Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅިވަރުގެ އާމްދަނީ

އާމްދަނީގެ ގޮތުން މެސީ އަށް ވުރެ ކުރީގައި ރޮނާލްޑޯ

16 އޮކްޓޯބަރު 2023 | ހޯމަ 09:33

ރޮނާލްޑޯ އަށް 260 މިލިއަން ޑޮލަރު ލިބޭ އިރު، މެސީ އަށް ލިބެނީ 135 މިލިއަން ޑޮލަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 16 އޮކްޓޯބަރު 2023 | ހޯމަ 09:33
ރޮނާލްޑޯ (ވ) އާއި މެސީ

ރޮނާލްޑޯ (ވ) އާއި މެސީ

ދުނިޔޭގެ އެންމެ ގިނަ އާމްދަނީ ލިބޭ ފުޓްބޯޅަ ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމުގައި ފޯބްސްއިން ބުނެފި އެވެ.

އިނާމުގެ ގޮތުގައި ލިބޭ ފައިސާ އާއި މުސާރަ އާއި ބޯނަސްގެ ގޮތުގައި މިދިޔަ 12 މަސްދުވަހު ލިބުނު އާމްދަނީ އަށް ބަލާއިރު ރޮނާލްޑޯ އަށް ވަނީ 260 މިލިއަން ޑޮލަރު ލިބިފަ އެވެ. ސައޫދީ އަރަބިއްޔާގެ ޕްރޯ ލީގުގައި ކުޅެމުން އަންނަ ފޯވަޑް ލިސްޓުގެ އެއްވަނާގައިވާއިރު ފޯބްސްއިން ބުނީ ސައޫދީ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ކުރިއަށްވުރެ ބޮޑަށް ލިސްޓުގައި ޑޮމިނޭޓްކުރަމުންދާ ކަމަށެވެ.

މި ލިސްޓުގެ ދެ ވަނައިގައިވަނީ ރޮނާލްޑޯއާ އެންމެ ވާދަވެރި ލަޔޮނަލް މެސީ އެވެ. އޭނާ އަށް ފާއިތުވެދިޔަ އަހަރު ލިބިފައިވަނީ 135 މިލިއަން ޑޮލަރެވެ. މެސީ އަކީ އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމަށް އަށްފަހު އެމެރިކާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މުއްސަދި ކުޅުންތެރިންގެ ލިސްޓުން ޖާގަ ލިބުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.

1. ކްރިސްޓިއާނޯ ރޮނާލްޑޯ: 260 މިލިއަން ޑޮލަރު

2. ލަޔޮނަލް މެސީ: 135 މިލިއަން ޑޮލަރު

3. ނޭމާ: 112 މިލިއަން ޑޮލަރު

4. ކީލިއަން އެމްބާޕޭ 110 މިލިއަން ޑޮލަރު

5. ކަރީމް ބެންޒެމާ: 106 މިލިއަން ޑޮލަރު

6. އާލިން ހާލަންޑް: 58 މިލިއަން ޑޮލަރު

7. މުހައްމަދު ސަލާހް: 53 މިލިއަން ޑޮލަރު

8. ސާދިއޯ މާނޭ: 52 މިލިއަން ޑޮލަރު

9. ކެވިން ޑެބްރޫނޭ: 39 މިލިއަން ޑޮލަރު

10. ހެރީކޭން: 36 މިލިއަން ޑޮލަރު

11. ރޮބަޓް ލެވޮންޑޯސްކީ: 34 މިލިއަން ޑޮލަރު

ލިސްޓުގެ ތިންވަނައިގައި ވަނީ ސައޫދީ ލީގުގައި ކުޅެމުންދާ ބްރެޒިލްގެ ނޭމާ އެވެ. އޭނާ އަށް 112 މިލިއަން ޑޮލަރު ލިބެ އެވެ. ހަތަރު ވަނައިގައިވަނީ ފްރާންސާއި ޕީއެސްޖީގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އަށް 110 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބެ އެވެ. ފަސް ވަނައިގައި ވަނީ ސައޫދީ ލީގުގައި ކުޅޭ ފްރާންސާއި ރެއާލް މެޑްރިޑުގެ ކުރީގެ ފޯވަޑް ކަރީމް ބެންޒެމާ އެވެ. އޭނާ އަށް 106 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ހަވަނައިގައިވަނީ އިނގިރޭސި ލީގުގެ އެންމެ ބޮޑު މުސާރަވެރިޔާ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑެވެ. އޭނާ އަށް 58 މިލިއަން ޑޮލަރު ލިބޭއިރު ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލިބެނީ 53 މިލިއަން ޑޮލަރު އަދި ސައޫދީ ލީގުގައި ކުޅޭ ސާދިއޯ މާނޭ އަށް 52 މިލިއަން ޑޮލަރު ލިބެ އެވެ. ނުވަވަނައިގައި ވަނީ މެންޗެސްޓާ ސިޓީގެ ކެވިން ޑެބްރޫނޭ އެވެ. އޭނާ އަށް 39 މިލިއަން ޑޮލަރު ލިބޭއިރު އިނގިރޭސި ކެޕްޓަން، ބަޔާން މިއުނިކްގެ ހެރީކޭން އަށް 36 މިލިއަން ޑޮލަރު އަދި ބާސެލޯނާ އަށް ކުޅޭ ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީ އަށް 34 މިލިއަން ޑޮލަރު ލިބެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2017

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017
ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
01 އޮކްޓޯބަރު 2017

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
22 އޯގަސްޓު 2017

މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް

22 އޯގަސްޓު 2017
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް