Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން

ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން، ރިޝްވަތުހިފުމާއި ކޮރަޕްޝަންގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފި

16 އޮކްޓޯބަރު 2023 | ހޯމަ 14:09

2019އިން ފެށިގެން އެ ބޭންކުގެ ޗެއާމަންކަން ކުރެއްވި ލިއު ވަނީ، މާރޗް މަހު މަގާމުން އިސްތިއުފާދެއްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 16 އޮކްޓޯބަރު 2023 | ހޯމަ 14:09
ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން، ލިއު ލިއޭންގ

ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން، ލިއު ލިއޭންގ

ޗައިނާގެ ދައުލަތުގެ ބޭންކު، ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން، ލިއު ލިއޭންގ، ރިޝްވަތު ހިފުމާއި، އުސޫލާ ޚިލާފަށް ލޯން ދޫކޮށްފައިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. 2019އިން 2023ގެ މާރޗް މަހާ ހަމައަށް އެ ބޭންކުގެ ޗެއާމަންކަން ކުރެއްވި ލިއު ވަނީ މާރޗް މަހު މަގާމުން އިސްތިއުފާދެއްވާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލޭނެކަން އިއުލާންކޮށްފައެވެ.

އުމުރުފުޅުން 62 އަހަރުގެ ލިއު ލިއޭންގއަކީ ޗައިނާގެ 60 ޓްރިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެކްޓަރުން ކޮރަޕްޝަން ފިލުވާލުމަށް ރައީސް ޝީ ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ހައްޔަރުކުރެވުނު އެންމެ ސީނިއަރ ބޭންކަރެވެ.

ޗައިނާގެ ފައިނޭންޝަލް އިންޑަސްޓްރީން ކޮރަޕްޝަން ފިލުވާލުމަށް ޝީ ޖިންޕިންގ ފައްޓަވާފައިވާ މަސައްކަތްޕުޅު ބާރަށް ކުރިޔަށް ދާކަމަށް މިހަރުގެ އެޕްރިލް މަހުވެސް އޮފިޝަލުން ބުނެފައި ވެއެވެ. މިގޮތުން ދައުލަތަށް ނިސްބަތްވާ އެތައް ބޭންކުތަކެއްގެ އެގްޒެކެޓިވް ފެންވަރުގެ އެތައް ބަޔަކު މިހާރުވެސް ވަނީ ޖޫރިމަނާކުރެވި އަދި ޖަލަށް ލެވިފައެވެ. ނުވަތަ އެމީހުންނާބެހޭ ތަހުގީގުތައް ދަނީ ކުރިއަށެވެ. ހަމަ މި މަސައްކަތުގެ ދަށުން، ޗައިނާ ލައިފް އިންޝުއަރެންސްގެ ކުރީގެ ޗެއާމަން ވެސް ވަނީ ރިޝްވަތު ހިފުމުގެ ކުށުގައި، ކަފާލާތުވެސް ނުބެހެއްޓޭގޮތަށް އުމުރު ދުވަހަށް ޖަލަށްލާފައެވެ.

ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން ލިއު ލިއޭންގ ހައްޔަރުކުރުމުގެ ހަފުތާއެއް ކުރިން އޭނާ ވަނީ ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީންވެސް ވަކިކޮށްފައެވެ. މާލީ ކަންކަން ރެގިއުލޭޓްކުރާ އިދާރާއިން ބުނެފައިވާގޮތުގައި، ގަވާއިދާ ޚިލާފަށް އޭނާ ކުރައްވާފައިވާ ކަންކަމުގެ ސަބަބުން މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތި ކުރުވާފައެވެ. މިގޮތުން ޣައިރު ގާނޫނީ ބޮޑެތި ލޯނުތައް ދިނުމާއި، މަނާކުރެވިފައިވާ ޕަބްލިކޭޝަންތައް ގައުމަށް އެތެރެކުރުމުގެ ހުއްދަ ދިނުމާއި، އަދި ރިޝްވަތު ހިފުމާއި، ރިސޯޓްދަތުރުތަކާއި ޕްރައިވެޓް ކްލަބްތަކަށް ދެވޭ ދައުވަތުތައް ގަބޫލުކުރެއްވުން ފަދަ ކަންކަން އޭނާ ވަނީ ކުރައްވާފައެވެ.  

ލިއުއަކީ ޗައިނާގެ ބޭންކިންގ އަދި ފައިނޭންޝަލް ސެކްޓަރު މގައި އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން ޗައިނާ ސެންޓްރަލް ބޭންކުގެ އިތުރުން އެކްސްޕޯޓް އިމްޕޯޓް ދާއިރާގައިވެސް އިސް ދައުރެއް އަދާކުރައްވާފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް