Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކައިގެ އައު ވަޒީފާތައް

ފެނަކައިން 4000 އައު ވަޒީފާ އުފައްދާފައިވޭ، އެއީ ރަނގަޅު ކަމެއް: މެންބަރު ނިޔާޒު

18 އޮކްޓޯބަރު 2023 | ބުދަ 07:59

ފެނަކާއަށް އާމްދަނީ ލިބޭ އޮންނަނީ ދެގޮތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2023 | ބުދަ 07:59
ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވާހަަކަފުޅު ދައްކަވަނީ

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވާހަަކަފުޅު ދައްކަވަނީ

ފެނަކަ ކޯޕްރޭޝަނުން މިދިޔަ ދުވަސްތަކުގައި 4000 އައު ވަޒީފާ އުފައްދާފައިވާ ކަމަށާއި، އެއީ ރަނގަޅު ކަމެއް ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ނިޔާޒު ވިދާޅުވީ ފެނަކައިގެ މިމައްސަލައަކީ ބަލަންޖެހޭ އަދި ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން އެކަން ކުރުމަކީ ވެސް ބުއްދިވެރި ރަނގަޅު ގޮތެއް ކަމަށް މެމްބަރު ނިޔާޒު ވިދާޅުވިއެވެ.

ނަމަވެސް ފެނަކަ ކޯޕްރޭޝަން އުފައްދައިގެން ދައުލަތުން ކުރަން އުޅުނު ކަމަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް އެކި ސަރުކާރުތަކުން އެކި މޮޑެލްތައް ބޭނުންކުރާ ކަމަށެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި ކާމިޔާބު ކަމާއެކު ހިންގާފައިވާ މޮޑެލްއަކީ ސަރުކާރު ސަބްސިޑީ ދީގެން ކުންފުނިތައް ހިންގުމުގެ މޮޑެލް ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ.

ފެނަކާއަށް ލިބޭ އާމްދަނީއަށް އިޝާރާތް ކުރައްވައި މެންބަރު ނިޔާޒު ވިދާޅުވީ އަމްދަނީ ލިބޭނެ އޮންނާނީ ދެގޮތް ކަމަށެވެ. އެއީ ޚިދުމަތުން ބިލް ކުރުމުން ލިބޭ އާމްދަނީ އާއި ދައުލަތުގެ ސަބްސިޑީ ކަމަށެވެ. ބިލްތަކަށް ފައިސާ ދައްކަނީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުން ކަމަށާއި، އޭގެ ސަބަބުން ވެސް ފެނަކާއަށް ދަތިތައް ކުރިމަތިވާ ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިނިމަމްވޭޖާއެކު ވެސް ބޮޑު ތަފާތެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މިނިމަމްވޭޖްގެ ކުރިން ޕޭރޯލްއަށް ގާތްގަނޑަކަށް ހަރަދުވަނީ 35 މިލިއަން ރުފިޔާ ކަމަށާއި، މިނިމަމްވޭޖު ވުޖޫދުވިފަހުން ޕޭރޯލަށް ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ފެނައިން މައުލޫމާތު ދީފައިވާ ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ.

ގިނަ ވަޒީފާތައް އުފެދިފައިވާކަން ފާހަގަކުރައްވައި މެންބަރު ނިޔާޒު ވިދާޅުވީ 4000 އައު ވަޒީފާތައް އުފައްދާފައިވާ ކަމަށާއި، އެއީ ރަނގަޅު ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ވަޒީފާތައް އިތުރުވެފައިވާ ކަމަށާއި، އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރުކޮށްފައިވާ ކަމަށް މެންބަރު ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ފެނަކައިގެ ދަރަނީގެ މައްސަލަ ދިރާސާކުރަންޖެހޭ ކަމަށާއި، ފައިސާ ނުދީވާ ސަބަބުންތައް ހޯދަން ޖެހޭ ކަމަށެވެ. މިހާރު ސަރުކާރު ބަދަލުވެފައިވާ ކަމަށާއި، ސަރުކާރު ޒިންމާދާރުކުރުވަން ތިބި ފަރާތްތައް ތިބީ ސަރުކާރުގައިކަން މެންބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެބޭފުޅުންނަށް މިފަދަ މައްސަލަތައް ބެލޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް މިފަދަ މައްސަލަތައް ކުރިމަތިނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސައި، އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް