Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނަށް އެހީތެރިވުމަށް ފަންޑު ހުޅުވުން

ދިވެހި ރެޑް ކްރެސެންޓް އިން ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީ ފޯރުކޮށްދިނުމަށް ފަންޑެއް ހުޅުވައިފި

14 އޮކްޓޯބަރު 2023 | ހޮނިހިރު 07:56

މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ 28 އޮކްޓޫބަރު 2023ގެ ނިޔަލަށް

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޮކްޓޯބަރު 2023 | ހޮނިހިރު 07:56
އިޒްރޭލްގެ ހަމަލާއެއްގައި މީހަކު ޒަހަމްވެގެން ގެންދަނީ

އިޒްރޭލްގެ ހަމަލާއެއްގައި މީހަކު ޒަހަމްވެގެން ގެންދަނީ

ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދިމާވަމުންދާ އިންސާނީ ކާރިސާއަށް އިޖާބަދިނުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން އިމަރޖެންސީ ފަންޑެއް ހުޅުވައިފިއެވެ.

7 އޮކްޓޫބަރު 2023 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެވެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ދިމާވަމުންދާ އިންސާނީ މި ކާރިސާއާ ގުޅިގެން ފަލަސްތީނު ރެޑް ކްރެސެންޓުން 13 އޮކްޓޫބަރު 2023 ގައި ނެރުނު ބަޔާނުގައި ބައިނަލްއަގުވާމީ ފަރާތްތަކަށާއި، ރެޑް ކްރެސެންޓް ހަރަކާތުގެ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމަށް ވަނީ ގޮވާލާފައެވެ.

10 އޮކްޓޫބަރު 2023 އާއި ހަމައަށް ޖުމްލަ 687 މީހުން ނިޔާވެފައިވާ ކަމަށް ފަލަސްތީން ރެޑް ކްރެސެންޓުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި 143 ކުޑަކުދިން، 105 އަންހެން އަދި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި 6 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން މިސަރަހައްދުގައި ދިރިއުޅޭ 3276 އާއްމުންނަށް އެކިކަހަލަ އަނިޔާވެފައިވާ ކަމަށް ވެސް އެޖަމާއަތުން މައުލޫމާތު ދެއެވެ. ޣައްޒާއަށް ދެވެމުންދާ އަސްކަރީ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށް އެޖަމާއަތުން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ މިފަންޑުން ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ ފަލަސްތީނުގެ ރެޑް ކްރެސެންޓްއިން 10 އޮކްޓޫބަރު 2023ގައި ނެރިފައިވާ ޕްރިލިމެނަރީ އިމަރޖެންސީ އިލްތިމާސަށް އިޖާބަދީ އަނިޔާވެ ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ އެހީ އަދި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާނެ ސާމާނާއި އުޅަނދުތަކަށް ބޭނުންވާނެ ތެލާއި މި ނޫންވެސް ހަރަދުތައް ހިމެނެއެވެ.

މީގެ އިތުރުން ހާލުގައިޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީވުމަށް މިފައިސާ ބޭނުންކުރެވޭނެއެވެ.

ދިވެހި ރެޑް ކްރެސެންޓްގެ މިފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ 14 އޮކްޓޫބަރު 2023 އިން ފެށިގެން 28 އޮކްޓޫބަރު 2023 ގެ ނިޔަލަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެމްވީއާރް- 7701176022001 އެކައުންޓަށް އަދި ޔޫއެސްޑީ- 7701176022002 އެކައުންޓަށް ފައިސާ ފޮނުވޭނެއެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެމްވީއާރް- 99010155500036100 އަދި ޔޫއެސްޑީ- 990155500036200 އެކައުންޓަށް ފައިސާ ފޮނުވޭނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް