Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް އަތޮޅުތެރޭގެ ބަހުގެ ޚިދުމަތް

އާރްޓީއެލް އަތޮޅުތެރޭގެ އާއްމު ބަހުގެ ޚިދުމަތަށް ވެސް ކާޑުން ފައިސާ ދެއްކޭނެ

16 އޮކްޓޯބަރު 2023 | ހޯމަ 08:02

އާއްމު ބަހުގެ ޚިދުމަތުގައި "ފިކްސްޑް ފެއަރ" ރޫޓާއި "ޑިސްޓެންސް ފެއަރ" ރޫޓު ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޮކްޓޯބަރު 2023 | ހޯމަ 08:02
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އައު ޚިދުމަތް ތައާރަފުކޮށްދެއްވަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އައު ޚިދުމަތް ތައާރަފުކޮށްދެއްވަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަތޮޅުތެރޭގެ އާއްމު ބަހުގެ ޚިދުމަތުގައި ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ އައްޑޫ ސިޓީ، ފުވަށްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ.ދިއްދ،ޫ ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ/ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ޚިދުމަތަށް މާސްޓަރކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭން އިންތިޒާމް ހޯމަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތްދޭ ހުރިހާ ރަށަކުން މިލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ ކަމަށާއި، މިއީ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމްޓީސީސީން ބުނީ ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑެއްކަމުގައި ވީނަމަވެސް އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީ.އެމް.ވީ ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރްޓީއެލް އަތޮޅުތެރޭގެ އާއްމު ބަހުގެ ޚިދުމަތުގެ ޓިކެޓް ގަނެވޭނެ ކަމަށެވެ. އާރްޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ އާއްމު ބަހުގެ ޚިދުމަތުގައި "ފިކްސްޑް ފެއަރ" ރޫޓާއި "ޑިސްޓެންސް ފެއަރ" ރޫޓު ހިމެނެއެވެ.

އެގޮތުން "ފިކްސްޑް ފެއަރ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެކެވެ. އެހެންކަމުން މި ރޫޓުން ދަތުރު ކުރާއިރު، ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރަންޖެހޭނީ ބަހަށް އަރާއިރު އެކަންޏެވެ. ނަމަވެސް "ޑިސްޓެންސް ފެއަރ" ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށެވެ. މި ރޫޓުގައި ދަތުރުކުރާ ކަސްޓަމަރުން ބަހަށް އަރާއިރު "ޓެޕް އިން" ކުރާ ފަދައިން ބަހުން ފައިބާއިރު "ޓެޕް އައުޓްވެސް" ކުރަންޖެހޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެމްޓީސީސީން ބުނީ "ޑިސްޓެންސް ފެއަރ" ރޫޓެއްގައި ދަތުރު ކުރާއިރު، "ޓެޕް އައުޓް" ކުރަން ހަނދު ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެ އެވެ.

މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ހިލޭ ލިބޭނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ)އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުނ،ް ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އާރްޓީއެލް އަތޮޅުތެރޭގެ އާއްމު ބަހުގެ ޚިދުމަތުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލަވާލެވެން ހުންނާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 މާރިޗު 2017

ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

24 މާރިޗު 2017
ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް