Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް ޓްރެވެލް ޕްލެޓްފޯމް

ގްރޭޓަރ މާލޭގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ބަދަލުކޮށްފި

16 އޮކްޓޯބަރު 2023 | ހޯމަ 07:38

މި ޚިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަކަން ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޮކްޓޯބަރު 2023 | ހޯމަ 07:38
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގްރޭޓަރ މާލެ (ވިލިނގިލި، ހުޅުމާލެ، ތިލަފުށި، ގުޅީފަޅު) ގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ބަދަލުކޮށްފިއެވެ.

ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ގްރޭޓާރ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ޚިދުމަތް ތަރައްގީކޮށް ފަސިންޖަރުންނަށް ފަސޭހަ ކަމާއިއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން މާލެ-ވިލިމާލ،ެ މާލެ-ތިލަފުށ،ި މާލެ-ގުޅީފަޅު އަދި މާލެ-ހުޅުމާލެ ފެރީ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އާރްޓީއެލް ގްރޭޓަރ މާލެ ސަރަހައްދުގެ ފެރީ ޚިދުމަތަށް 3 ޒަރީއާއަކުން ފައިސާދެއްކޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަގައިގެންނާއި، ގްރޭޓަރ މާލޭ ފެރީ ޓަރމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔު.އާރް ޓިކެޓް ނަގައިގެންނާއި، ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީ.އެމް.ވީ ކާޑު (މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑު) ޓަރމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ކޮށްގެންނެވެ.

މި ޚިދުމަތާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގްރޭޓާރ މާލެގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ބަދަލުވެގެން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. މި ޚިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ކިޔުއާރް ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އާރްޓީއެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާޢިޢު ކުރެވިފައި ހުންނާނެ ކަމަށެވެ. އަދި އާރްޓީއެލްގެ ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެމްޓީސީސީން ބުނީ ކިޔުއާރް ޓިކެޓް ސްކޭން ކުރުމަށް ފެރީއަށް އެރުމަށްފަހު ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއާއި ދިމާކުރުމަށްފަހު ސްކޭން ކޮށްލަންޖެހޭނެ ކަމަށާއި، އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ގަންނައިރު، އެއްފަހަރާ 10 ޓިކެޓާ ހަމައަށް ގަނެވޭނެއެވެ. އަދި އެންމެ ދަތުރަކަށް ނަގާ ކިޔުއާރް ޓިކެޓް (ސިންގަލް ޖަރނީ) ބޭނުންކުރެވޭނީ 7 ދުވަހުގެ މުއްދަތަށެވެ. އަދި މަލްޓިޕަލް ޖަރނީ ޓިކެޓް (ވިލިމާލެ އަދި ތިލަފުއްޓަށް ޚާއްސަ) ގަންނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގެ ކިޔުއާރް ޓިކެޓް ބޭނުން ކުރެވޭނީ އެ ގަންނަ ރޫޓަށް އެކަނި ކަމަށެވެ. ޓިކެޓިންގެ ނިޒާމް ބަދަލުވީކަމުގައި ވީނަމަވެސް މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއ،ި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ހިލޭ ލިބޭނެ ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުން ސްޓޫޑެންޓް ކާޑު ދެއްކުމުން ވެސް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކޮށްގެން 30 ޑިސެމްބަރ 2023 ގެ ނިޔަލަށް ދަތުރުކުރެވޭނެއެވެ.

ނަމަވެސް ދަތުރު ކާޑު ޓޮޕްއަޕް ކުރުމުގެ ޚިދުމަތް 1 ޑިސެމްބަރ 2023 އިން ފެށިގެން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 31 ޑިސެމްބަރ 2023 ގެ ފަހުން ދަތުރު ކާޑުގައި ބާކީ ފައިސާ ހުރިނަމަ 31 ޖެނުއަރީ 2024 ގެ ކުރިން ރީފަންޑަށް އެދި ހުށަހެޅުމުން ރީފަންޑް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައި ހުރި ސީޒަން ޕާސްތައް މުއްދަތު ހަމަވާ ތާރީހާއި ހަމައަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި މުއްދަތު ހަމަވުން ސީޒަން ޕާސްތައް ދެން އިތުރަށް އައު ކޮށެއް ނުދެވޭނެ ކަމަށާއި، އާރްޓީއެލް ގްރޭޓަރ މާލޭ ސަރަހައްދުގެ ފެރީ ޚިދުމަތުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވެން ހުންނާނެއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި ފެށިގެން މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައ،ި ކަސްޓަމަރުންގެ ފަރާތުންނާއި ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުން ފާހަގަކޮށްފައިވެއެވެ. އަދި މަގުސަދަކީ އެކަށީގެންވާ އަގެއްގައި ފެންވަރު ރަނގަޅު އޯގާތެރި ޚިދުމަތެއް ދިނުމުގެ އިތުރުން އެންމެ ފަހުގެ އީޖާދީ ޓެކްނޮލަޖީގެ ޒަރީޔާއިން ވީހާވެސް ލުއިފަސޭހަ އޮމާން ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް