Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަޗިން ޓެންޑްލްކަރް

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

ސަޗިން: އަ ބިލިއަން ޑްރީމްސް މިމަހުގެ 26 ގައި ނިކުންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 07:23
ސަޗިން ޓެންޑްލްކަރް

ސަޗިން ޓެންޑްލްކަރް

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑްލްކަރްގެ ހަޔާތާ ގުޅޭ ގޮތުން ހަދާ ފިލްމް "ސަޗިން: އަ ބިލިއަން ޑްރީމްސް" މިމަހުގެ 26 ގައި ނިކުންނާނެއެވެ.

އެ ފިލްމު ޕްރޮމޯޓުކުރުމަށް ނޫސްވެރިންނާ ބައްދަލުކޮށް ސަޗިން ބުނީ އޭނާގެ ރޯލަށް އެކްޓަރަކު ޚިޔާރުކުރަން އޭނާއަށް ޖެހުނު ނަމަ، އޭނާ ނަގާނީ އާމިރު ޚާން ކަމަށެވެ. އޭނާ ބުނީ ހިންދީ ފިލްމު " ލަގާން" ގައި އާމިރު ކްރިކެޓް ކުޅުމުގެ މައްޗަށް އެކްޓު ކޮށްފައިވުމުން އޭނާ އެ ރޯލު އާމިރު ލައްވާ ކުޅުވަން ބޭނުންވީ ކަމަށެވެ. އަދި އެ ރޯލަށް އެންމެ އެކަށީގެންވަނީ އާމިރު ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާއަށް ކްރިކެޓްގެ ރޮނގުން ސަޗިން ވަނީ ވަރަށް ގިނަ ކާމިޔާބީތައް ހޯދައިދީފަ އެވެ. ސަޗިންއަކީ އިންޑިއާގެ ކްރިކެޓް ލެޖެންޑެކެވެ.

މިފިލްމުގައި ސަޗިންއަށް ކްރިކެޓްގެ ދާއިރާއަށް ނިކުމެވުނު ގޮތާއި ކާމިޔާބު މީހަކަށް ވުމަށް އޭނާއަށް ދިމާވި ގޮންޖެހުންތައް ދައްކުވައިދޭނެއެވެ. ސަޗިންގެ ހަޔާތާ ގުޅޭ ގޮތުންއުފައްދާފައިވާ ފިލްމްގެ ލީޑް ރޯލުގައި ހަރަކާތްތެރިވަނީ ވެސް ސަޗިންއެވެ. ޖޭމްސް އަސްކިން ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ޑޮކިއުމަންޓްރީގައި ސަޗިންއާ އެކު، އަންހެނުން އަންޖަލީ ޓެންޑްލްކަރް، ކްރިކެޓް ކުޅުންތެރިޔާ ވިރެންދަރް ސެހްވާގް އާއި ކްރިކެޓް ކުޅުންތެރިޔާ މަހިންދްރަ ސިންގް ދޯނީ ފެނިގެންދާނެއެވެ.

"ސަޗިން: އަ ބިލިއަން ޑްރީމްސް" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާނެވެ.

މި ފިލްމުގެ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި ސަޗިން ބުނީ އޭނާގެ ހަޔާތުގެ ދަތުރުގެ ވަރަށް ގިނަ ވާހަކަތައް "ސަޗިން: އަ ބިލިއަން ޑްރީމްސް" އިން ދައްކުވައި ދޭނެ ކަމަށެވެ. އަދި 24 އަހަރުގެ ކެރިއަރުގައި އޭނާ އަށް ލޯބި ދިން އެންމެންނަށް ސަޗިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި ފިލްމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ސަޗިން ބުނީ ފިލްމްގެ ހުރިހާ މަންޒަރަކާއި މެދުވެސް އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ސަޗިން ބުނީ މިފިލްމްގެ މަސައްކަތް ފެށުމުގެ ކުރިން ފިލްމް ކުޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް އޭނާއަށް ކުރިން ހީވެފައި އޮތް ކަމަށެވެ. ނަމަވެސް ހަގީގަތުގައި ފިލްމް ކުޅުމަކީ އެހާފަސޭހަ ކަމެއް ނޫން ކަމަށާއި އަދި ކްރިކެޓް ކުޅުމާ އަޅާ ބަލާއިރު ފިލްމީ ދާއިރާގެ މަސައްކަތްތަކަކީ މާއުނދަގޫ އަދި އެހާމެ ބުރަ މަސައްކަތެއް ކަމަށެވެ.

މިފިލްމަކީ މިއަހަރު ތެރޭގައި ޕްރިމިއާ ކުރާ ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ މަގުބޫލުއެއް ފިލްމަށް ވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ. އެއީ މިފިލްމު ޑައިރެކްޓްކުރާ ޖޭމްސްއަކީ އުފެއްދުންތެރި ފިލްމީދާއިރާގައި ކާމިޔާބު ޑައިރެކްޓަރަކަށް ވުމާއި ސަޗިންގެ މަގުބޫލު ކަން އިންޑިއާގައި ބޮޑުވުމެވެ. ސަޗިންއަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން ފެނިގެން ދިޔަ ހުނަރުވެރި ބެޓްސްމަނެކެވެ. އުމުރުން 43 އަހަރުގެ ސަޗިންއަކީ މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.

އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ސަޗިންގެ ހަޔާތާ ބެހޭ ގޮތުން ޑޮކިއުމެންޓްރީ ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮަށް މިދިޔަ އަހަރުގެ ތެރޭގައި ފީޗާ ފިލްމެއް ވަނީ ނެރެފައެވެ. ސުޝަންތު ސިންގް ރާޖްޕޫތުގެ މޮޅު އެކްޓިން ފެނިގެންދިޔަ އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު