Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޑިއާ

ޔޫތު އޮލިމްޕިކް ގޭމްސް އަދި އޮލިމްޕިކްސް އިންޑިއާގައި ބާއްވަން ބޭނުން: ބޮޑުވަޒީރު މޯދީ

މޯދީ ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)ގެ ފުރިހަމަ އެއްބާރުލުން އެކަމުގައި އިންޑިއާ އަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2023 | އާދީއްތަ 06:15
އިންޑިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ ސެޝަންގެ ތެރެއިން

އިންޑިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ ސެޝަންގެ ތެރެއިން

ޔޫތު އޮލިމްޕިކް ގޭމްސް އަދި އޮލިމްޕިކްސް ބޭއްވުމުގެ ޝައުޤުވެރިކަން އަވައްޓެރި އިންޑިއާ އިން ފާޅުކޮށްފި އެވެ.

މިކަން އިއުލާން ކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)ގެ ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، 2029 ވަނަ އަހަރުގެ ޔޫތު އޮލިމްޕިކް ގޭމްސް އަދި 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް އެ ޤައުމުން ބޭނުންވާ ކަމަށެވެ. މޯދީ ވިދާޅުވީ އިންޑިއާގެ ފަސްގަނޑުގައި އޮލިމްޕިކްސް ބޭއްވުމަކީ އެ ޤައުމަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވާ މޯދީ ވިދާޅުވީ، 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްްވުމަށް އެ ޤައުމުން ކުރަމުން އަންނަ މަސައްކަތް އެއްވެސް ވަރަކަށް ހުއްޓާ ނުލައި، ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މޯދީ ވިދާޅުވީ، އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި، އެއްބާރުލުން ލިބިގެން ކަމަށެވެ. ކުޅިވަރުގައި އިންޑިއާ އިން ކުރިއަށް ދާން ބޭނުންވާ މިންވަރު، އެއްވެސް ބަޔަކަށް އޮޅިފައި ނޯންނާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ. އެހެންކަމުން 2036 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ކުރިން، 2029 ވަނަ އަހަރުގެ ޔޫތު އޮލިމްޕިކް ގޭމްސް ބާއްވަން ވެސް އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އިތުުރަށް މޯދީ ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)ގެ ފުރިހަމަ އެއްބާރުލުން އެކަމުގައި އިންޑިއާ އަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. މޯދީ ވިދާޅުވި ގޮތުގައި ކުޅިވަރަކީ ހަމައެކަނި މެޑަލް ހާސިލް ކުރެވޭ ކަމެއް ނޫން ކަމަށާއި، އެއީ މީހުންގެ ލޯބި ވެސް ލިބޭ ކަމެއް ކަމަށެވެ.

އިންޑިއާ އިން މިހާތަނަށް އޮލިޕިކްސް ގޭމްސް ބާއްވައިފައެއް ނުވެ އެވެ. އެ ޤައުމުން ވަނީ 2010 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބާއްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު