Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިންޑިއަން އައިޑޮލް

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

ރޭވަންތު ބުނީ އިންޑިއަން އައިޑޮލް ފެށުނު އިރު އޭނާ ހިންދީން ވާހަކަ ދައްކަން މަސައްކަތްކުރުމުން ގިނަ ބައެއްގެ މަލާމާތްކުރި ކަމަށް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 14:50
އިންޑިއަން އައިޑޮލް ސީޒަން 9 ކާމިޔާބުކުރި އެލްވީ ރޭވަންތު

އިންޑިއަން އައިޑޮލް ސީޒަން 9 ކާމިޔާބުކުރި އެލްވީ ރޭވަންތު

މި ހަފްތާގެ އާދީއްތަ ދުވަހު ނިމިގެންދިޔަ އިންޑިއަން އައިޑޮލް ސީޒަން 9 ގެ ޓްރޮފީ ކާމިޔާބުކުރި އެލްވީ ރޭވަންތު މިހާރު ބޭނުން ވަނީ ހިންދީ ބަސް ދަސްކުރުމަށް ކަމަށް އޭނާ ބުނެފިއެވެ.

އަންދުރަ ޕްރަދޭޝް އަށް އުފަން ނަމަވެސް ހައިދާރުއާބާދުގައި ދިރިއުޅޭ ރޭވަންތު ފުރަތަމަ އައިޑޮލް އަށް އައި އިރު ހިންދީ އެނގެނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެން ކަމުން ހިންދީ ލަވަތައް ކިޔުމުގައި ވެސް ފުރަތަމަ ކޮޅު އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ޝޯގެ ތެރެއިން އޭނާ ވަނީ ހިންދީ ވަރަށް ބޮޑަށް ފަސްކޮށްފައެވެ. ނަމަވެސް އަދިވެސް އޭނާ އަށް ހިންދީ ބަހުން ވާހަކަ ދެއްކުމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

މުޅި އިންޑިއާގެ ފިލްމް އިންޑަސްޓްރީ ހިލުވާލި "ބާހްބަލީ"ގެ ފުރަތަމަ ބަޔަށް ރޭވަންތު ވަނީ ލަވައެއް ވެސް ކިޔައިދީފައެވެ. ތެލަގޫ ފިލްމް ފިންޑަސްޓްރީ ނުވަތަ ދެކުނު އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އޭނާ އަށް ފުރުސަތުތަކެއް ހުރި ނަމަވެސް އިންޑިއަން އައިޑޮލްގައި ބައިވެރިވީ ބޮލީވޫޑުން ފުރުސަތު ތަނަވަސްކުރުމަށް ކަމަށް ރޭވަންތު ބުނެފައި ވެއެވެ.

އިންޑިއަން އައިޑޮލްގައި ޖަޖުން ކަމަށްވާ ސޯނޫ ނިގަމް އާއި ފަރާ ޚާން އަދި އައްނޫ މާލިކް، ރޭވަންތު ސިފަކޮށްފައި ވަނީ "ހީރޯ" އެއްގެ ގޮތުގައެވެ. އަދި ޝޯގައި ބައިވެރިވި ގިނަ ފިލްމީ ތަރިންތަކެއް ބުނެފައި ވަނީ ރޭވަންތަށް ފުރުސަތު އޮތީ ހަމައެކަނި ލަވަކިޔުމުގެ ދާއިރާ އިން ނޫން ކަމަށާއި އޭނާގެ ރީތި ސިފައިގެ ސަބަބުން ފިލްމްތަކުގައި އެކްޓްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

އިންޑިއަން އައިޑޮލްގެ ޓްރޮފީއާ އެކު އޭނާ އަށް ވަނީ 25 ލައްކަ ރުޕީސް އާއި ޔުނިވާސަލް މިއުޒިކްގެ އެއް އަހަރުގެ ދުވަހު ކޮންޓްރެކްޓެއް ލިބިފައެވެ. އޭގެ އިތުރު މަހިންދުރަ ކޭޔޫވީ އެންމެ ފަހުގެ ކާރެއް ވެސް ލިބިފައި ވެއެވެ. މި ސީޒަންގެ ފަސްޓް ރަނަރަޕަށް ހޮވުނީ މުޅި ސީޒަނުގައި ވެސް ވަރަށް ގިނަ ބައެއްގެ ހިތް ފަތަހަކުރި ރީތި ލަވަތަކެއް ހުށަހަޅައިދިން ޚުދާ ބަކްޝްއެވެ. ސެކަންޑް ރަނަރަޕަކަށް ހޮވިފައި ވަނީ ޕީވީއެން ރޯހިތެވެ.

އުމުރުން 26 އަހަރުގެ ރޭވަންތު ބުނީ ބޮލީވުޑްގައި ފުންނާބު އުސް ލަވަކިޔުންތެރިއަކަށް ވާން އޭނާ ބޭނުންވާ ކަމަށެވެ. ހަމައެއާ އެކުއެކީގައި ޓޮލީވޫޑްގައި ވެސް މަސައްކަތްތަކެއް ކުރަން ބޭނުން ކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ މިހާރު ވެސް ތެލަގޫ ފިލްމްތަކަށް ލަވަ ކިޔައިދީފައެވެ.

ރޭވަންތު ބުނީ އިންޑިއަން އައިޑޮލް ފެށުނު އިރު އޭނާ ހިންދީން ވާހަކަ ދައްކަން މަސައްކަތްކުރުމުން ގިނަ ބައެއްގެ މަލާމާތް ރައްދުވި ކަމަށެވެ. އެހެން ކަމުން ރަނގަޅަށް ހިންދީ ބަސް ދަސްކޮށް އެ ފަރާތްތަކަށް ރައްދެއް ދޭން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

މިއި ތެލަގޫ ލަވަކިޔުންތެރިއަކު މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެގޮތުން ތެލަގޫ ލަވަކިޔުންތެރިއެއް ކަމަށްވާ ސްރީރާމް ޗަންދުރަ ވަނީ ސީޒަން 5 ކާމިޔާބުކޮށްފައެވެ.

އިންޑިއަން އައިޑޮލްގެ މި ފަހަރުގެ ސީޒަނަށް ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައި ވެއެވެ. ހާއްސަކޮށް މި ޝޯ އިންޑިއާގައި ފުރަތަމަ ފެށި އިރު ޖަޖުންގެ ގޮތުގައި ތިބި ތިން މީހުން އެކުގައި އަލުން ފެނުމަކީ ވެސް އޭގެ އެއް ސަބަބެވެ. އޭގެ އިތުރުން މި ފަހަރުގެ ޝޯގައި މިހާތަނަށް ނުފެންނަ ވަރުގެ ރަނގަޅު ލަވަކިޔުންތެރިން ފެނިގެން ދިއުމަކީ ވެސް މި ފަހަރުގެ ސީޒަނަށް ގިނަ ބައެއްގެ ތައުރީފް ލިބުނު ސަބަބެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަފްތާއެއްގެ ތެރޭ ބާގީ 2 އަށް 100 ކުރޯޑް އިންޑިއަން ރުޕީސް

ހަފްތާއެއްގެ ތެރޭ ބާގީ 2 އަށް 100 ކުރޯޑް އިންޑިއަން ރުޕީސް

06 އެޕްރީލު 2018
ހިޗްކީ: އަށް ދުވަހުން 42 ކުރޯޑް އިންޑިއަން ރުޕީސް

ހިޗްކީ: އަށް ދުވަހުން 42 ކުރޯޑް އިންޑިއަން ރުޕީސް

02 އެޕްރީލު 2018
ދިހަ މިލިއަން ވިއުސްއާއެކު އެމެރިކަން އައިޑޮލް ފަށައިފި

ދިހަ މިލިއަން ވިއުސްއާއެކު އެމެރިކަން އައިޑޮލް ފަށައިފި

13 މާރިޗު 2018
ޕަދްމާވަތަށް 100 ކުރޯޑް އިންޑިއަން ރުޕީސް

ޕަދްމާވަތަށް 100 ކުރޯޑް އިންޑިއަން ރުޕީސް

29 ޖެނުއަރީ 2018
އިންޑިއަން ސިނަމާގައި އެންމެ ކާމިޔާބު އެކްޓަރުގެ ޓައިޓަލް ޝާހްރުކްޚާން އަށް

އިންޑިއަން ސިނަމާގައި އެންމެ ކާމިޔާބު އެކްޓަރުގެ ޓައިޓަލް ޝާހްރުކްޚާން އަށް

17 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު