Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސް

މޭރީބްރޯން ކައިރީގައި މިހާތަނަށް ހިނގާދިއަ ނުރައްކާތެރި ދެ ހާދިސާވެސް މެދުވެރިވާން ދިމާވީ ދުވުމުގެ ހަރާތެއް ހިމެނިގެން: ފުލުހުން

މާލޭގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ މައިގަނޑު ސަބަބަކީ ދުވެލީގެ މިންގަނޑާއި ޚިލާފުވުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 15 ޖުލައި 2025 | އަންގާރަ 14:10
ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ފަސްކާފު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓް ތައް މަދުކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށް

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ފަސްކާފު ޕްރޮގްރާމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓް ތައް މަދުކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށް

މާލޭ މޭރީބްރޯން ކުރިމަތީގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާވެސް މެދުވެރިވާން ދިމާވެފައިވަނީ އެ ސަރަހައްގުދައި ދުވުމުގައި ހަރަކާތެއް ހިމެނިގެން ކަމުގައި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 1101 އެކްސިޑެންޓް މާލެ ސަރަހައްދުގައި ވަނީ ހިނގާފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2025 ޖަނަވަރީ 1 އިން ޖޫން 30 އާ ދެމެދު، މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ޖުމްލަ 1101 މަގުމަތީގެ އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ބުނީ މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިންގާފައިވާ އެކްސިޑެންޓްތައް ކަމަށެވެ.

އަދި ގިނަ ހާދިސާތައް ދުވާލުގެ ވަގުތުގައި ހިނގާފައިވާއިރު 6 އިންސައްތަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މިމަހުގެ 13 ވީ އާދިއްތަ ދުވަހުގެ ރޭގައި މާލޭ މޭރީބްރޯން ކުރިމަތީގައި ވަނީ ނުރައްކާތެރި އެކްސިޑެއްޓެއް ހިނގައި 17 އަހަރުގެ ޒުވާނެއްގެ ފުރާނަ ގެއްލިފައެވެ. މި އެކްސިޑެއްޓުގައި އިތުރު ދެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭގެތެރެއިން އެކަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އާދީއްތަ ދުވަހުގެރޭ 8:15 ހާއިރު މާފަންނު މޭރީބްރޯން ކައިރިން ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިއަ ސައިލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.

މި އެކްސިޑެންޓް ގައި ނިޔާވެފައި ވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިންކަމުގައިވާ މަރިޔަމް އަޝްފާއާއި މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅު އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ.

މާލޭގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކާއި ގުޅިގެން ވާހަކަދައްކަވަމުން ތަލްހަތް ވިދާޅުވެފައިވަނީ މާލޭގައި ވެސް އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި މިފަދަ ގެއްލުމް ބޮޑު ނުރައްކާތެރި އެކްސިޓެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ ރައްކާތެރި ދުވެލީގެ މިންގަނޑާއި ޚިލާފުވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ޚާއްސަކޮށް ބޮޑުތަކުރުފާނު މަގުކަހަލަ މަގެއްގައި ޒިބްރާ ކްރޮސްއަށް އަރަންވާނީ ދުއްވާފައި އަންނަ ވެހިކަލްތަކަށް ބަލާފައި އެ ވެހިކަލްތައް ހުއްޓާލިކަން ކަށަވަރު ވުމުން ކަމުގައެވެ. އަދި ޒިބްރާ ކްރޮސް މަތިން މަގު ހުރަަސްކުރާއިރު، ބާރު ސްޕީޑުގައި ދުއްވާފައި އަންނަ ސައިކަލް ނުވަތަ ކާރު މަޑު ނުކުރެވޭ ހާލަތެއްވެސް އަދުވެދާނެ ކަން މަގު ހުރަސްކުރާ ފަރާތްތަކުން ދަންނަ ޖެހޭނެ ކަމަށާއި އެހެން ކަމުން މަގު ހުރަސްކުރާ މީހާ އެވަރު ބަލާލުން ވަރަށް މުހިންމު ކަމުގައި ވެސް ތަލްހަތް ވިދާޅުވިއެވެ.

ތަލްތަހް ވިދާޅުވީ ޓްރެފިކް ގަވައިދު ބުނާގޮތުން ނަމަ، ޒިބްރާކްރޮސް އިން ހުރަސްކުރާ މީހާވެސް އަދި ވެހިކަލް ދުއްވާ މީހަވެސް ޒިބްރާކްރޮސްކައިރިން ބަލަން ޖެހޭނޭ ކަމަށެވެ. އޭރުން އެފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވިދާނެ ކަމުގައި ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތަލްހަތް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޒިބްރާ ކްރޮސްކައިރީގައި ބޯޑުތަކެއް ވެސް ބެހެއްޓިފައި އެބަހުރި ކަމަށާއި އަދި އެންމެންނަށް ވެސް ފެންނަ ގޮތަށް ބިންމަތީގައި ކުރަހަފައިވެސް އެބަ ހުރިކަމަށެވެ. އެހެން ކަމުން ޒިބްރާ ކްރޮސްއަކާއި އަރާހަމަވާއިރުގައި އެތަނުގައި މީހަކު ހުރަސްކުރަން ހުރިތޯ ބެލުމަކީ ވެހިކަލް ދުއްވަން އިންނަ މީހާގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ޒިބްރާ ކްރޮސްކައިރީގައި މީހަކު މަގުހުރަސްކުރަން ހުރި ނަމަ ވެހިކަލް ޒިބްރާ ކްރޮސްގެ ދެފަރާތުން ވެސް މަޑު ކޮށްލަން ޖެހޭނޭ ކަމަށް ތަލަހަތް ވިދާޅުވިއެވެ.

ތަލްހަތް ވިދާޅުވީ ރޭގަނޑުގެ ގަޑިތަކުގައި މަގުތަކަށް ދުވަން ނުކުމެ އުޅޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އެގޮތުން އެމީހާ ފާހަގަވާނޭ ފަދަ ގޮތަކަށް ކޮންމެވެސް ކަހަލަ ނިޝާނެއް ބޭނުން ކުރުމަކީ ވަރަށް ވެސް މުހިންމުކަމެއް ކަމަށެވެ.

ތަލްހަތް ވިދާޅުވީ މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ގަޑިތަކުގައި މަގުމަތީގައި ދުވަން، ނުވަތަ ޖޮގިންއަށް ނުކުމެ އުޅޭ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މޭރީ ބްރޯން ކައިރީގައި ހިނގާދިއަ ދެ ހާދިސާގައި ވެސް ދުވުުގެ ހަރަކާތެއް އޭގައި ހިމެނިފައިވާ ކަމަށެވެ.

އެގޮތުން ކާރެއް ފުރޮޅާލައިގެން ދުއްވާފައި ދިއަ ބަހެއްގައި ޖެހުނު ހާދިސާ އާއި އެންމެ ފަހުން ހިނގާދިއަ ހާދިސާގައި ވެސް މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަން މިގޮތަށް ތަކުރާރުވާނަމަ އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން. އެކަން ކުރުމަށް ގަޑިތަކެއް ކަނޑައަޅަން. ޓްރެފިކް ބާރުބޮޑުވާ، ޕީކް ގަޑިތަކެއްގައި އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ ރެސްޓްރިކް ތަކެއް އެބަ އަންނަން ޖެހޭ. ވަކިތަކެއްގައި ވަކި ކަންތަތްއތަކެއް ނުކުރުމަށްޓަކައި. އެކަމާއި ގުޅިގެން ހިނގައިފާނެ ކަންތައްތަކަށް، މިސާލަކަށް ވަކިވަރަކަށް އަނދިރިވީމަ އެތަނެއްގައި އެކަމެއް ކުރުން އެއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ.
ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު

ތަލްހަތް އިތުރަށް ވިދާޅުވީ މަގުތައް ބޭނުންކުރައްވާ އިރުގައި ހުރިހާ އެންމެން ވެސް އަނެކާއާއި މެދުގައި އަބަދުވެސް ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ އެކްސިޑެންޓް ތައް މަދުކުރެވޭނީ އެންމެންވެސް އެކަމަށް ސަމާލުކަން ދީ، އެއްބާރުލުން ދީގެން ކަމަށް ތަންހަތް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

26 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު