓޯބަރު 2023 | އާދީއްތަ 05:44

އެއީ މާލީ މައްސަލަތަކެއްގައި އެފްއޭއެމާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޮކްޓޯބަރު 2023 | އާދީއްތަ 05:44
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިދާރާ ބޭރުގައި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަލައި ފާސް ކުރަން ދިވެހި ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ހެނދުނު ފުލުހުން ދަނީ އެފްއޭއެމްގައި ޙަރަކާތްތެރިވަމުންނެވެ. އެއީ މާލީ މައްސަލަތަކެއްގައި އެފްއޭއެމާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަންގައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ފަހުން އައިސް އެފްއޭއެމްގެ މާލީ މައްސަތައް ވަނީ އިންތިހާއަށް ބޮޑުވެ، އެފްއޭއެމް ބަނގުރޫޓުވާން ކައިރިވެފަ އެވެ. އެގޮތުން އެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ގިނަ މަސްތަކެއް ވެފައިވާއިރު، މުވައްޒަފުންގެ ޕެންޝަން ފައިސާ އަށް ވެސް ވަނީ ޚިޔާނާތްތެރިވެފަ އެވެ. އަނެއްކޮޅުން، އެކި އެކި ތަންތަނު ޚިދުމަަތް ހޯދުމަށް އެތަންތަނަށް ދައްކަން ޖެހޭ ފައިސާ ވެސް އޮތީ ނުދައްކަ އެވެ. އެކަމުގެ ސަބަބުން އެފްއޭއެމާ ދެކޮޅަށް ކޯޓުން ޙުކުމްތައް އިއްވަމުންދާއިރު، އެ ފައިސާ ދެއްކި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ފުޓުބޯޅައިގެ ޙާލަތު އިންތިހާ އަށް ދަށްވެފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ގޮވާލާ އަޑު ވެސް ވަނީ ގަދަވެފަ އެވެ. އެހެން ނަމަވެސް، ތަކުރާރުކޮށް ބައްްސާމް ވިދާޅުވަމުން ގެންދަވަނީ އިސްތިއުފާ ދޭން ޖެހިވަޑައިގަންނަވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ދާދި ފަހުން އެފްއޭއެމްގެ ހިންގާ ކޮމެޓީން އެ އިދާރާގެ ނާއިބު ރައީސް ޙުސެއިން ޝާފިއު (ކޮއްކީ) އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ ބައްސާމްގެ ލީޑާޝިޕްގައި ފުޓުބޯޅަ އަށް ގެއްލުން ވަމުންދާތީ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 މެއި 2017

އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް

26 މެއި 2017
އަންހެން ކުދިން ކުޅޭހެން ފުޓުބޯޅަ ކުޅެން އުޅުނީމަ މައްސަލަ ދިމާވީ: ނަޒީހް
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
02 މާރިޗު 2017

ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި

02 މާރިޗު 2017
ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި
01 މާރިޗު 2017

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް