Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ އެމްފައިސާ

އެމް-ފައިސާއިން ބިލު ދައްކައިގެން ވޯލްޑް ކަޕް ބަލާލަން ދިއުމުގެ ފުރުސަތާއި ކޭޝްބެކް

ކޭޝްބެކް ޕްރޮމޯޝަނުގެ ދަށޫން ފައިސާ އަނބުރާ ލިބޭނީ ޕްރިމިއަމް ކަސްޓަމަރުންނަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 15:36
އުރީދޫ އެމްފައިސާ ކޭޝްބެކް ޕްރޮމޯޝަން

އުރީދޫ އެމްފައިސާ ކޭޝްބެކް ޕްރޮމޯޝަން

އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ބިލުތަކަށް ފައިސާ ދައްކައިގެން އަނބުރާ ފައިސާ ހޯދުމުގެ ފުރުސަތާއި ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ހުޅުވާލި މި ފުރުސަތުގެ ދަށުން ކޭޝްބެކް ޕްރޮމޯޝަނުގައި އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް އެމްފައިސާއިން ބިލުތައް ދެއްކުމުން އެ ދައްކާ ބިލެއްގެ 5 އިންސައްތަ އަނބުރާ އެކައުންޓަށް ޖަމާވާނެއެވެ. މިއީ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އޮފަރ އެކެވެ.

އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ބިލްތަކުގެ ތެރޭގައި އުރީދޫ ބިލްތަކުގެ އިތުރުން އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި މީޑިއާނެޓާއި ވިލާ ގޭސް އާއި މޯލްޑިވް ގޭސް އާއި އަމާނާ ތަކަފުލް އަދި މީރާ ހިމެނެއެވެ. މީގެ އިތުރުން ރެޑްވޭވް، ވީބީ މާޓް، ކޭއެފްސީ، ގްލޯރިއާ ޖީންސް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައި ފޯލް އަދި އެ ނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކުގައިވެސް އެމް-ފައިސާ އިން ފައިސާ ދެއްކޭނެއެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ލަކީ ޑްރޯގައި އުރީދޫ ކަސްޓަމަރުންނަށް އެ ކުންފުނީގެ ކޮންމެ ޙިދުމަތެއް ބޭނުންކޮށްގެންވެސް ބައިވެރިވެވޭނެއެވެ. އެގޮތުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށްވެސް މި ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫއިން ބުނީ މި ލަކީޑްރޯ ގައި ކޮންމެ ހަފްތާއަކު ހޮވޭ 10 ނަސީބުވެރި ފަރާތަކަށް ސެމްސަންގ ބަޑްސް އެޕަލް އެއަރޕޮޑްސް ފަދަ އަގުހުރި އިނާމްތައް ލިބޭނެ ކަމަށެވެ. އަދި ލަކީޑްރޯގެ ބޮޑު އިނާމެއްގެ ގޮތުން އޯގަސްޓް މަހުން ފެޝިގެން އޮކްޓޯބަރުގެ ނިޔަަލަށް އުރީދޫ ޙިދުމަތްތައް ބޭނުންކޮށްފައިވާ އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ހޮވޭ 4 ނަސީބުވެރި ފަރާތަކަށް ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

މި ފުރުސަތުގެ ދަށުން ނަސީބުވެރި ފަރާތްތަކަށް ގަތަރު ދެކޮޅު ޓިކެޓާއި ހުރުން އަދި ސެމީ ފައިނަލް މެޗް ބެލުމަށް ދަނޑަށް ވަންނަ ޓިކެޓްވެސް މުޅިން ހިލޭ ލިބޭނެއެވެ.

ބިލްދެއްކުން، ޑޭޓާ ޕެކެއް އެކްޓިވޭޓް ކުރުން، ގޭހަށް އޯޑަރު ކޮށްލުން ނުވަތަ ފިހާރަތުން އެމް-ފައިސާ މެދުވެރިކޮށް ވިޔަފާރިކޮށްލިޔަސް މިއިން ކޮންމެ ޓްރާންސެކްޝަނަކާއެކު ހަފްތާގެ ނަސީބުވެރިއަކަށް އަދި މެޗް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައި ވެއެވެ.

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2018

ވޯލްޑް ސްޕާ އެވޯޑުގައި

29 އޮކްޓޯބަރު 2018
ވޯލްޑް ސްޕާ އެވޯޑުގައި
23 އޮކްޓޯބަރު 2018

ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއިން 3 އެވޯޑެއް ހާސިލްކޮށްފި

23 އޮކްޓޯބަރު 2018
ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއިން 3 އެވޯޑެއް ހާސިލްކޮށްފި
12 ޖޫން 2018

ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

12 ޖޫން 2018
ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި
10 ޖޫން 2018

ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު

10 ޖޫން 2018
ވާރލްޑް ކަޕްގެ 10 މެޗް އަލްޓްރާ އެޗްޑީކޮށް ބަލާލުމުގެ އިތުރުން ހަތަރު ޗެނަލް 4ކޭ ކޮލިޓީގައި މީޑިއާނެޓް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު
22 މާރިޗު 2018

ފީފާ ވޯލްޑްކަޕް ބަލާލުލުމުގެ ރަނުގެ ފުރުސަތު ކޮކާކޯލާ އިން ހުޅުވާލައިފި

22 މާރިޗު 2018
ފީފާ ވޯލްޑްކަޕް ބަލާލުލުމުގެ ރަނުގެ ފުރުސަތު ކޮކާކޯލާ އިން ހުޅުވާލައިފި
14 މާރިޗު 2018

ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !

14 މާރިޗު 2018
ސިންގަޕޫރުގައި އޮންނަ އޭޝިއަން ޕޭސްޓްރީ ކަޕްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވަނީ !
22 ޖެނުއަރީ 2018

ހަލާލް މޭކަޕް ސާމާނު ނިއު އެޑިޝަންއިން ތައާރަފުކޮށްފި

22 ޖެނުއަރީ 2018
ހަލާލް މޭކަޕް ސާމާނު ނިއު އެޑިޝަންއިން ތައާރަފުކޮށްފި
07 ނޮވެމްބަރު 2017

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު