Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

މޯލްޓާ ބަލިކޮށް އިޓަލީން އުންމީދުގައި

މޮޅާއެކު އިޓަލީ ދެ ވަަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޮކްޓޯބަރު 2023 | އާދީއްތަ 05:20
މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިޓަލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި މޯލްޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ގްރޫޕްގެ ދެ ވަނައިގައި ހިފަހައްޓައިފި އެވެ.

ކޮލިފިކޭޝަންގައި އިޓަލީ ހިމެނިފައި އޮތީ ގްރޫޕް ސީގަ އެވެ. މޯލްޓާއާ ދެކޮޅަށް ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ފުރަތަމަ ހާފު ފަށައިގެން 23 ވަނަ މިނެޓުގައި އިޓަލީ އަށް ކުރި ހޯދައިދިނީ ޖިއާކޮމޯ ބޮންވެންޓުރާ އެވެ. އޭނާ އެ ލަނޑު ޖެހީ މޮއިސް ކީން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އިޓަލީގެ ދެ ވަނަ ލަނޑު ޑޮމެނިކޯ ބެރާޑީ ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ލަނޑު ޖެހުމަށް ބެރާޑީ އަށް ފުރުސަތު ތަނަވަަސްކޮށްދިނީ ނިކޮލާ ބަރެއްލާ އެވެ. ދެ ވަނަ ހާފުގައި އިޓަލީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ބެރާޑީ އެވެ. އެއީ 63 ވަނަ މިނެޓުގަ އެވެ. އިޓަލީގެ ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޖެހީ ޑޭވިޑް ފަރަޓެސީ އެވެ. އެ ލަނޑު އޭނާ ޖެހީ ޑެސްޓިނީ އުޑޮގީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ކުޅުންތެރިންނަކީ ވެސް ބަދަލު ކުޅުންތެރިންނެވެ.

މޮޅާއެކު އިޓަލީ ދެ ވަަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް އިންގްލެންޑާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ތިން ވަނައިގައި އޮތް ޔޫކްރެއިން އަށް ލިބެނީ 10 ޕޮއިންޓެވެ. މިއާއެކު މި ގްރޫޕްގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު