Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިނޭންސް މިނިސްޓްރީ

6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިފި

މިއަހަރުގެ ޖުމްލަ ބަޖެޓް 49.35 ބިލިއަން ރުފިޔާއަށް އަރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2023 | ބުދަ 10:56
ދައުލަތުގެ ބަޖެޓް 2023 ފޮތް

ދައުލަތުގެ ބަޖެޓް 2023 ފޮތް

ސަރުކާރުން މިއަހަރުގެ ބާކީ މިއޮތް ދުވަހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު މި ބަޖެޓް މަޖިލީހަށް ހުށަހެޅީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރު ތެރޭގައި ޚަރަދުވާނެ ކަމަށް ބެލެވޭތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މި ބަޖެޓާއެކު މިއަހަރުގެ ޖުމްލަ ބަޖެޓް 49.35 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

Advertisement - newsAdvertisement

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރަށް އިތުރަށް 6.509 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ބުނެފައިވާ ރިކަރަންޓް ޚަރަދަށް މިއަހަރު ހޭދަވާނީ 42.84 ބިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސުން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ބާކީ މިއޮތް ދުވަސްތަކަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 3.12 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.2 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް، ފާސްކޮށްފައިވާ ބަޖެޓުގައި ބުނެފައިވާއިރު، އިތުރަށް 3.338 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ.

ފިނޭންސުން ބުނެފައިވާގޮތުގައި ސަޕްލިމަންޓްރީ ބަޖެޓުގައި މައިގަނޑުގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ، ޕީއެސްއައިޕީއާއި އާސަންދަ އަދި ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ. އެގޮތުން، ސަބްސިޑީއަށް 1.85 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު އާސަންދައަށް 1.26 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.78 ބިލިއަން ރުފިޔާ އިތުރަށް ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެނޫން ޚަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާކަމަށެވެ. އެހެންވެ، އެކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންގް މިހާރު ދަށްވެފައި ވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު