Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގެސްޓްހައުސް އިންޑަސްޓްރީ

މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ މި ސިނާއަތް ނެތި ދިއުމުގެ ބިރުއޮތް ކަމެއް: ގެސްޓް ހައުސް އެސޯސިއޭޝަން

ލިބޭ ވަރަކުން ބުކިންތައް ނަގަމުން ދިޔަކަމަށް ވަނީ ބުނެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ޖުލައި 2020 | ހޯމަ 04:10
ކ. މާފުށީގައި ހުންނަ ބީޗްވުޑް ހޮޓެލް ގެސްޓް ހައުސް

ކ. މާފުށީގައި ހުންނަ ބީޗްވުޑް ހޮޓެލް ގެސްޓް ހައުސް

މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ ގެސްޓްހައުސް ސިނާއަތް ނެތި ދިއުމުގެ ބިރުއޮތް ކަމެއް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ކުއްލި ގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓް ހައުސްތައް އޮގަސްޓް މަހު ނުހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ހުޅުވޭނެ ކަމަށް ލަފާކުރެވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނުމަކީ މުޅި ގެސްޓް ހައުސް ސިނާއަތަށް ތަކުލީފުތަކެއް ކުރިމަތި ކުރިވި ކަމެއް ކަމަށެވެ. އަދި މިއީ މުޅި ގެސްޓްހައުސް ސިނާއަތުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް ކަމަށެވެ.

ކޮވިޑް-19 ޕެންޑަވިކްއާއި ގުޅިގެން ވަރަށް ގިނަ ދުވަހު ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވި މާލީ ދަތިތަކާ ހުރެ ގެސްޓް ހައުސްތައް ހުޅުވުމަށް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވެ، ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ވަރަށް ދަތި ހާލު ދިމާވެފައިވާ މި ދަނޑިވަޅުގައި ގެސްޓް ހައުސްތައް ހުޅުވުން ލަސްވުމަކީ އެ އިންޑަސްޓްރީގެ ރިހޭފައި މައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

1 އޮގަސްޓް 2020 ގައި ގެސްޓް ހައުސްތައް ހުޅުވޭނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ނެރެފައިވާ އެސްއޯޕީގައި އޮތުމާއި، އަދި އެ އެސްއޯޕީ ހެދުމުގައި ވަރަށް ގިނަފަހަރު މަތިން އެ އެސޯސިއޭޝަނާއެކު މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށާއި އެމްއެމްޕީއާރުސީގެ މާކެޓިންގ މެޓީރިއަލްތަކުގައި ވެސް ގެސްޓް ހައުސް ތަކުން ބުކިންގ ނަގަން ފަށަނީ 1 އޮގަސްޓް 2020 ކަމުގައި އޮތުމާއެކު ގެސްޓް ހައުސް ތަކުން ވެސް ލިބޭ ވަރަކުން ބުކިންތައް ނަގަމުން ދިޔަ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ލޯކަލް ޓޫރިޒަމް ވިޔަފާރި އަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރި އަކަށްވެފައި އަދި ގިނަ އެހެނިހެން ކުދި ވިޔަފާރިތަކެއް ވެސް އެ ހިދުމަތުގައި ބައިވެރިވާކަން ފާހަގަކޮށް ރިސޯޓްތަކާއި ސަފާރީ ތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ޖިމް އަދި ރެސްޓޯރަންޓް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށް ވެސް ހުއްދަ ދެވިފައި ހަމައެކަނި ގެސްޓް ހައުސް ފަދަ ބޮޑު ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެން ޖެހުމަކީ ބިރުއޮތް ކަމެއްކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި

ވެލާނާ އެއާޕޯޓްގައި 12000 އަކަމީޓަރުގެ ކާގޯ ޓަރމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި

01 ފެބުރުއަރީ 2018
އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ

އައިޓީބީ ފެއާގައި އަތްތެރި މަސައްކަތްތެރިކަން ދައްކުވާދޭނެ ފަރާތެއް ހޯދަނީ

14 ޑިސެމްބަރު 2017
ބަޖެޓްގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހަށް ނިންމަން ބަޖެޓް ކޮމެޓީން ފާސްކޮށްފި

ބަޖެޓްގެ މަސައްކަތް މި މަހުގެ 25 ވަނަ ދުވަހަށް ނިންމަން ބަޖެޓް ކޮމެޓީން ފާސްކޮށްފި

15 ނޮވެމްބަރު 2017
ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ

ޓެކްސްގެ މަސައްކަތް ކުރަނީ ރަޖިސްޓަރވެފައިވާ ފަރާތެއްތޯ ކަށަވަރުކުރޭ: މީރާ

19 އޮކްޓޯބަރު 2017
ރެހެންދި ނައިޓް މާރކެޓް މިއަދު ފަށާނެ!

ރެހެންދި ނައިޓް މާރކެޓް މިއަދު ފަށާނެ!

03 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު