Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކައިގެ ރައުސުލްމާލް

ފެނަކައިގެ ދަރަންޏަކީ ހަމައެކަނި މިސަރުކާރުގެ އެކަނި ދަރަންޏެއް ނޫން، މިސަރުކާރުން ވަނީ ފެނަކައިގެ ރައުސުލްމާލު އިތުރުކޮށްފައި: މެންބަރު އަސްލަމް

18 އޮކްޓޯބަރު 2023 | ބުދަ 07:41

ދައުލަތުން އެއްވެސް ފައިސާއެއް އެއްވެެސް ފަރާތަކަށް ދޭންޖެހިފައިވާނަމަ އެފައިސާއެއް ވީހާ ވެސް އަވަހަށް ދައްކަންޖެހޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2023 | ބުދަ 07:41
ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް

ފެނަކަ ކޯޕްރޭޝަންގެ ދަރަންޏަކީ ހަމައެކަނި މިސަރުކާރުގެ ދަރަނި ނޫން ކަމަށާއި، މިސަރުކާރުން ދަރަންޏާ ނުބައްދަލަށް ފެނައިގެ ރައުސުލްމާލު އިތުރުކޮށްފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އަސްލަމް ވިދާޅުވީ ދައުލަތުން އެއްވެސް ފައިސާއެއް އެއްވެެސް ފަރާތަކަށް ދޭންޖެހިފައިވާނަމަ އެފައިސާއެއް ވީހާ ވެސް އަވަހަށް ދައްކަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

Advertisement - newsAdvertisement

ފެނަކައިގެ އޮޑިޓް ރިޕޯޓަކަށް އިޝާރާތް ކުރައްވައި މެންބަރު އަސްލަމް ވިދާޅުވީ އޮޑިޓަރ ޖެނަރަލް އޮފީހުން 2019 ވަނަ އަހަރު ފެނަކައިގެ އޮޑިޓެއް ހަދާ، އާއްމުކޮށްފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމުނުއިރު ވެސް ފެނަކައިގެ ދަރަނި ވަރަށް ބޮޑުވެފައިވާކަން މެންބަރު އަސްލަމް ފާހަގަކުރެއްވިއެވެ.

ފެނަކައަށް އެތެރެކުރި އެސެޓަށް އިޝާރާތް ކުރައްވައި މެންބަރު އަސްލަމް ވިދާޅުވީ އެދަރަންޏާ ނުބައްދަލަށް ފެނަކައިގެ ރައުސުލްމާލު އިތުރުކޮށްފައިވާ ކަމަށާއި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން 17000 ކިލޯމީޓަރުގެ ކޭބަލް ރާއްޖޭގެ އެކި ރަށްރަށުގައި ބިމުގެ އަޑީގައި އަޅާފައިވާ ކަމަށާއި، ސަތޭކަ އެތައްރަށެއްގައި ފެނަކައިގެ ނެޓްވޯޓު ކޭބަލް ގާއިމްކޮށްދީފައިވާ ކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ. މެންބަރު އަސްލަމް ވިދާޅުވީ 313 ޖަނަރޭޓަރު ސެޓް ބަހައްޓައި 150 މެގަވޯޓަށްވުރެ އިތުރަށް ކަރަންޓު އުފެދޭ މިންވަރަށް ފެނަކައިން ފުޅާކޮށްފައިވާ ކަމަށެވެ. އަދި 77 ރަށެއްގައި އައު އިންޖީނުގެ އަޅައި، އަދި 20 ރަށެއްގައި މިހާރު ވެސް މަސައްކަތް ކުރިއަށްދާކަން މެންބަރު އަސްލަމް ފާހަގަކުރެއްވިއެވެ.

ފެނަކައިގެ ދިފާއުގައި މެންބަރު އަސްލަމް ވާހަކަދައްކަވާފައިވާއިރު، އެމްޑީޕީގެ އިތުރު މަޖިލިސް މެންބަރުން ވެސް ވަނީ ފެނަކައިގެ މަސައްކަތްތަކަށް ތައުރީފު ކުރައްވައި ވާހަކަދައްކަވާފައެވެ. ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތަކެއް ފެނަކައިން ދެމުންގެންދާ ކަމަށާއި، ރައްޔިތުންގެ މަސްލަހަތު އިސްކުރާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް