Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ކޯޓު

ޓޯކުރި ކާރެއް އުސޫލާ ޚިލާފަށް ނައްތާލުމުން 250،000 ރުފިޔާގެ ބަދަލެއް

20 އޮކްޓޯބަރު 2023 | ހުކުރު 06:37

ސިވިލް ކޯޓުން ހުކުމް ކުރީ ކާރުގެ އަގަށްވާ ފައިސާ ދިނުމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 އޮކްޓޯބަރު 2023 | ހުކުރު 06:37
ފުލުހުން

ފުލުހުން

ފުލުހުން ޓޯ ކުރި ކާރެއް އުސޫލާ ޚިލާފަށް ނައްތާލާފައިވާތީ ކާރުގެ ވެރިފަރާތަށް ބަދަލުގެ ގޮތުގައި 250،000 ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ބުދަ ދުވަހު ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ 16 ޖުލައި 2019 ގައި ޓޯ ކުރި ކާރެއް އޭގެ ވެރިފަރާތަށް އެންގުމަކާނުލައި ނައްޔާލާފައިވާތީ އެކަމާ ގުޅިގެން ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތައިލެވޭނީ އެ އުޅަނދެއްގެ މައުލޫމާތު އާއްމު ކުރާތާ 60 ދުވަހުގެ ތެރޭގައި ވެރިފަރާތުން އުޅަނދާ ހަވާލު ނުވެއްޖެ ހާލަތެއްގައެވެ. ނަމަވެސް މި މައްސަލައިގައި އެ އިދާރާއިން މައުލޫމާތު އާއްމު ނުކުރާ ކަމަށާއި ވެރިފަރާތަށް ވެސް ނާންގާ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނެފައިވާ ގޮތާ ޚިލާފަށް ކާރު ޓޯ ކުރިކަން ފުލުހުންގެ ވެބްސައިޓުގައި އާއްމު ކުރީ އެ ކާރު ނައްތާލުމަށްފަހު ފަހުގެ ތާރީހެއްގައެވެ. އެހެންވެ، ކާރާ ހަވާލުވުމުގެ ފުރުސަތު ވެރިފަރާތަށް ނުލިބޭކަން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އިއުލާން ފަހުގެ ތާރީހެއްގައި ވެބްސައިޓުން ފެންނަން ހުރީ އެ ވެބްސައިޓް ހޯސްޓްކޮށްފައިވާ ފަރާތުން ކުއްލި ގޮތަކަށް ކެންސަލްކުރުމުގެ ސަބަބުން ވެބްސައިޓް ޑައުންވުމާ ގުޅިގެންނެވެ. އެގޮތުން، 02 އޮކްޓޯބަރު 2019 ގައި ކާރު ނައްތާލާފައިވާއިރު މައުލޫމާތު ވެބްސައިޓުގައި އާއްމުކޮށްފައިވަނީ 15 އޮކްޓޯބަރު 2019ގައެވެ.

ގާނޫނުގައި ވަކިގޮތަކަށް އަމަލުކުރަން ލާޒިމްކޮށްފައިވާ ކަންކަމުގައި އެއާ ޚިލާފަށް އަމަލު ކުރުމަކީ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން ކަމުގައި ސިވިލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ވެބްސައިޓު ޑައުންވެފައިވާކަން ކަނޑައެޅިގެން އެނގޭއިރު ޓޯ ކުރެވިފައިވާ އުޅަނދުތަކުގެ މައުލޫމާތު އާއްމު ކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރުމުގެ ސަބަބުން ކާރުގެ ވެރިފަރާތަށް ސީދާ ގޮތުން ގެއްލުން ލިބިފައިވާކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އެހެންވެ، އެކަމުގެ ބަދަލު ފުލުހުން ދޭން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކާރުގެ ވެރިފަރާތުން އެދުނީ އެ ބްރޭންޑުގެ ކާރެއް ނުވަތަ އޭގެ އަގު ހޯދައިދިނުމަށެވެ. ނައްތާލި ބްރޭންޑުގެ ކާރެއް ރާއްޖެއަށް ގެނައުމަށް މިހާރު ގެނެވޭނެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 250،000 ރުފިޔާއެވެ. އެހެންވެ އަ އަގު އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތުން ސިވިލް ކޯޓަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް