Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ކޮންޓޭ

ކޮންޓޭ އަށް ވެސް ސައުދީގެ ހުށަހެޅުމެއް ލިބުނު

ނަޕޯލީ އަދި ރޯމާގައި މަސައްކަތް ކުރަން އޭނާ ޝައުޤުވެރިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޮކްޓޯބަރު 2023 | އަންގާރަ 07:01
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

އިޓަލީގެ ތަޖުރިބާކާރު ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް، ސައުދީ ޕްރޯ ލީގުގެ ކުލަބެއްގެ ހުށަހެޅުން ލިބުނު ކަމަށް އޭނާ ބުނެފި އެވެ.

ކޮންޓޭ އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ކޯޗުކަމުގަ މަގާމުގަ އެވެ. ނަމަވެސް އެ ކުލަބުގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވި ފަހުން، ކޮންޓޭ ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. ކޮންޓޭ ބުނީ، އެ މުއްދަތުގައި ސައުދީން އޭނާ އަށް ވެސް ބޮޑު ހުށަހެޅުމެއް ލިބުނު ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމީ ވަރަށް ފުންކޮށް ވިސްނުމަށްފަހު ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ އޭނާގެ މުސްތަޤުބަލު އަދިވެސް ޔޫރަޕާ ގުޅިފައި އޮންނަ ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް ކޮންޓޭ ބުންޏެވެ.

މީގެ އިތުރުން ކޮންޓޭ ބުނީ އެންމެ ތިން އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލެވުމަކީ އޭނާ ހިތާމަ ކުރާނެ ކަމެއް ކަމަށެވެ. ކޮންޓޭ ބުނި ގޮތުގައި ރޯމާ ނުވަތަ ނަޕޯލީގައި ކޮންމެ ވެސް ދުވަހަކުން ތަޖުރިބާއެއް ކުރަން އޭނާ ބޭނުންވެ އެވެ. އެހެން ނަމަވެސް ކުލަބަކާ ގުޅެން އޭނާ ބޭނުންވަނީ ކުރިއަށްދާ ސީޒަން ނިމުމުން ކަމަށް ވެސް ކޮންޓޭ ބުންޏެވެ. ޔުވެންޓަސްގެ ކޯޗުކަމާ ކޮންޓޭ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބު ދޫކޮށް 2014 ވަނަ އަހަރު އޭނާ ބަދަލުވީ އިޓަލީ ޤައުމީ ޓީމުގެ ކޯޗުކަމަށެވެ.

ދާދި ފަހުން ކޮންޓޭ ބުނީ އަލުން އެނބުރި ކޯޗިންގެ މަސައްކަތަށް އަންނަ އައުން ވަރުގަދަވާނެ ކަމަށެވެ. ކޮންޓޭ ބުނީ އޭނާ އެނބުރި ކޯޗިންގެ މަސައްކަތަށް އަންނައިރު އެހެން އެންމެންނަށް ވެސް ވަރަށް އުނދަގޫވާނެ ކަމަށެވެ. ޚާއްސަކޮށް އޭނާ އަންނަނީ ކޮންމެފަދަ "ހަނގުރާމައެއް" ކުރަންވެސް ތައްޔާރުވެގެން ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭން ބޭނުންވީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށެވެ. އެއީ އަމިއްލަ ނިންމުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ވިޔަސް، ކޮންމެވެސް އެއް ދުވަހަކުން ޓީމަކާ ހަވާލުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ކޮންޓޭ ބުނިގޮތުގައި އޭނާ ހަވާލުވާން ބޭނުންވަނީ ދާދި ފަހުން މޮޅުވި ޓީމަކާ އެވެ.

ސިއެނާގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި 2005 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކޮންޓޭ ވަނީ ގިނަ ޓީމުތަކަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި ޔުވެންޓަސް، ޗެލްސީ، އިންޓަ މިލާން އަދި ޓޮޓެންހަމް ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށް ވެސް އިރުޝާދު ދީފައެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު