Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރުސީއެމްގެ ބަޔާން

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

އަންހެނުންނާ ގުޅުންހުރި ގިނަ މައްސަލަ ހުށަހެޅޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 10:15
އެޗްއާރުސީއެމް އިން ކ. ހުރާގެ އަންހެނުންނަށް ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން

އެޗްއާރުސީއެމް އިން ކ. ހުރާގެ އަންހެނުންނަށް ބޭއްވި ވޯކްޝޮޕެއްގެ ތެރެއިން

އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އިނާޔަތް ނުލިބޭތީ އެކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންހެނުންގެ ހައްގުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާ އާއި، އެކަނިވެރި މައިންނަށް ލިބެން ޖެހޭ އިނާޔަތް ނުލިބުމުގެ މައްސަލަތައް ނިމިގެންދިޔަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެއްވެސް ތަފާސް ހިސާބެއް ހިމަނާފައިނުވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އާއިލާ ބިނާ ކުރުމުގައި ހުރަސް އަޅާ މައްސަލަތައް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

ގެވެށި އަނިޔާގެ ޝިކާރައަށް ވެގެން ގެނެވޭ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާނޫނު ނަގަހައްޓާ ފަރާތްތަކާއި، ޖުޑިޝަރީ އާއި، ޞިއްޙީ ޚިދުމަތްތައް ދޭ ފަރާތްތައް އަދި އިޖުތިމާޢީ ރައްކާތެރިކަން ފޯކޮށްދޭ ފަރާތްތައް އަހުލުވެރިވެފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ގޮތް ނިންމާ ފަންތިތަކުގައި އަންހެނުން ހިމެނޭ ނިސްބަތް މަދުވުމާއި، އަންހެނުންނާ މެދު ކުރާ އެންމެހާ ނޭދެވޭ ތަފާތުތައް ނައްތާލުމާބެހޭ މުޢާހަދާގެ ކޮމިޓީއަށް އެޗްއާރުސީއެމުން 2015 ވަނަ އަހަރު ހުށަހެޅި ރިޕޯޓްގެ ވާހަކަ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގައި އެޗްއާރުސީއެމް އިން ގޮވާލާފައިވަނީ އަންހެނުންގެ ބައިވެރިވުން ބަސްކިޔޭ ފެންވަރުގައި އިތުރުކޮށް، އަންހެނުންނަށް ވެސް ފުރުސަތު ދެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށެވެ.

އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލާ، އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކޮށް، އަންހެނުންނަށް ކުރާ އަނިޔާތައް ރިޕޯޓުކޮށް، އެފަރާތްތަކަށް ރައްކާތެރިކަންދީ، ސިއްހީ އަދި ނަފުސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ގާއިމުކޮށްފައިވާ ނިޒާމުތައް ހަރުދަނާކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2017

މަސްވެރިންގެ ޝަކުވާތައް އަހާނެ މީހަކު ފިޝަރީޒް މިނިސްޓްރީގައެއް ނެތް: ޑރ. އިބްރާހިމްދީދީ

20 ޑިސެމްބަރު 2017
މަސްވެރިންގެ ޝަކުވާތައް އަހާނެ މީހަކު ފިޝަރީޒް މިނިސްޓްރީގައެއް ނެތް: ޑރ. އިބްރާހިމްދީދީ
12 އޯގަސްޓު 2017

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ އިމްތިޔާޒާއި އިނާޔަތްތައް ކަނޑާލައިފި

12 އޯގަސްޓު 2017
ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ އިމްތިޔާޒާއި އިނާޔަތްތައް ކަނޑާލައިފި
01 އޯގަސްޓު 2017

އިމްރާނަށް މިހާރު އިނާޔަތްތައް ލިބޭނެ، އަދިވެސް އޮންނެވީ އާދައިގެ ގޮޅިއެއްގައި: ކަރެކްޝަން

01 އޯގަސްޓު 2017
އިމްރާނަށް މިހާރު އިނާޔަތްތައް ލިބޭނެ، އަދިވެސް އޮންނެވީ އާދައިގެ ގޮޅިއެއްގައި: ކަރެކްޝަން
21 މެއި 2017

ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި

21 މެއި 2017
ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް އިލްތިމާސްކޮށްފި
13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު