Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލަ

ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލަ: އިދާރީ ސަބަބަކާހެދި ދިމާވި މައްސަލައަކާ ގުޅިގެން އަލުން ހެކިން ހުށަހަޅަން ފުރުސަތު ދީފި

ހަސަން އަލީގެ ހެކިބަސް ނަގައިދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2023 | ހޯމަ 11:00
ޕޮލިސް ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ، ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

ޕޮލިސް ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ، ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

ލ. ގަން، ތުނޑީ ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލާގައި، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައިވާ މޫސާ އިނާސްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ދިފާއީ ހެކިން، އިދާރީ އޮޅުމަކުން ހެކިވެރިންގެ މައުލޫމާތު ނުދެވުމުން، އަލުން ތަފްސީލާއެކު ހެކި ހުށަހަޅައި، ސަބަބު ބަޔާންކޮށް ހުށަހެޅުމަށް ދިފާއަށް ފުރުސަތު ދީފިއެވެ.

ދިފާއުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން 4 ހެކިވެރިންގެ މައުލޫމާތު، އިދާރީގޮތުން ދިމާވި މައްސަލައަކާއި ގުޅިގެން ދައުލަތަށް ލިބިފައި ނުވާތީ، އެ ހެކިވެރިންގެ ހެކިބަސް ނެގުމާ ގުޅޭގޮތުން ގޮތެއް ނިންމާފައި ވެއެވެ.

Advertisement - newsAdvertisement

އެގޮތުން ދިފާއީ ވަކީލު ޝަޒީން ވިދާޅުވީ، މައުޟޫގައި ނިންމާފައިވާ ކަންތައްތަކަށް ބަލާއިރު، ދައުވާ އެލަބައި ޑިފެންސް އެގޮތުގެ މައްޗަށް ބަލާއިރުގައި ހުށަހެޅޭ ހެކިންގެ ނަންތަކަށް ބަލާއިރު، ބަލައި ނުގަނެވޭނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލާގައި ހެކި ހުށަހަޅާފައިވާ ފޯމަށް ބަލާއިރު މައިގަނޑު ދެ ކަންތަކުގެ ދެ ދިފާއެއް ހުށަހަޅާފައި ވާކަމަށެވެ. އެގޮތުން ކުށުގެ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ހުށަހަޅަން ހެކިންގެ ނަން ހުށަހަޅާފައި ވާނެކަމަށެވެ. ނަމަވެސް އެ ނަން ބަލައި ނުގަންނަން ފަނޑިޔާރު ނިންމާފައި ވާކަމަށާއި، އެންމެ މުހިންމު ދިފާއުކަމުގައިވާ، ޓެރަރިޒަމްގެ ކުށުގެ އަމަލު ހިންގާފައި ނުވާކަން ސާބިތުކޮށްދިނުމަށް ދިފާއު ހުށަހަޅާފައި ވާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ހެތްކެއްގެ ގޮތުގައި ހުށަހަޅާ ހަސަން އަލީ / ލ. މާވަށް، ބަލައިގަނެވޭނެކަމަށް ދިފާއަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންކަމުން ހަސަން އަލީގެ ހެކިބަސް ނަގައިދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގެންނެވިއެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓަރ ފާތިމަތު ނަބާހާ ވަނީ، ހެކި ލިސްޓުގައި ހިމެނޭ ތިން ހެކިންގެ ތެރެއިން ހަސަން އަލީ ފިޔަވައި ދެންތިބި ހެކިންގެ ހެކިބަސް ނުނަގަން ދިފާއުން އެދިފައިވާތީ، ހަސަން އަލީއާ ގުޅޭގޮތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ހަސަން އަލީ ހުށަހެޅި ސަބަބަކަށް ދިފާއުން ބަޔާންކުރާ ސަބަބަށް ބަލާއިރު، ދައުވާގެ ސީޣާގައި ބަޔާންކުރާ އަމަލެއް ދައުވާކުރާ ފަރާތް ކޮށްފައި ނުވާކަން ސާބިތުކުރުމަށް ކަމަށް ބުނެފައި ވީނަމަވެސް، އެކަން ކޮށްފައިނުވާކަން ސާބިތުކުރަން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ ލ. މާވަށުގައި ދައުވާ ލިބޭ ފަރާތް އުޅުނުކަމަށް ދެއްކުމަށް ހެކިވެރިޔާ ހުށަހަޅަން އުޅޭކަމަށް ދޭހަވާ ކަމަށެވެ.

އެހެންކަމުން، ޖުމްލަގޮތެއްގައި އެ ހެކިވެރިޔާގެ ހުށަހެޅި ސަބަބުތައް ބިނާވަނީ އެލިބައި ޑިފެންސެއްގެ މައްޗަށް ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މީހަކު ކުށެއް ކުރާކަން، ކޮށްފިކަން، ނުވަތަ ނުކުރާކަން ސާބިތުކުރުމަކީ ޝަރީއަތަށް ކުރެވޭނެކަމެއް ކަމަށެވެ. އަދި ހެކިވެރިއަކަށް މީހަކު ދައްކާ ހާލަތެއްގައި، އެ ކުށެއް ކުރި މީހާ އެކަން ނުކުރާކަން ބުނެދެވޭނެކަމަށް ނުވަތަ ނުކުރާކަން ސާބިތުކޮށްދެވޭނެކަމަށް ދައުލަތުން ނުދެކޭ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ދައުލަތުން އެދެނީ މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ހަސަން އަލީއަކީވެސް އެލިބައި ޑިފެންސެއް ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެތްކެއްކަމަށްވާތީ، މީގެ ކުރިންވެސް މި މައްސަލާގައި ހުށަހަޅާފައިވާ ހެތްކެއް ކަމަށްވާ އާދަމް ހަލީމް ބަލައިނުގަންނަން ޝަރީއަތުން ނިންމާފައިވާ ސަބަބަށްޓަކައި، ހަސަން އަލީވެސް ބަލައިނުގަތުމަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދިފާއުން ވިދާޅުވީ، ދައުލަތުން ގުޅުވާލަނީ އެލިބައިއާ ނަމަވެސް، ދައުވާގައި ބުނާ ކުށުގެ އަމަލު ހިންގި ގޮތް، އެއީ އެތަނުގައި މާއްދީގޮތުން ހުރެގެންކަން ނުވަތަ ނޫންކަން، އަދި ބައިވެރިވުން އޮތްކަން ނުވަތަ ނޫންކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި ކުށުގެ އަމަލު ހިނގިތަނުގައި ހުރެގެން ބަޔަކު ކުރި އަމަލެއްކަން ފެންނަން ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެހެންކަމުގައި ވާނަމަ ހަސަން އަލީ ހުށަހަޅައިގެން ސާބިތުކޮށްދޭން ބޭނުންވަނީ ކުށުގެ އަމަލެއް ހިންގާފައި ނުވާ ގޮތް ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި އެކަން ސާބިތުކުރެވޭނީ ހެކިވެރިޔާ ހާޒިރުވެގެން ކަމަށާއި، އެއީ މުހިންމު ހެތްކެއް ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފަނޑިޔާރު ވިދާޅުވީ، ޝަރީއަތުގެ ކަންބޮޑުވުމަކީ، ހެކި ހުށަހެޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް ނުވަތަ ދައުލަތުން ހެކި ހުށަހަޅައިގެން ވަކި ކަމަކަށް ނުވާގޮތަށް ނުވަތަ ސީދާ ސަބަބު ނޭނގޭގޮތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ޝަރީއަތުން ނުދެއްވާނެ ކަމަށެވެ. ބައެއް މައްސަލަތަކުގައި ހެކި ހުށަހަޅާއިރު، ދައުވާ ރައްދުވާ ފަރާތްތަކުން އަޚުލާގު ސާބިތުކުރުމަށް ހެކި ހުށަހަޅާކަމަށެވެ. އެއީ ކޮން އަޚުލާގެއް ކަމެއް ނޭނގޭނަމަ ޝަރީއަތުން ހެކީގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށާއި، ހަސަން އަލީގެ އޮތީ ދައުވާގެ ސީޣާގައި ބަޔާންކުރާ ކުށުގެ އަމަލު، ދައުވާކޮށްފައިވާ ފަރާތް ކޮށްފައި ނުވާކަން ސާބިތުކުރުމަށް ކަމަށެވެ. އަދި ހެކި ހުށަހަޅާއިރު ހަސަން އަލީގެ ފަރާތުން ސާބިތުކޮށްދޭން އުޅެނީ ކޮންކަމަކާ ގުޅިގެންކަން ހަގީގަތުގައި ބަޔާންކުރަން ޖެހޭނެކަމަށެވެ.

މިކަމާގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ކުށުގެ އަމަލުގެގޮތުގައި، ލޯންޗު ރޯކޮށްލުމުގެ އަމަލު އެބައޮތްކަމަށާއި، ފަނޑިޔާރު ވިދާޅުވިގޮތަށް ހެކި ހުށަހަޅާނަމަ، ހުށަހަޅަން ވަރަށް ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި ފަނޑިޔާރު ވިދާޅުވިގޮތަށް އެކަން އޮތްނަމަ، ހެކި ބަލައި ނުގަނެވޭނެކަމަށާއި، އެހެންނަމަވެސް ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ ކުށުން އިޝާރާތްކުރަނީ ވަކި އަމަލަކަށްކަން ހެކިވެރިޔާ ބަލައިނުގަންނަން ނިންމަވަނީ ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ މޫސާ އިނާސް ބުނެފައިވަނީ، ހުށަހަޅާފައިވާއިރު 4 ހެކިން ހުށަހެޅިކަން ދައުލަތަށް ނޭނގުނު ނަމަވެސް ޝަރީއަތުން އެކަންކަން ބަލައިގެންފައި ވާކަމަށެވެ. އެހެންކަމުގައި ވާނަމަ ހެކި ބަލައިނުގަނެ ދޫކޮށްލުމުގެ ފުރުސަތު ޝަރީއަތަށް އޮތްކަމަށް ގަބޫލެއް ނުކުރާ ކަމަށާއި، އަލުން ހެކި ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، ދިފާއުން ހެކިވެރިޔާ ހުށަހަޅާފައިވާ ސަބަބު އަދި ހެކިވެރިޔާގެ ފަރާތުން ސާބިތުކޮށްދޭން ބޭނުންވަނީ ކޮން ކަމެއްކަން ސާފުނުވާކަމަށެވެ. އަދި އެ ސަބަބު ސާފުނުވާނަަމަ، އަދި އެފަރާތުން ސާބިތުކޮށްދޭން ބޭނުންވާ ކަންކަމަކީ ކޮބައިކަން ދައުލަތަށް ސާފުނުވާނަމަ ކްރޮސް އެގްޒިމިނޭޝަނަށް ތައްޔާރުކުރުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެކަމަށެވެ. ޖެެނެރަލްކޮށް ކުށުގެ އަމަލު ނުކުރާކަމަށް ނުވަތަ ކޮށްފައި ނުވާނެކަމަށް ލިޔުމުން، ހެކިވެރިޔާގެ ކިބައިން ސާބިތުކުރަން ބޭނުންވަނީ ކޮން ކަމެއްކަން ދައުލަތަށް ސާފުނުވާ ކަމަށެވެ.

މޫސާ އިނާސް ފާހަގަކުރި ކަންތަކާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ، މި މައްސަލާގައި ހެކި ލިސްޓަށް ދިމާވެފައިވާ ހާލަތަކީ، ހެކި ލިސްޓް ކޯޓަށް ހުށަހެޅުމުން، ޕްރިންޓްކޮށްފައި މައްސަލައިގެ ފައިލްގެ ތެރެއަށް ވަންނަ ކަމަށެވެ. އަދި ކޮމްޕިއުޓަރުން ބަލާ ފޯލްޑަރގައިވެސް އޭގެ ކޮޕީއެއް އިންނަ ކަމަށެވެ. އަދި ދޭތީގައިވެސް އިނީ އެންމެ ސަފްހާއެއް ކަމަށާއި، ޝަރީއަތުން ހީކުރީ އޭގައި އިނީ އެންމެ ސަފްހާއެއް ކަމަށާއި، ދިފާއުން އެކަން ފާހަގަކުރުމުން އެންޓްރީގެ ހާޑް ކޮޕީ ބެލިއިރު އެ އިނީ ފައިލްތެރެއަށް ނުލެވިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އިދާރީގޮތުން ދިމާވި ބޮޑު މައްސަލައެއް ކަމަށާއި، ނަމަވެސް މިހާރު ބަހުސްކުރެވެނީ ޝަރީއަތަށް އެކަން އެނގުމުން ހެކި ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ ނޫންކަމަށާއި، މި ހެކިތަކަކީ ރަނގަޅު އުސޫލަށް ގޮސް ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން ކަމަށް ވުމުން، އެ މަގުން ކުރިން ކުރަންޖެހުނު ކަންކަން މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ ހެކިން ހުށަހެޅި މަރުހަލާގައި އެކަން ދިފާއަށް ނޭނގުނީ ކީއްވެތޯވެސް ފަނޑިޔާރު ސުވާލުކުރެއްވިއެވެ.

ދައުލަތުގެ ފަރާތުން ވަނީ ހެކިވެރިޔާގެ ކިބައިން ސާފުކުރަން ބޭނުންވާ ކަންކަން ލިޔުމުން، ހެކި ނެގުމުގެ ކުރިން ހުށަހަޅައިދިނުމަށް އެދިފައެވެ. އަދި މިހާރު އޮތް ވަރަކުން ކްރޮސް އެގްޒެމެނޭޝަން ނުހެެދޭނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ފަނޑިޔާރު ވިދާޅުވީ މިފަދަ ހާލަތްތަކުގައި ޝަރީއަތުން އަމަލުކުރަނީ ސަބަބުތައް ތަފްސީލުކޮށްފައި ފޯމް ހުށަހެޅުމަށް ކަމަށެވެ. އެހެންކަމުން ސަބަބު ތަފްސީލުކޮށްފައި ފޯމް ހުށަހެޅިދާނެތޯ ފަނޑިޔާރު އެއްސެވުމުން ދިފާއީ ވަކީލު ވިދާޅުވީ، ރަށުން ބޭރުގައި ހުރުމުން ބުދަ ނުވަތަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދިނުމަށެވެ. ދައުލަތުން ވަނީ އެގޮތަށް އެއްބަސްވެފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑީގައި 12:00 ކުރިން ހުށަހެޅުމަށް ފަނޑިޔާރުވަނީ އަންގާފައެވެ.

އަދި މި މައްސަލާގައި ޝަރީއަތުގެ އިހުމާލަކުން އެއް އަޑުއެހުން ގެއްލިފައިވާތީ، އިތުރު އަޑުއެހުމެއް މި މަހުގެ ތެރޭގައި ކުރިއަށްގެންދާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު