Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިސީޖޭ

އައިސީޖޭ ގައި ރާއްޖެ އިން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދީފި

އައިސީޖޭގައި ބަޔާން ދެއްވަމުން ބަންޑާރަ ނަައިބު އުޝާމް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ރާއްޖެ އިން ކެނޑިނޭޅި ވަކާލާތު ކުރައްވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މެއި 2025 | ބުރާސްފަތި 14:13
އައިސީޖޭގެ އަޑު އެހުމުގައި ބަންޑާރަ ނައިބު އަޙުމަދު އުޝާމް ބަޔާން ދެއްވަނީ

އައިސީޖޭގެ އަޑު އެހުމުގައި ބަންޑާރަ ނައިބު އަޙުމަދު އުޝާމް ބަޔާން ދެއްވަނީ

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ދިވެހި ރާއްޖެ އިން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދީފި އެވެ.

އައިސީޖޭގައި ދިވެހި ރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ދިފާއުގައި ބަޔާން ދެއްވާފައި ވަނީ، ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް އެވެ.

އައިސީޖޭގައި ބަޔާން ދެއްވަމުން ބަންޑާރަ ނަައިބު އުޝާމް ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ރާއްޖެ އިން ކެނޑިނޭޅި ވަކާލާތު ކުރައްވާނެ ކަމަށެވެ.

އުޝާމް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭވެކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި އިސްރާއީލުން އަންރުވާ ރޫޅާ ލުމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށާއި، އިންސާނީ ޙައްގުތައް ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ދިވެހި ރާއްޖެ އިން އަބަދު ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު އޮތް އަޑު އެހުމުގައި ރާއްޖޭގެ ފަރާތުން ތަމްސީލު ކުރި ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުން ވެސް ވަނީ ބަޔާން ހުށަހަޅައިފަ އެވެ.

އެ ބަޔާނުގައި ވަނީ ބައިނަލްއަޤުވާމީ މުއާހަދާތަކުގެ ދަށުުން، ޒިންމާތަކުން ރެކުމަށްޓަކައި، ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި އިސްރާއީލުން ދައްކަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލް އާއި އަންރުވާއާ ދެމެދު 1967 ވަނަ އަހަރު ސޮއިކޮށްފައިވާ އެކްސްޗޭންޖް އޮފް ލެޓާސް އިން އިސްރާއީލް ނިކުތުމުގެ ޤާނޫނީ ނަތީޖާތަކަށް ވެސް ވަނީ އަލި އަޅުއްވާލައްވާފައި އެވެ.

އެ އަޑު އެހުމުގައި ރާއްޖެ އިން ވަނީ، ފަލަސްޠީނާއި އިސްރާއީލާ ދެމެދު އޮތް މައްސަލަ އަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް،އިރުމަތި ޤުދުސް ވެރި ރަށެއްގެ ގޮތުގައި ކަނޑަ އަޅައި، މިނިވަން، މުސްތަޤިއްލު، އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުން ކަމަށް ތަކުރާރު ކޮށްފަ އެވެ.

އަދި ހަމަ އެހެންމެ، އެ ޙައްލު ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ރާއްޖެ ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ އެ އަޑު އެހުމުގައި ދީފަ އެވެ.

މިއީ އިސްރާއީލްގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި، އދ އާއި ބައިނަލްއަޤުވާމީ އެހެނިހެން ޖަމިއްޔާތަކާއި، އެހެން ޤައުމުތައް ތިބުމާއި، އެ ބިންތަކުގައި އެ ފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލްގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އައިސީޖޭގެ އިޝްތިހާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލަ އެކެވެ،

ދިވެހިން ޕަލަސްތީނާއެކުއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް

ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާ އެއްގޮތަށް: ބަންޑާރަނައިބު އުޝާމް

15 އޮކްޓޯބަރު 2025
ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

ޗާގޯސްގެ މައްސަލައާއި މެދު ސަރުކާރުގެ ސްޓްރެޓަޖީ ބަދަލުކުރަނީ

31 އޮކްޓޯބަރު 2024
ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރެވޭނީ ޗާޓަޑް އެކައުންޓަންޓުންނަށް އެކަނި ކަމުގައި ހަދަނީ

22 އޮކްޓޯބަރު 2024
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު، ބަންޑާރަނާއިބު އުޝާމްއާ ބައްދަލުކުރައްވައިފި

19 ސެޕްޓެމްބަރު 2024
އިސްރާއީލުން ހިފާފައިވާ ބިންތަކާގުޅޭ ގޮތުން އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

އިސްރާއީލުން ހިފާފައިވާ ބިންތަކާގުޅޭ ގޮތުން އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

20 ޖުލައި 2024

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު