Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ ފުޓުބޯޅަ ފޯރި ކެމްޕޭން

ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލަން އުރީދޫ އިން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ

ލަކީޑްރޯގައި ބައިވެރިވެވޭނީ މި މަހުގެ ނިޔަލަށް އުރީދޫގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 އޮކްޓޯބަރު 2022 | އާދީއްތަ 02:13
އުރީދޫގެ ސީއީއޯ

އުރީދޫގެ ސީއީއޯ

އުރީދޫ ފުޓްބޯޅަ ފޯރީ ކެމްޕެއިންގެ ދަށުން ވޯލްޑް ކަޕް ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލާލަން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ މި ކެމްޕޭންގެ ދަށުން ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ހަތަރު ފަރާތަކަށް ދޭން ނިންމާފައެވެ. އޮގަސްޓް މަހު އިއުލާން ކުރި މި ކެމްޕޭނުގެ ދަށުން ލަކީޑްރޯގައި ބައިވެރިވެވޭނީ 31 އޮކްޓޯބަރުގެ ނިޔަލަށެވެ.

މިހާރުގެ ކަސްޓަމަރުންނާއި އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މިލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ. މި ކެމްޕޭނުގެ ދަށުން ގަތަރުގެ ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު 10 ނަސީބުވެރިން ވެސް ދަނީ ހޮވަމުންނެވެ. ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިންނަށް އުރީދޫ އިން އަންނަނީ ސެމްސަންގ ގެލެކްސީ ބަޑްސް އާއި އެއާޕޯޑްސް އާއި އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ދެމުންނެވެ.

އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދެއްކުމާއި، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން މި ލަކީ ޑްރޯގެ ތެރޭގައި ހިމެނޭނެއެވެ.

މުޅި ރާއްޖެއަށް 4ޖީ ޕްލަސް ނެޓްވޯކް ކަވަރޭޖްގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދާދި ފަހުން ވަނީ މާލެ، ހުޅުމާލެ ފޭސް 1، ވިލިނގިލި އަދި ހުޅުލެ ހިމެނޭ ގޮތަށް 5ޖީ ކަވަރޭޖް ފުޅާކޮށް، އާބާދީގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީގެ ހަލުވި ސްޕީޑް ލިބޭނެ މަގު ފަހިކޮށްދީފައެވެ.

ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުރީދޫއިން 2021 ވަނަ އަހަރު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މާކެޓުގައި ހުރި އެންމެ ރަނގަޅު ޕްލޭންތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މިހާރުގެ ޕޯޓްފޯލިއޯގައި އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތަ ބޮޑެތި ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ޕްލޭންތަކުގެ 30 އިންސައްތަ އިތުރު ޑޭޓާ އަދި ފަސޭހާ ބްރޯޑްބޭންޑް ޕްލޭންތަކަށް 25 އިންސައްތަ އިތުރު ޑޭޓާ ފޯރުކޮށްދީ، މުޅިއަކު 40 އިންސައްތައާއި ހަމައަށް އަގުތަށް ވަނީ ލުއިކޮށްފައެވެ.

މީގެ އިތުރުން އެ ކުންފުނީގެ ފައިބަރ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށް 100 އިންސައްތައަށް ޑޭޓާ އެލަވަންސް އިތުރުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް އުރީދޫއިން ވަނީ ދޭން ފަށާފައެވެ.

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2018

ވޯލްޑް ސްޕާ އެވޯޑުގައި

29 އޮކްޓޯބަރު 2018
ވޯލްޑް ސްޕާ އެވޯޑުގައި
23 އޮކްޓޯބަރު 2018

ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއިން 3 އެވޯޑެއް ހާސިލްކޮށްފި

23 އޮކްޓޯބަރު 2018
ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއިން 3 އެވޯޑެއް ހާސިލްކޮށްފި
21 ޖޫން 2018

ބީޕީޓީ ފައިނަލް ޕޭމެންޓް ދެއްކުމުގެ ސުންގަޑިއަށް ސަމާލުވުމަށް އަންގައިފި

21 ޖޫން 2018
ބީޕީޓީ ފައިނަލް ޕޭމެންޓް ދެއްކުމުގެ ސުންގަޑިއަށް ސަމާލުވުމަށް އަންގައިފި
12 ޖޫން 2018

ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

12 ޖޫން 2018
ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި
10 ޖޫން 2018

ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު

10 ޖޫން 2018
ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު
25 މެއި 2018

ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!

25 މެއި 2018
ދިރާގު ޓިވީ އެޕް މެދުވެރިކޮށް މިފަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗް ބަލާލެވޭނެ!
22 މާރިޗު 2018

ފީފާ ވޯލްޑްކަޕް ބަލާލުލުމުގެ ރަނުގެ ފުރުސަތު ކޮކާކޯލާ އިން ހުޅުވާލައިފި

22 މާރިޗު 2018
ފީފާ ވޯލްޑްކަޕް ބަލާލުލުމުގެ ރަނުގެ ފުރުސަތު ކޮކާކޯލާ އިން ހުޅުވާލައިފި
07 ނޮވެމްބަރު 2017

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު