Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ

ޕީއެސްޖީގެ މެޗެއް ބަލައިލުމަށް ޕެރިހަށް ދިއުމުގެ ފުރުސަތު އުރީދޫއިން

18 އޮކްޓޯބަރު 2023 | ބުދަ 11:52

ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ޕެރިސް ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަން ލިބޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 އޮކްޓޯބަރު 2023 | ބުދަ 11:52
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ގުޅިގެން ޚާއްސަ ލަކީޑްރޯއެއް ފަށައިފިއެވެ.

މި އަންގާރަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2023އާ ހަމައަށް ކުރިއަށްގެންދާ މި ލަކީޑްރޯގައި އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

މި ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ޕެރިސް ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަންގެ އިތުރުން، ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައި 21 އޭޕްރީލް 2024ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީއާއި ލިޔޯން މެޗް އުރީދޫ ވީއައިޕީ ލައުންޖުން ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

އުުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ޚާއްސަ އޮފަރއަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތައާރަފުކުރި އޮފަރއެއް ކަމަށެވެ. ފުޓުބޯޅައަކީ ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާއެކު، މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް މިއީ ވަރަށް ޚާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައިވެސް، އުރީދޫގެ އިންޓަނޭޝަނަލް ޕާރޓްނަރޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ނިޔާޒު ދެއްވިއެވެ.

ޕެރިހުގައި ޕީއެސްޖީއާއި ލިޔޯން މެޗް ލައިވްކޮށް ބަލައިލުމުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަރފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑްކުރާ ފަރާތްތަކަށް މި ލަކީޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ ޕީއެސްޖީ އެކަޑަމީއާއި ޕީއެސްޖީ ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން، މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!

18 ނޮވެމްބަރު 2025
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!
03 މާރިޗު 2025

ކަރާ ފަޅައިގެން ދިރާގު ކަސްޓަމަރުންނަށް ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު!

03 މާރިޗު 2025
ކަރާ ފަޅައިގެން ދިރާގު ކަސްޓަމަރުންނަށް ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު!
12 އެޕްރީލު 2023

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ބީއެމްއެލްއިން ދެނީ

12 އެޕްރީލު 2023
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ބީއެމްއެލްއިން ދެނީ
23 އޮކްޓޯބަރު 2022

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލަން އުރީދޫ އިން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ

23 އޮކްޓޯބަރު 2022
ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލަން އުރީދޫ އިން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ
06 ސެޕްޓެމްބަރު 2022

އެމް-ފައިސާއިން ބިލު ދައްކައިގެން ވޯލްޑް ކަޕް ބަލާލަން ދިއުމުގެ ފުރުސަތާއި ކޭޝްބެކް

06 ސެޕްޓެމްބަރު 2022
އެމް-ފައިސާއިން ބިލު ދައްކައިގެން ވޯލްޑް ކަޕް ބަލާލަން ދިއުމުގެ ފުރުސަތާއި ކޭޝްބެކް
12 އޯގަސްޓު 2022

ބޯޓިން އެސޯސިއޭޝަނުން މެރިން އެކްސްޕޯ އާ ހަރުފަތަކަށް ގެންދިއުމުގެ އުންމީދުގައި!

12 އޯގަސްޓު 2022
ބޯޓިން އެސޯސިއޭޝަނުން މެރިން އެކްސްޕޯ އާ ހަރުފަތަކަށް ގެންދިއުމުގެ އުންމީދުގައި!
27 ޖުލައި 2020

މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ މި ސިނާއަތް ނެތި ދިއުމުގެ ބިރުއޮތް ކަމެއް: ގެސްޓް ހައުސް އެސޯސިއޭޝަން

27 ޖުލައި 2020
މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ މި ސިނާއަތް ނެތި ދިއުމުގެ ބިރުއޮތް ކަމެއް: ގެސްޓް ހައުސް އެސޯސިއޭޝަން
15 ސެޕްޓެމްބަރު 2019

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ޑިސްނީ ލޭންޑަށް ދިއުމުގެ ފުރުސަތު !

15 ސެޕްޓެމްބަރު 2019
ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ޑިސްނީ ލޭންޑަށް ދިއުމުގެ ފުރުސަތު !
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް