Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން-އިސްރާއީލް ހަނގުރާމަ

"ކޮބާ ޖިހާދުގެ ރޫޙުގަ ހިންގާ އޮޕަރޭޝަންތައް؟ ކޮބާ ދިފާޢަށް ތެދުވަން ބުނި މީހުން؟ ކަލޭމެންގެ ވަޤުތުވެސް އަދި ޖެހޭނެ..."

މިލިއަނަކަށް ވުރެ ގިނަ ޢާންމުން، ގެތަށް ދޫކޮށް ދިއުމަށް އިޒްރޭލުގެ ޚުދުމުޚުތާރު އަސްކަރިއްޔާއިން ދިނީ އެންމެ 24 ގަޑިއިރުގެ މުހުލަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2023 | އާދީއްތަ 05:31
މިލިއަނަކަށް ވުރެ ގިނަ ޢާންމުން، ގެތަށް ދޫކޮށް ދިއުމަށް އިޒްރޭލުގެ ޚުދުމުޚުތާރު އަސްކަރިއްޔާއިން ދިނީ އެންމެ 24 ގަޑިއިރުގެ މުހުލަތެއް

މިލިއަނަކަށް ވުރެ ގިނަ ޢާންމުން، ގެތަށް ދޫކޮށް ދިއުމަށް އިޒްރޭލުގެ ޚުދުމުޚުތާރު އަސްކަރިއްޔާއިން ދިނީ އެންމެ 24 ގަޑިއިރުގެ މުހުލަތެއް

ދުވަހަކީ އޮކްޓޯބަރު މަހުން 13 ވީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ މުސްލިމު އާބާދުތަކުގައި ޢާއިލާތައް އެއްތަންވެ، އުފާވެރި ވަޤުތުކޮޅެއް ހޭދަ ކޮށްލުމުގެ ހިތްގައިމު މަންޒަރު އެންމެ އާންމުކޮށް ފެނިގެންދާ އެއް ދުވަހެވެ. ނަމަވެސް ފަލަސްޠީނުގެ ބިންތައް އަޅުވެތިކޮށްގެން އުޅޭ ޔަހޫދީ އިޒްރޭލުގެ ޝިކާރައަކަށް ވެފައި ވާ ޣައްޒާގެ ރަށްވެހިންނަށް މިއީ ތަފާތު ހުކުރެކެވެ. ހިތްދަތި ދުވަހެކެވެ. ދުނިޔެއިން ޣައްޒާގެ ވަސްވެސް ފޮހުލުމަށް ވަޢުދުވެގެން އޮތް އިޒްރޭލުން ޣާއްޒާއަށް ޙަމަލާތައް ދެމުންދާތާ 7 ވަނައަށް ވީ ދުވަހެވެ. ޢާއިލާތަކުން ދިރިހުރި ބަޔަކު ވިއްޔާ އެއްތަން ވެފައި ވާތީ ފެނުނަސް، އެ އެއްވުމުގައި އުފަލެއް ނެތެވެ. އޮތީ ބިރުވެރި ކަމާއި ނަމާންކަމެވެ. ހިތްދަތި ކަމާއި ވޭނާއި ތަކުލީފެވެ.

ޣައްޒާގެ ރަށްވެހިން ފޮށިތަންމަތި ބަނދެގެން، އެބައެއްގެ ކާރަށް އެރުވުނުހައި ބަޔަކު އަރުވައިގެން އުފަން ގެދޮރު ދޫކޮށް ދާން އެ ފެށީ، ރަހުމެއް ނެތް އިޒްރޭލުގެ ޢަމުރަށެވެ. މިލިއަނަކަށް ވުރެ ގިނަ ޢާންމުން، ގެތަށް ދޫކޮށް ދިއުމަށް އިޒްރޭލުގެ ޚުދުމުޚުތާރު އަސްކަރިއްޔާއިން ދިނީ އެންމެ 24 ގަޑިއިރުގެ މުހުލަތެކެވެ. ޣައްޒާ މަތިން ދަތުރު ކުރަމުން ދިޔަ އިޒްރޭލުގެ އަސްކަރީ އުޅަނދުތަކުން އުކަމުން ދިޔަ ލުއި ފޮތްތަކުގައި އޮތީ، ވަޤުތުން ވަޤުތަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް ގޮވާލާ އިންޒާރުގެ މެސެޖެކެވެ. އޭރު، އެއްގަމު މަގުން ޣައްޒާއާ ދިމާއަށް، އިޒްރޭލު އަސްކަރިއްޔާގެ ޓޭންކަރުތައް އޮތީ މިޞްރާބު ޖަހާފައެވެ.

އޮކްޓޯބަރު 12 ވީ ބުރާސްފަތި ދުވަހު، އިޒްރޭލުގެ ބޮޑުވަޒީރު ޔޫއާފް ޖަލާންތު ވަނީ، ހަނގުރާމައިގެ ވަޤުތު ޖެހިއްޖެ ކަމުގެ އިންޒާރު ދީފައެވެ. އެހެން ވީ އިރު، މިދިޔަ ހަފުތާއެއްހާ ދުވަހު އެ ހިންގީ ކޮން ޖަރީމާއެއް ހެއްޔެވެ؟ ބައިނަލްއަޤުވާމީ ފެންވަރުގައި އިންސާނީ ޙައްޤުތަކޭ ގޮވައި އަޑު އުފުލާ، ވަކާލާތު ކުރަމުން ދިޔަ މީހުންގެ ލޯތަކަށް އެ މަންޒަރުތައް ހަމަ ނުފެންނަނީ ބާއެވެ؟ ޣައްޒާގެ ފަސްގަނޑުން އިވެމުން ދާ ރުއިމާއި ގިސްލުމުގެ އަޑުތައް، އެ ކަންފަތްތަކަށް ނުއިވެނީ ހެއްޔެވެ؟ ނޫނީ، މިނިވަންކަމަށް ދަޢުވާ ކުރި ނަމަވެސް، ވަކި ބައެއްގެ ކަސްތޮޅުގައި ބަނދެވި، ހިމޭނުން އިންނަން މަޖުބޫރެއް އޮތީ ތާއެވެ.

ހުސްވި ހަފުތާ ބަންދުގައި ހަމާސްއިން އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ޣައްޒާއާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ ޢިއުލާންކޮށް، އޮކްޓޯބަރު 7 ވަނަ ދުވަހު ޙަމަލާތައް ދޭން ފެށި ފަހުން ޣައްޒާއިން ޙަމަލާގެ އަޑުފަށްގަނޑު ކަނޑައިގެން ދާ ހަމަ އެންމެ ވަޤުތެއްވެސް ނުދެއޭ ދެންނެވި ދާނެއެވެ. ދެ ޙަމަލާއެއްގެ މެދުން މިނެޓެއް، ދެމިނެޓެއް ހިނގައިދާނެއެވެ. ނަމަވެސް، އަނެއް ޙަމަލާ އަމާޒު ވަނީ، ރައްކާތެރި ވާނެ ހިޔާވައްސެއްވެސް ނެތް ފަދަ ޙާލެއްގައި ވަނިކޮށެވެ. އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ފެށިފަހުން ޣައްޒާއިން މަރުވި މީހުންގެ ޢަދަދު މިހާރު 3000 އަށް އަރަނީއެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ ކުޑަކުދިންނެއްވެސް ހިމެނެއެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނާ ގޮތުން، ކުރިއަށް އޮތް ދުވަސްތަކަކީ އިޒްރޭލުން ޣައްޒާގައި "ފުދޭ ވަރަކަށް" ހަރަކާތްތެރި ވާނެދުވަސްތަކެކެވެ. އަދި އާންމު ރައްޔިތުން އަނބުރާ ގެތަކަށް އަންނަން ވާނީ، އެކަމަށް އިރުޝާދެއް ލިބުމުން އެކަނި ކަމަށް ވެސް އިޒްރޭލުން ވަނީ އިންޒާރު ކޮށްފައެވެ.

އިންސާނީ އެހީއާއި ބެހޭ އދގެ އޮފީސް (އޯޗާ)އިން ހާމަ ކޮށްފައި ވާ މަޢުލޫމާތަށް ބަލާއިރު ޣައްޒާއިން ގެދޮރު ދޫކޮށް ދިޔަ މީހުންގެ ޢަދަދު 4 ލައްކައަށް އަރައެވެ. އަދި އެހީ ފޯރުކޮށްދިނުމުގެ ޚިދުމަތަށް ނުކުމެ ތިބި 23 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ)އިން ވަނީ، އިޒްރޭލުގެ ޢުދުވާންތަކުން، އެ އިދާރާގެ މަރުކަޒުތައް ސަލާމަތް ކުރުމަށް ގޮވާލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޖީ20 އަކީ ކޮބާ؟

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު