Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނިހާންގެ އެޕާޓްމަންޓް

ލޯން ނުދައްކައިފިނަމަ ނިހާނުގެ އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފި

ބޭންކުން ނިހާނަށް ދީފައިވާ 4،023،314.19 ރުފިޔާގެ ލޯނުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާ ޚަލާސްކޮށްފައިނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2023 | ހޮނިހިރު 09:30
ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކް

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކް

ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އެޕާޓްމަންޓެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ދީފިއެވެ.

މި މައްސަލައަކީ ހުޅުމާލޭ، ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމެންޓެއް ރަހުނުކޮށް އެމްއައިބީ އިން ނިހާން ނަންގަވާފައިވާ ލޯނެއް ދައްކަވަމުން ނުގެންދެވުމާއި ގުޅިގެން، އެމްއައިބީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ސިވިލް ކޯޓުގައި އިސްލާމިކް ބޭންކުން އެދިފައިވަނީ އެ ބޭންކުން ނިހާނަށް ދީފައިވާ 4،023،314.49 މިލިއަން ރުފިޔާގެ ފެސިލިޓީއާއި، ބޭންކަށް ފައިސާ ނުދެއްކުމާއި، ފެސިލިޓީއަށް ދައްކަން ޖެހޭ އެންމެހައި ފައިސާއާއި މަހުން މަހަށް އަރަމުންދާ "މަންތްލީ ރެންޓަރ" ފައިސާއާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ފައިސާ އެއްފަހަރާ ނުދެއްކޭނަމަ އެ ފެސިލިޓީއާއި ގުޅިގެން ރަހުނުކޮށްފައިވާ ޕްލެޓިނަމް ރެސިޑަންސް ސީ1-ސީ2 ގައިވާ ސީ2-3/5 ނަންބަރު ފުލެޓް ވިއްކާލުމުގެ ހައްގު ދިނުމަށް އެދިފައިވެއެވެ.

އަދި މި ފުލެޓަކީ ނިހާން ނަގާފައިވާ ފެސިލިޓީގެ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ ތަން ކަމަށާއި، އެތަނުގެ ހައްގުތަކާއި ބާރުތައް ބާތިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައިދިނުމަށް އެމްއައިބީ އިން ވަނީ ކޯޓުގައި އެދިފައެވެ.

އަދި ނިހާނަށް ދިފާއު ހުށަހެޅުމަށް ދީފައިވާ މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވުމުން، ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ވެސް އެދިފައިވެއެވެ. މި މައްސަލާގައި ކޯޓުގެ ޗިޓާއި ހަވާލުވި ނަމަވެސް ނިހާން ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލާގައި ހުކުމްކޮށްފައި ވަނީ ނިހާނުގެ ޣައިރު ހާޒިރުގައެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ 11 އޮކްޓޯބަރުގެ ނިޔަލަށް ދައްކަން ޖެހި ނުދައްކާ ހުރި 3،874،412.24 ރުފިޔާއާއި، ޗެރިޓީގެ ގޮތުގައި 152،560.04 ރުފިޔާ އަކީ އެމްއައިބީއަށް ނިހާން އަދި އިނާން ހުސައިން މަނިކު ދައްކަން ޖެހޭ ފައިސާކަން ސާބިތުވާކަމަށް ކަނޑައަޅާ ކަމަށެވެ. އަދި މި ފައިސާ 12 އޮކްޓޯބަރުން ފެށިގެން 6 މަސް ދުވަސްތެރޭގައި ދައްކާ ހަލާސްކުރުމަށް ވަނީ އަންގާފައެވެ.

އަދި މި ލޯނާއި ގުޅިގެން ރަހުނު ކުރި ފުލެޓް އިސްލާމިކް ބޭންކުގެ ބާރުގެ ދަށަށް ގެނެސް ފައިސާ ނުދައްކައިފިނަމަ ރަހުނު ވިއްކާލުމުގެ ކަންތައްތައް އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ހައްގު އެމްއައިބީއަށް ލިބިގެންވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި

ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި

10 އެޕްރީލު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު