Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީޕީ ހަމީދު ރިޓަޔާ ކުރައްވަން ނިންމެވުން

ސީޕީ ހަމީދު ނޮވެންބަރު 11 ގައި ރިޓަޔާ ކުރައްވަނީ

ފުލުހުންގެ އިސްވެރިންނާއި، ސީނިއަރ އޮފިސަރުން އެއްބައި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2023 | ހޮނިހިރު 08:41
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމަށް ނިންމަވައިފިއެވެ.

ސީޕީ ހަމީދު މިކަން ހާމަކުރައްވާފައިވަނީ ގިނަ އަދަދެއްގެ ފުލުހުން ހިމެނިވަޑައިގަންނަވާ އޮންލައިން ޕްލެޓްފޯމެއްގައެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވެފައިވަނީ 11 ނޮވެންބަރު 2023 ގައި ރިޓަޔާ ކުރައްވާނެ ކަމަށެވެ.

2018 ވަނަ އަހަރު މަގާމާއި ހަވާލުވެވަޑައިގެންނެވި ގޮތަށް އިޝާރާތް ކުރައްވައި ސީޕީ ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފުރަތަމަ ބޭނުންނުވި ކަމަށެވެ. އެއީ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި މަގާމުން ވަކިކުރި މައްސަލައިގެ ސަބަބުން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީގެ ސީނިއާ ޑެޕިއުޓީ ކޮމިޝަނާ ރިޑެއާޓް އިބްރާހިމް ހަތީފަށް އެ މަގާމު ދިނުމަށް ސަރުކާރަށް ބާރު އެޅުއްވި ކަމަށެވެ. ނަމަވެސް ހާލަތުގެ ގޮތުން މަގާމު ގަބޫލުކުރެއްވީ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ހަމީދު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ފުލުހުންގެ މުއައްސަސާގެ އަގު އޮތީ ވަރަށް ބޮޑަށް ވެއްޓިފައި ކަމަށެވެ. ފުލުހުންގެ އިސްވެރިންނާއި، ސީނިއަރ އޮފިސަރުން އެއްބައި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޒާތީގޮތުން ހުރި މައްސަލަތައް އެއް ފަރާތްކޮށްލުމަށް ފަހު ފުލުހުންގެ މުއައްސަސާ ކޮޅަށް ޖެހުމަށާއި، އާންމު ރައްޔިތުން ބަލައިގަންނަ، އެ މީހުންގެ ޑިމާންޑްތަކާއި، އެއްވަރަށް ޚިދުމަތްދެވޭ އިދާރާއަކަށް ހެދުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ސީޕީ ހަމީދު ވަނީ ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށް މި ވޭތުވެދިޔަ ފަސް އަހަރުގައި އެއްބާރުލުންދީ އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ސީޕީ ހަމީދު ހުންނެވީ ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައެވެ. ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ތުހުމަތުކޮށް މަގާމުން ވަކިކުރެއްވީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް 02 ޑިސެންބަރު 2018 ގައި ސުޕްރީމްކޯޓުން ވަނީ ހަމީދު ވަޒީފާއިން ވަކިކުރެއްވީ ގޯސްކޮށް ކަމަށް ކަނޑައަޅައި ވަޒީފާ އަނބުރާ ދިނުމަށް ހުކުމްކޮށްފައެވެ. މި ހުކުމާއި ގުޅިގެން ހަމީދަށް ވަޒީފާ އަނބުރާ ދީފައިވަނީ 4 ޑިސެންބަރު 2018 ގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮމިޝަނާ އޮފް ޕޮލިސް މަގާމުގެ ޒިންމާ ވަގުތީގޮތުން ހަމީދުއާ ހަވާލުކުރެއްވީ 12 ޑިސެމްބަރު 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމީދު ރަސްމީކޮށް އައްޔަންކުރެއްވީ 26 މާޗް 2019 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު