Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ ގައުމީ އެއާލައިން

ހަތްސަތޭކަ ބިލިއަން ރުޕީސްއަށްވުރެ ބޮޑު ގެއްލުމުގައި އޮތް ޕީއައިއޭގެ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފި

14 އޮކްޓޯބަރު 2023 | ހޮނިހިރު 08:13

ޕާކިސްތާނުގެ ގައުމީ އެއާލައިނުން ބޯނަސް ދޭން ނިންމާފައި މިވަނީ ބޮޑު މާލީ ގޮންޖެހުމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 އޮކްޓޯބަރު 2023 | ހޮނިހިރު 08:13
ޕާކިސްތާނުގެ ގައުމީ އެއާލައިން (ޕީއައިއޭ)ގެ ބޯޓެއް

ޕާކިސްތާނުގެ ގައުމީ އެއާލައިން (ޕީއައިއޭ)ގެ ބޯޓެއް

މަހަކު 12 ބިލިއަން ރުޕީސްގެ ގެއްލުމަކާއެކު ޖުމްލަ 740 ބިލިއަން ރުޕީސްއަށްވުރެ ބޮޑު ގެއްލުމެއްގައި ވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ)ގެ މުވައްޒަފުން ރަނގަޅު ޕާފޯމަންސް ދައްކާތީ، އެ އެއާލައިނުގެ ހުރިހާ މުވައްޒަފުންނަށް ބޯނަސް އިތުރުކުރަން އެ އެއާލައިނުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

މި ބޯނަސް އިއުލާނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަނގަޅު މާލީ ނަތީޖާއެއް ހޯދުމަށް މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އިންކްރީމަންޓް ބޯނަސް ލިބޭނީ 1 އޮކްޓޯބަރު 2023ން ފެށިގެންނެވެ. އެ ފައިސާ ކަނޑައެޅީ 2022 ވަނަ އަހަރު ދިން ބޯނަސްގެ މައްޗަށް ބިނާކޮށް ކަމަށް، އެ އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ޕީއައިއޭގެ ބަޔާނުގައި ވާގޮތުން 31 މާޗް 2023ގައި ލިބޭ މުސާރައިގެ ފަސް ޕަސެންޓާއި، 10 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިންކްރީމެންޓް ލިބޭނެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ކުންފުނިން ވަކިވުމަށް ނޯޓިސް ދީފައިވާ މުވައްޒަފުންނަށް ބޯނަހެއް ނުލިބޭނެއެވެ.

އެބަޔާނުގައި ބުނެފައިވަނީ، 1 އޭޕްރީލް 2022ން 30 ސެޕްޓެމްބަރު 2023ގެ ނިޔަލަށް، ޕްރޮމޯޝަން ނުވަތަ މުސާރަ ބޮޑުކޮށްފައިވާ މުވައްޒަފުންވެސް އިންކްރީމެންޓަށް ޝަރުތު ހަމަނުވާ ކަމަށެވެ. އަދި ސުލޫކީ މައްސަލަތައް ދިމާވާ މުވައްޒަފުންނަށް ވެސް ބޯނަސް ނުލިބޭނެކަމަށް ބުނެފައިވެއެއެވެ.

ހައިރާންވާ ކަމަކީ، ޕާކިސްތާނުގެ ގައުމީ އެއާލައިނުން ބޯނަސް ދޭން ނިންމާފައި މިވަނީ، ތަކުރާރުކޮށް ތެޔޮ ނުލިބުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުތައް ކުރުމަށް އެ އެއާލައިނަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވުމެވެ.

އެ އެއާލައިނަށް މަހަކު ލިބޭ އާމްދަނީއަކީ 22 ބިލިއަން ރުޕީސް ކަމަށްވާއިރު، އެ އެއާލައިންގެ ޚަރަދުތައް 34 ބިލިއަން ރުޕީސްއަށް އަރައެވެ. ބަނގުރޫޓްވުމުގެ މަގުމަތީގައި އޮތް ޕީއައިއޭގެ ޖުމްލަ ގެއްލުން މިހާރުވަނީ 740 ބިލިއަން ރުޕީސްއަށް އަރާފައެވެ.

ސަރުކާރުގެ ގެރެންޓީގެ ދަށުން ކޮމާޝަލް ބޭންކުތަކުން ޕީއައިއޭއިން ވަނީ 260 ބިލިއަން ރުޕީސްގެ ލޯނެއްވެސް ނަގާފައެވެ. އަދި އެފްބީއާރަށް 1.25 ބިލިއަން ރުޕީސްގެ ޓެކްސް ނުދައްކައި އޮތްއިރު، ސިވިލް އޭވިއޭޝަނަށް ދައްކަންޖެހޭ މަހަކު އެއް ބިލިއަނަށްވުރެ ގިނަ ރުޕީސް ވެސް އޮތީ ނުދައްކައެވެ.

ކެއާޓޭކަރ ފެޑެރަލް މިނިސްޓަރ ފޮރ ޕްރައިވެޓައިޒޭޝަން ފަވާދު ހަސަން ފަވާދު ވިދާޅުވީ، 34 މަތިންދާބޯޓުގެ ތެރެއިން ޕީއައިއޭ 15 މަތިންދާބޯޓު ގްރައުންޑްކޮށްފައި ވާކަމަށާއި، އެއާލައިން އޮޕަރޭޓްކުރަނީ އެންމެ 19 މަތިންދާބޯޓާއެކު ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މަތިންދާބޯޓުތައް ވެސް ރަނގަޅަށް އޮޕަރޭޓް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުންނަށް ބޯނަސް ދޭން އިއުލާނު ކުރުމަކީ މުޅި ގައުމުގައިވެސް އެކަމާމެދު ސުވާލު އުފައްދަމުން އަންނަ ކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް