Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސް

އަބްދުއްރަހުމާންގެ މަރު: ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހުމާނުގެ ހަށިގަނޑު އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވަނީ

އަބްދުލް ރަހުމާންގެ ހަށިގަނޑު ޕޯސްޓް މޯޓަމްހެދުމަށް އަންނަހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދަނީ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 16 ޖުލައި 2025 | ބުދަ 18:02
އަބްދުއްރަހުމާނުގެ ހަށިގަނޑުން މާލެ ގެނައުމަށް ލޯންޗަށް އަރުވަނީ: އަބްްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނޭ

އަބްދުއްރަހުމާނުގެ ހަށިގަނޑުން މާލެ ގެނައުމަށް ލޯންޗަށް އަރުވަނީ: އަބްްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނޭ

އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މިދިޔަ ހޮނިހިރު ދުވަހު މަރާލި އެރަށު އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވުމކުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ އއ.މާޅޮހުގައި ބޮޑެތި ޒަހަމްތަކެއް ދީ މިދިޔަ ހޮނިހިރު ދުވަހު މަރާލި އަބްދުލް ރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓް މޯޓަން ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ ހަފްތާގައި އޭނާގެ ހަށިގަނޑު ރާއްޖެެއިން ބޭރަށް ފޮނުވާލެވޭވަރު ވާނޭ ކަމަށެވެ. އެހެން ނަމަވެސް ކަނޑައެޅިގެން ވަކި ދުވަހެއް އަދި ދަންނަވަން ދަތިކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަބްދުލް ރަހުމާންގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރެވިގެން އުޅެނީ ކީއްވެތޯ އާއި އަދި އެ މަރާއި ގުޅިގެން ޝައްކުކުރެވޭ އެއްވެސް މީހަކު ފެނިފައިވޭތޯ ކުރި ސުވާލުގެ ޖަވާބުފައި ފުލުހުންފެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަރާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި އެ މަރާއި ގުޅިގެން ޝައްކު ކުރެވޭ މީހަކުވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

ބޮޑީ ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން މި ގެންދަނީ. އަންނަ ހަފްތާގައި ހބޮޑީ ރާއްޖެއިން ބޭރަށް ފޮނުވާލެވޭނެ ކަމަށް މި ބަލަނީ. އެހެން ނަމަވެސް ސީދާ ވަކި ދުވަހެއް އަދި ކަނޑައެޅީގެ ދަންނަވަން ނޭންގޭ. މި މަރާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރޭ. ޝައްކުކުރެވޭ މީހަކުވެސް އަދި ނުފެނޭ.
ޕޮލިސް މީޑިއާ އޮފިޝަލް

އެހެން ނަމަވެސް މި މައްސަލަގައި އެ ރަށުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ހުއްދަ ނެތި އެ ރަށުން މީހުން ފުރުން އަދިވެސް މަނާކޮށްފައިވާ ކަމަށާއި، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓަރކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަރުހޫމް ޢަބްދުއްރަޙްމާން އާދަމް (65 އ) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާ، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ޖުލައި މަހުގެ 13 ގައެވެ. އަދި މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފުލުހުން ބުނެއެވެ.

2025 ޖުލައި 13 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.

އަބްދުލް ރަހުމާން އާދަމްޕޯސްޓް މޯޓަމްމޯލްޑިވްސް ޕޮލިސް ސަރވިސްއއ. މާޅޮސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު